15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އެންތޮނީ މާޝިއާލް

އިންޓަ އިން މާޝިއާލް އަށް ފާރަލަނީ!

  • މާޝިއާލްގެ އެއްބަސްވުން ހަމަވާނީ 2020 ގައި
ލީވާން އަލީ | MrLeevaan

| 7 ނޮވެންބަރު 2018 | ބުދަ 16:14 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ޔުނައިޓެޑަށް ކުޅެމުން އަންނަ އެންތޮނީ މާޝިއާލް -- ގެޓީ އިމޭޖާސް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންތޮނީ މާޝިއާލް އަށް އިންޓަ މިލާނުން ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ މިރާ އިން ބުނީ މާޝިއާލް އަށް އިންޓަ އިން ޝައުގުވެރިވާ ކަމަށާއި، އެގޮތުން އޭނާ އަށް އެ ކްލަބުން ފާރަލަމުން އަންނަ ކަމަށެވެ.

މި ސީޒަން ފެށުމުގެ ކުރިން މާޝިއަލް ޔުނައިޓެޑު ދޫކޮށްލާނެ ކަމުގައި ބުނެ ވަރަށް ބޮޑަށް ވާހަކަ ދެކެވުނެވެ. އެހެންނަމަވެސް އޭނާ މިހާތަނަށް ކްލަބް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައެއް ނުވެއެވެ.

އުމުރުން 22 އަހަރުގެ މަޝިއާލް ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފްރާންސްގެ ލިޔޯން އިން ކެރިޔަރު ފެށި މާޝިއާލް ވަނީ އެ ކްލަބަށް ހަތަރު މެޗު ކުޅެފައެވެ. އެ ކްލަބް ދޫކޮށް އޭނާ ވަނީ މޮނާކޯ އަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވެފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު މެޗުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ.

މޮނާކޯގައި ތިން ސީޒަން ހޭދަކުރުމަށްފަހު މަޝިއާލް ޔުނައިޓެޑަށް ބަދަލުވީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 148 މެޗުގައި 42 ލަނޑު  ކާމިޔާބުކޮށްފައެވެ.

މާޝިއާލް ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕް، ލީގް ކަޕް، ޔުއެފާ ޔޫރޮޕާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ގޯލްޑެން ބޯއި އެވޯޑުވެސް ހާސިލުކޮށްފައެވެ.

ފްރާންސުގެ ގައުމީ ޓީމާއެކު 2016 ވަނަ އަހަރުގެ ޔޫރޯގެ ދެވަނަ ނެގި މާޝިއާލް ވަނީ އެ ޓީމަށް ކުޅުނު 18 މެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް