16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޓޮޓެންހަމް މޮޅުވިއިރު، ބާސާ އާއި އިންޓަގެ ކުރިމަތިލުން އެއްވަރު

  • ބާސާ އަދި އިންޓަ އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
  • ޕީއެސްވީގެ މައްޗަށް ޓޮޓެންހަމް ކުރިހޯދީ 1-2 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 7 ނޮވެންބަރު 2018 | ބުދަ 10:34 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  8. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ


ޓޮޓެންހަމް އަދި ޕީއެސްވީ ބައްދަލުކުރި މެޗުގެ ތެރެއިން -- ޓްވިޓަރ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ މޮޅުވިއިރު، ބާސެލޯނާ އާއި އިންޓަ މިލާންގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ޕީއެސްވީއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ޕީއެސްވީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑީޖޮންގްއެވެ. މިއީ ޕީއެސްވީން ޗެމްޕިއަންސް ލީގުގައި ޖެހި އެންމެ އަވަސް ގޯލެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް ކޮޅަށް ވަތް އެންމެ އަވަސް ލަނޑެވެ.

މި ލަނޑާއެކު ޓޮޓެންހަމް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ވެސް ގިނަ ފުރުސަތުތައް ތަނަވަސް ކުރިއެވެ. ޕީއެސްވީން ވެސް ވަނީ ކައުންޓާގައި ޓޮޓެންހަމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޓޮޓެންހަމްގެ މައްޗަށް ޕީއެސްވީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓޮޓެންހަމް އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ފުލުފުލުގައި އެޓީމުން ފުރުސަތުތައް ތަނަވަސް ކުރިއެވެ.

ޓޮޓެންހަމް އިން ނަތީޖާ ހަމަހަމަ ކުރީ 78 ވަނަ މިނެޓުގައި ލޮރެންޓޭގެ އެހީތެރިކަމާއެކު ހެރީ ކޭން ކާމިޔާބުކުރި ލަނޑުންނެވެ. މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެޓީމަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ބެން ޑޭވިސްގެ އެހީތެރިކަމާއެކު ކޭން އެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. މެޗުން ބަލިވި ޕީއެސްވީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ޕޮއިންޓަކާއެކު ގްރޫޕްގެ ފުލުގައެވެ.

އަންގާރަ ދުވަހުގެ ގްރޫޕް ބީގައި ރޭ ބާސާ އާއި އިންޓަ ބައްދަލު ކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ބާސާ އިންނެވެ. އެގޮތުން އިންޓަގެ ހާފަށް ބާރު ބޮޑުކޮށް އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ފުރަތަމަ ހާފްގައި އިންޓަ އަށް ވެސް ލީޑު ނެގުމަށް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން އިވާން ޕެރިސިޗް އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ދެޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން ލީޑު ނެގުމަށް ވެސް ހުސް ގިނަ ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއެވެ. މި ލަނޑު 83 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ފިލިޕޭ ކުޓީނިއޯގެ އެހީތެރިކަމާއެކު ބަދަލު ކުޅުންތެރިޔާ މެލްކޮމްއެވެ. މިއީ އޭނާ ބާސާ އަށް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި މިއީ އޭނާގެ ޔޫރަޕިއަން ފުރަތަމަ ލަނޑެވެ. 

އެހެން ނަމަވެސް މެޗުގެ 87 ވަނަ މިނެޓުގައި އިންޓަ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މައުރޯ އިކާޑީއެވެ.

މި ނަތީޖާއެކު ބާސާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އިންޓަ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް