26 މާރޗް 2019 | އަންގާރަ | 02 ރޭވަ
19 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:17
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

މަގޭ ރިޕޯޓު

ކޯލިޝަން އެއްބަސްވުން އާންމު ކުރޭ!

  • އެއްބަސްވުމުގައި ސޮއިނުކުރައްވަނީ ރައީސް މައުމޫން
  • މަޖިލިސް އިންތިހާބަށް ގޮނޑި ބެހި ނިސްބަތް އާންމުވެފައިވޭ
  • އެމްޑީޕީއަށް 40 ޕަސެންޓް، ޖޭޕީއަށް 25 ޕަސެންޓް، މައުމޫނަށް 20
ޙުސައިން ޙަސަން | hucenhassan

| 7 ނޮވެންބަރު 2018 | ބުދަ 18:58 | |

މަގުބޫލް

  1. އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
  2. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  3. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  4. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  5. ތުޅާދޫ ދާއިރާގެ ކެންޑިޑޭޓަށް ކުރި ތާއިދު ޕީޕީއެމުން އަނބުރާ ގެންގޮސްފި
  6. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  7. ވެލާ ރިސޯޓުގެ ފަރާތުން 43 މިލިއަން ޑޮލަރު ހޯދަން އަމިއްލަ މީހަކު ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު!
  8. ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލްއާ ކައިވެނި ކުރަން ރިހާނާ ތައްޔާރުވީތަ؟


ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާ އެކު ޕާޓީތަކުގެ ލީޑަރުން -- ފޮޓޯ: މުހައްމަދު ޝަރުހާން

ހޯދި އިތުބާރު ދަމަހައްޓާށެވެ. ރައްޔިތުންގެ އުންމީދުތަކާ ފެޔަށް ނުޖެހޭށެވެ. ނަޒާހަތްތެރިވާށެވެ. ތެދުވެރިވާށެވެ. ރައްޔިތުން އާ ސަރުކާރަށް ކުރާ އުންމީދު ވަރަށް ބޮޑެވެ. ލިބެމުންދިޔަ ތުރާތަކަށް ތަސައްލީއެއް ހޯދައިދޭނެ ސަރުކާރަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުކަން ރައްޔިތުން ތިބީ ކަށަވަރުކޮށްގެންނެވެ.

ނަމަވެސް ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުން ސަރުކާރު ދަމަހައްޓަން ވެވަޑައިގެންނެވި އެއްބަސްވުން އަދިވެސް އޮތީ "ސިއްރެއްގެ" ގޮތުގައެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިފައިވާ މުހިއްމު ނިންމުންތަކެއް އެއްބަސްވުމުގައި ވާނެއެވެ. ޕާޓީތަކަށް ގޮނޑި ބަހާނެ ގޮތާއި ސަކާރުން ލިބޭނެ މިންވަރާ ގުޅޭ އެއްބަސްވުންތަކެއް ހިމެނޭނެއެވެ.

އަޑު ފެތުރިފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވާދަ ކުރާނީ މަޖިލީހުގެ 40 ޕަސެންޓް ގޮނޑިއަށެވެ. ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓެވެ. ރައީސް މައުމޫނަށް 20 ޕަސެންޓެވެ. އަދާލަތަށް 15 ޕަސެންޓެވެ. ސަރުކާރުގެ މިނިސްޓްރީތަކާއި ސިޔާސީ މަގާމުތަކާއި މިނިވަން ކޮމިޝަންތަކާއި ބޯޑުތައް ވެސް ބެހިގެންދާނެ ނިސްބަތްތަކެއް ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ވަނީ ކަނޑައެޅިފައެވެ. ނަމަވެސް މިއީ ދޫދޫ މަތިން ދެކެވޭ ވާހަކައަކަށް ވެގެން ނުވާނެއެވެ. އެއަށް ވުރެ ހާމަކަން ބޮޑު ގޮތެއްގައި އެކަން އެނގެންޖެއެވެ. 

އަލަށް އިންތިހާބު ކުރާ މަޖިލީހުގައި 87 މެމްބަރުން ހިމެނޭތީ، ގޮނޑިތައް ބަހާފައިވާ ނިސްބަތުން ކޯލިޝަންގެ ޓިކެޓުގައި އެމްޑީޕީން ނުކުންނާނީ މަޖިލީހުގެ 35 ގޮނޑިއަށެވެ. ޖުމްހޫރީ ޕާޓީން ވާދަ ކުރާނީ 22 ގޮނޑިއަށެވެ. ރައީސް މައުމޫންގެ އެމްއާރްއެމުން ނުކުންނާނީ 17 ގޮނޑިއަށެވެ. ބާކީ ހުރި 13 ގޮނޑި އަދާލަތަށެވެ.

ނަމަވެސް މިއީ އިދިކޮޅު ބޮޑެތި ޕާޓީތަކަށް މުޅިން އެއްބަސްވެވޭ އަދަދުތަކެއް ނޫނެވެ. ޕާޓީއަކަށް ބޮޑު އަގުލަބިއްޔަތެއް އޮތް ދާއިރާއެއް ކުޑަ ޕާޓީއަކަށް ދޫކޮށްލާނެތޯއެވެ؟ ދާއިރާގެ ތާއިދު ބޮޑު ޕާޓީގެ އާންމު މެމްބަރުން ކޯލިޝަންގެ ޓިކެޓް ދީގެން ނެރޭ ކުޑަ ޕާޓީއެއް ކެންޑިޑޭޓަށް ވޯޓު ދީފާނެތޯއެވެ؟ ކެނޑިނޭޅި ވަކި ފިކުރެއް ކުރިއަރުވަން ކުރި މަސައްކަތް، އެއް ކައިރި ކުރުމަށް ފަހު ކޯލިޝަނަށް ފުރުސަތު ދީފާނެތޯއެވެ؟ މިއީ ދާއިރާތަކުގެ ޕާޓީތަކުގެ ގްރާސްރޫޓް ލެވެލްގައި ދައްކާ ވާހަކަތަކެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނުން ވާދަކުރާނެ ގޮތުގެ މަޝްވަރާ ކުރިއަށް ގެންދިޔައީ އިންތިހާބީ ރައީސް ހިމެނިވަޑައިގަންނަވާ "އަށާރަ ނަވާރަ" ކޮމެޓީގައެވެ. އެ ކޮމެޓީން އެކުލަވާލި އެއްބަސްވުމަށް ރައީސް ނަޝީދާއި ގާސިމާއި އިމްރާންގެ ރުހުން ލިބިފައިވާ ކަމަށް ވެއެވެ. ނަމަވެސް ރައީސް މައުމޫންގެ ފަރާތްޕުޅުން އެ އެއްބަސްވުމަށް އާނ ބަސް ބުނެފައެއް ނުވެއެވެ. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ނުވާ ކަމަށް ވެސް ވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އާންމު ކުރިއިރު ވެސް، ލީޑަރުންގެ މެދުގައި މިތާނަށް އެއްބަސް ވެވުނު ގޮތްތަކުގެ ތަފްސީލެއް ތިލައެއް ނުވެއެވެ. ހަމައެކަނި ވިދާޅުވަމުން ގެންދަވަނީ މަޖިލިސް އިންތިހާބަށް ނުކުންނާނީ އެކުގައި ކަމަށެވެ. ނަމަވެސް މަޖިލިސް އިންތިހާބަށް ބާކީ ހަތަރު މަހަށް ވެފައިވާއިރު، ލީޑަރުންގެ އެއްބަސްވުމެއް އާންމެއް ނުވެއެވެ. 

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައި ވަނީ އާ ސަރުކާރަކީ އެއް ޕާޓީއަކަށް ވުރެ ގިނަ ޕާޓީ ހިމެނޭ ވެރިކަމެއް ކަމަށެވެ. ކޯލިޝަން ރޫޅޭނެ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމި އޮތުމާއި ނެތުން ހިމެނޭ ކަންކަމަށް ލީޑަރުން އެއްބަސްވާނެ ކަމަށް މެނިފެސްޓޯގައި ވެއެވެ. އެފަދަ މުހިއްމު ކަންކަން މެނިފެސްޓޯގައި ހިމެނޭއިރު ވެސް، އެ ތަފްސީލުތައް ރައްޔިތުންނަށް ތިލައެއް ނުވެއެވެ. ފަހުމެއް ވެސް ނުވެއެވެ.

ލީޑަރުންގެ ނިންމުން އާންމުނުކޮށް ލަސްވަމުންދާތީ، ބައެއް ދާއިރާތަކުން އެކަމުގެ ކަންބޮޑުވުންފާޅު ކުރެއެވެ. ނުތަނަވަސްކަން ދަނީ އިތުވަމުންނެވެ. ބައެއް ޕާޓީތަކުގެ އާންމު މެމްބަރުން ކެތްތެރިކަން ކޮޅުންލައި، އުދާސްތައް ސޯޝަލް މީޑިއާގައި ދަނީ ބަންޑުން ކުރަމުންނެވެ.

ކޯލިޝަނެއްގެ ގޮތުގައި މަޖިލިސް އިންތިހާބަށް މީގެ ކުރިން ތިން ޕާޓީއެއް ގުޅިގެން ނުކުމެ، ބޮޑު ކާމިޔާބީއެއް ހޯދިއެވެ. އެކަމުގެ ތަޖުރިބާ ކުރީ ސަރުކާރު ހިންގާ ޕީޕީއެމުންނެވެ. ޕީޕީއެމާއި އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީން 2014 ވަނަ އަހަރު މަޖިލިސް އިންތިހާބަށް ނުކުތީ ކޯލިޝަނެއްގެ ގޮތުގައެވެ. ކޯލިޝަނުން ނުކުންނަ ދާއިރާއަކަށް، ކޯލިޝަންގެ އެހެން ޕާޓީއަކަށް ވާދަ ނުކުރަން އެއްބަސްވެގެންނެވެ.

އެ ތަޖުރިބާއާ އެކު ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ނުހޯދާވަރުގެ ބޮޑު ކާމިޔާބީއެއް ޕީޕީއެމް ސަރުކާރުން އެފަހަރު ހޯދިއެވެ. މަޖިލީހުގެ 62 ޕަސެންޓް ކޮންޓްރޯލް ހޯދީ ސަރުކާރު ކޯލިޝަނުންނެވެ. ޕީޕީއެމުން 33 ގޮނޑި ކާމިޔާބުކުރިއެވެ. ޖުމްހޫރީ ޕާޓީން 15 ގޮނޑި ހޯދިއެވެ. އަދި 10،000 ހަމަނުވާ އެމްޑީއޭއިން ވެސް ފަސް ގޮނޑި ކާމިޔާބު ކުރިއެވެ. އަދި މިނިވަން މެމްބަރުންގެ ގޮތުގައި އިންތިހާބުވި ފަސް މެމްބަރުން ވެސް ޕީޕީއެމަށް ގުޅުނެެވެ. ސަރުކާރު ކޯލިޝަންގެ މަސައްކަތް މަޖިލީހުގައި ފަށައިގަތީ، 58 ގޮނޑިއާ އެކުގައެވެ. އިދިކޮޅު އެމްޑީޕީއަށް އެ ފަހަރު ލިބުނީ 26 ގޮނޑިއެވެ.

އެ ތަޖުރިބާއަށް ބަލައި، ކޯލިޝަންގެ ގޮތުގައި ގޮނޑިތަކަށް ވާދަ ކުރުމުން، ކިތަންމެހާ ވެސް ބޮޑެވެ. ގުޅިފައިވާ ޕާޓީތަކަށް މަޖިލިސް އިންތިހާބު މުހިއްމު ވަނީ އެ ސަބަބާ ހުރެއެވެ.

ސަރުކާރު ދެމެހެއްޓުމުގެ އެންމެ މުހިއްމު ބާރަކީ ރައްޔިތުންގެ މަޖިލިހެވެ. ވައުދުތައް ފުއްދުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ބަހައްޓަން ކުރެވޭނީ މަޖިލީހުންނެވެ. މާލީ ފަސޭހަތަކަށް ލުއެއް ލިބޭނީ މަޖިލިސް ލިބިގެންނެވެ. ސަރުކާރަށް ކުރިމަތިކުރާ ގޮންޖެހުންތަކުން ސަލާމަތްކޮށްދޭނެ ބާރަކަށް ވާނީ މަޖިލީހެވެ. ސިޔާސީ ލީޑަރުން ގަބޫލުކުރާ ހަގީގަތަކީ އެއީއެވެ.

އެ ސަބަބަށްޓަކާ އެންމެންނަށް އެއްބަސްވެވޭ، ގޮތަށް ލީޑަރުން ނިންމި އެއްބަސްވުން އާންމު ކުރަންޖެހެއެވެ. އަދި އެ އެއްބަސްވުމަށް ރައްޔިތުންގެ އާނ ބަސް ހޯދުމުގެ މަސައްކަތް ކުރެވޭނީ އޭރުންނެވެ. މިއަދު ދެބަސްވެގެން ނޫނީ، މާދަމާ އެއްބަހެއް ނުވެވޭނެެއެވެ. މައުލޫމާތު ހިފަހައްޓައި ސިއްރުކުރުމުން އުފެދޭނީ ހިލާފްތަކެވެ. ތޯތޯ ވާހަކަތަކަށް ޖާގަ ދޭ ނަމަ ރެނދުލައި ރޫޅި ހިނގައިދާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް