19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ލިވަޕޫލް ބަލިވިއިރު، ޕީއެސްޖީ އާއި ނަޕޯލީގެ ކުރިމަތިލުން އެއްވަރު

  • ރެޑް ސްޓާ އަތުން ނަޕޯލީ ބަލިވީ 0-2 ގެ ނަތީޖާއަކުން
  • ޕީއެސްޖީ އަދި ނަޕޯލީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 7 ނޮވެންބަރު 2018 | ބުދަ 11:36 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!


ރެޑް ސްޓާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ -- ޓްވިޓަރ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ބަލިވިއިރު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ނަޕޯލީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ގްރޫޕް ސީގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ ރެޑް ސްޓާއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ރެޑް ސްޓާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމުންވެސް ވަނީ ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ.

ރެޑް ސްޓާ އިން މެޗުގެ ލީޑު ނެގީ 22 ވަނަ މިނެޓުގައެވެ. މި ލަނޑު މެރިންގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެވްކޮވްއެވެ. މި ލަނޑަށްފަހުވެސް ރެޑް ސްޓާ އިން ދިޔައީ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

އެގޮތުން 29 ވަނަ މިނެޓުގައި ރެޑް ސްޓާ އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް މެރިންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޕެވްކޮވްއެވެ. މި ލަނޑުތަކާއެކު ލިވަޕޫލް އިން އެޓީމުގެ ކުޅުން ރަނގަޅު ކުރިއެވެ.

އެގޮތުން ރެޑް ސްޓާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ލިވަޕޫލުން ވަނީ ފުރުސަތުތައް ތަނަވަސް ކޮށްފައެވެ. އެހެން ނަމަވެސް ލިބުނު ފުރުސަތަކުގެ ބޭނުން އެދެވޭ ގޮތެއްގައި ލިވަޕޫލް އަށް ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ލިވަޕޫލްގެ މައްޗަށް ރެޑް ސްޓާގެ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ލިވަޕޫލުންނެވެ. އެގޮތުން ގިނަ ހަމަލާތަކެއް އެޓީމުން އުފައްދާފައިވާއިރު، ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މިއީ ޗެމްޕިއަންސް ލީގުގައި ރެޑް ސްޓާ ހޯދި ފުރަތަމަ މޮޅެވެ. މި ނަތީޖާއާއެކު އެޓީމު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ. މެޗުން ބަލިވި ލިވަޕޫލް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ.  

އަންގާރަ ދުވަހުގެ ރޭ ގްރޫޕް ސީގައި ޕީއެސްޖީ އަދި ނަޕޯލީ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ނަޕޯލީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ޕީއެސްޖީންނެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕީއެސްޖީންނެވެ. މި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރީ ކީލިއަން އެމްބަޕޭގެ އެހީތެރިކަމާއެކު ޖުއާން ބާނެޓްއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ނަޕޯލީގެ މައްޗަށް ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ނަޕޯލީން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ހޯދާފައެވެ. އެހެންނަމަވެސް ނަޕޯލީގެ އެޓޭކްތައް ޕީއެސްޖީގެ ކީޕަރު ބުފޮން ދިޔައީ ފުލުފުލުގައި ދިފާއު ކުރަމުންނެވެ.

ނަޕޯލީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އިންސިންގްނޭއެވެ. މި ލަނޑަށްފަހުވެސް ނަޕޯލީ އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ނަޕޯލީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ އެވެ. ޕީއެސްޖީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް