25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޑޯޓްމަންޑްގެ މައްޗަށް އެޓްލެޓިކޯ ކުރިހޯދައިފި

  • ޑޯޓްމަންޑްގެ މައްޗަށް އެޓްލެޓިކޯ ކުރިހޯދީ 0-2 އިން
ލީވާން އަލީ | MrLeevaan

| 7 ނޮވެންބަރު 2018 | ބުދަ 12:24 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


އެޓްލެޓިކޯގެ ސައުލް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ -- ޓްވިޓަރ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބްރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް އެޓްލެޓިކޯ މެޑްރިޑުން ކުރި ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ޑޯޓްމަންޑްގެ މައްޗަށް އެޓްލެޓިކޯ ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.

އެޓްލެޓިކޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމުންވެސް ވަނީ ކުރިއަށް ޖެހި ހަމަލާތައް އުފައްދާފައެވެ.

އެޓްލެޓިކޯ އިން މެޗުގައި ލީޑު ނެގީ 33 ވަނަ މިނެޓުގައެވެ. މި ލަނޑު ފިލިޕޭ ލުއިޒްގެ އެހީތެރި ކަމާއެކު ކާމިޔާބުކުރީ ސައުލްއެވެ. މި ލަނޑަށްފަހު ވެސް އެޓްލެޓިކޯ އިން ވަނީ ޑޯޓްމަންޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޑޯޓްމަންޑްގެ މައްޗަށް އެޓްލެޓިކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުން ދިޔައީ އެޓްލެޓިކޯ އިންނެވެ. އެގޮތުން އެޓީމުން ވަނީ ޑޯޓްމަންޑްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ދެވަނަ ހާފްގައި ޑޯޓްމަންޑްގެ ފަރާތުންވެސް ހަމަލާތަކެއް ފެނިގެން ދިޔައެވެ. އެހެންނަމަވެސް އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައި ނުވެއެވެ.

އެޓްލެޓިކޯ އިން ލީޑު ފުޅާކުރީ 80 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕާޓޭގެ އެހީތެރިކަމާއެކު އެންޓޯނިއޯ ގްރިޒްމަންއެވެ.

މި ނަތީޖާއާއެކު އެޓްލެޓިކޯ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. މި އަދަދަށް ޕޮއިންޓް ހޯދައިގެން ޑޯޓްމަންޑް އޮތީ ލަނޑުގެ ތަފާތުން ގްރޫޕްގެ އެއްވަނައިގައެވެ.

މި ގްރޫޕްގައި ހިމެނޭ މޮނާކޯ އަދި ކްލަބް ބްރޫޖް ބައްދަލުކުރި މެޗު 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ބްރޫޖް އިންނެވެ.

މި ނަތީޖާއާއެކު މޮނާކޯ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ. މެޗުން މޮޅުވީ ބްރޫޖް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް