15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ބޮލީވުޑް

މަލައިކާ އާއި އަރުޖުން އެކުގައި ޑިނާ ޑޭޓަކުން ޕަޕަރާޒީންނަށް ފެނިއްޖެ

  • އަރުޖުން އާއި މަލައިކާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނީ މިދިޔަ އަހަރު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ނޮވެންބަރު 2018 | ބުދަ 10:33 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


މަލައިކާ އަރޯރާ އާއި އަރުޖުން ކަޕޫރު -- ހިންދުސްތާނީ ޓައިމްސް

ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރާއި ރިއަލިޓީ ޝޯ ހޯސްޓް މަލައިކާ އަރޯރާ އެކުގައި ޑިނާ ޑޭޓަކަށް ގޮސް އުޅެނިކޮށް ޕަޕަރާޒީންނަށް ފެނިއްޖެ އެވެ.

މުމްބާއީގެ ރެސްޓޯރެންޓަކުން މި ޖޯޑު އެކުގައި ނިކުތް ވަގުތު  ޕަޕަރާޒީންގެ ގިނަ ބަޔަކު އެތަނަށް އެއްވެފައި އޮތުމުން  އެމީހުންގެ ކިބައިން މައިކާ ހިމާޔަތް ކުރުމަށް ޓަކައި އަރުޖުން ވަނީ އޭނާގެ ދެއަތުން މަލައިކާގެ ގައިގައި ހިފަހައްޓާފައެވެ.

އަދި އަރުޖުންވަނީ ޕަޕަރާޒީންގެ ކިބައިން އެތަނުން ދުރަށް ގޮސް އެމީހުނަށް ތަންދިނުމަށް އެދިފައެވެ.

ޕަޕަރާޒީން ނަގާފައިވާ ފޮޓޯ ތަކުގައި އަރުޖުން ހުރީ ކަޅު ކުލައިގެ ޖެކެޓެއް ލައިގެންނެވެ. މަލައިކާ ހުރީ ހުދުކުލައިގެ ޓްޕަކާއި ޖިންސެއް ލައިގެންނެވެ.

މި ދެ މީހުން ވަނީ ޑިޒައިނާ އަބޫ ޖާނީ އަދި ސަންދީޕް ހޯސްލާގެ ދިވާލާ ބަޝް އިން ވެސް ފެނިގެން ގޮސްފައެވެ.

ފެސްޓިވަލް އާއި ގުޅޭ ގޮތަށް ދެމީހުން ވެސް ހެދުންއަޅާފައި ތިބި ނަމަވެސް އެދެމީހުން އެ ތަނަށް ގޮސްފައިވަނީ ވަކިންނެވެ.

މިދިޔަ މަހު މިލާން އެއަރޕޯޓްގައި މި ޖޯޑު އަތުގައި ހިފައިގެން ހިނގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ ވައިރަލް ވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އޮކްޓޯބަރު 23 ވަނަ ދުވަހު މަލައިކާގެ 45 ވަނަ އުފަން ދުވަސް އިޓަލީގައި ފާހަގަ ކޮށްފައި ވަނީ އަރުޖުން 33، އާ އެކުގައެވެ.

އަރުޖުން އާއި މަލައިކާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނީ މިދިޔަ އަހަރުއެވެ. ނަމަވެސް އެދެމީހުން ވަނީ އެގުޅުން އާންމުންނަށް ސިއްރު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެދެމީހުން އެކުގައި ފެންނަން ފަށާފައިވަނީ ވަރަށް ފަހަކުންނެވެ.

ފިލްމް ފެއަރގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެ ދެތަރިން ދަނީ އަންނަ އަހަރު ކައިވެނި ކުރުމަށް ތައްޔާރު ވަމުންނެވެ.

މަލައިކާ އާއި ފިލްމް ޑައިރެކްޓަރ އަދި އެކްޓަރ އަރުބާޒް ޚާން ކައިވެނި ރޫޅިފައިވަނީ 2015 ވަނަ އަހަރުއެވެ. ނަމަވެސް އެދެމީހުންގެ ދެމެދުގައި ރައްޓެހިކަން އޮވެއެވެ.

މި ދެމީހުންނަށް ވަނީ ފިރިހެން ދަރިފުޅަކު ލިބިފައެވެ. ދަރިފުޅުގެ ކަންކަމުގައި މިދެމީހުން އެކުގައި ވަނީ ފެނިފެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް