15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޖަމާލް ޚަޝޯގީ

ޚަޝޯގީގެ މަރާ ގުޅުންހުރި ހުރިހާ ހެކިތަކެއް ސީއައިއޭގެ ވެރިޔާ ބައްލަވައިފި

  • ކޮންސިއުލޭޓް ބޭރުގައި ހުރި ކެމެރާތައްވެސް ވަނީ ހަލާކުކޮށްފައި
  • ޚަޝޯގީގެ ހަށިގަނޑު އަދިވެސް ނުފެނޭ
އަބުދުﷲ މުހައްމަދު | 8Abbo

| 7 ނޮވެންބަރު 2018 | ބުދަ 09:38 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ޚަޝޯގީ ދިރިހުއްޓައި އެންމެ ފަހުން ފެނިފައިވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު -- ގެޓީ އިމޭޖާސް

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓްގައި މަރާލި ޖަމާލް ޚަޝޯގީގެ މަރާ ގުޅުން ހުރި ހުރިހާ ހެކިތަކެއް ސީއައިއޭގެ ޑިރެކްޓަރ ޖީނާ އަސްޕެލް ބެއްލެވި ކަމަށް ތުރުކީގެ ސަލާމަތީކަންކަމާ މަސްދަރަކުން އަލް ޖަޒީރާގައި ބުނެފިއެވެ.

މި ހެކިތަކުން ސާބިތު ކޮށްދޭގޮތުގައި މަރާލުމުގެ އަމުރު އައިސްފައިވަނީ ސައުދީގެ ވެރިކަމުގެ މަތީފަންތީގެ ތެރެއިން ކަމަށް އެ މަސްދަރުންބުނެއެވެ.

 އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް މަރުގެ ތަފްސީލް އެރުވުމުގެ ކުރިން ހެކިތައް ރިިވިއު ކުރެއްވުމަށް އަސްޕެލް މިިދިޔަ ހަފްތާ ހޭދަކުރައްވާފައި ވަނީ ތުރުކީގައެވެ.

ނަން ހާމަ ނުކުރާ ތުުރުކީގެ އެ މަސްދަރުން ބުނެފައިވާގޮތުގައި ޚަޝޯގީގެ މަރުގެ ދިޔަ ނުވަތަ ބަދަލު އޭނާގެ އާއިލާއަށް ސައުދީއިން ދައްކަން ޖެހޭނެއެވެ.

ތުރުކީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ޚަޝޯގީގެ މަރުގެ މައްސަލަ ފޮރުވުމަށް ކޮންސިއުލޭޓްގެ ސްޓާފުންވަނީ ސެކިއުރިޓީ ކެމެރާތައް ހަލާކުކޮށްލާފައެވެ.

ތުރުކީގެ ސަރުކާރަށް ތާއީދުކުރާ ސަބާ ނޫހުން ބުނެފައިވާގޮތުގައި ޚަޝޯގީ މަރާލި ދުވަސް ކަމަށްވާ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކޮންސިއުލޭޓްގެ ތެރޭގައި ހުރި ކެމެރާތައް އަވަސް އަރުވާލައިިގެންވަނީ ނައްޓާލާފައެވެ.

ހަމަ އެދުވަހު އިމާރާތުގެ ބޭރުގައި ހުންނަ ޕޮލިސް ބޫތުގައި އިންނަ ކެމެރާ ވެސް ނައްޓާލަން މަސައްކަތް ކޮށްފައިވެއެވެ.

މީގެއިތުރުން ކޮންސިއުލޭޓްގެ މުވައްޒަފަކު އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު، ކޮންސިއުލޭޓްގެ ބޭރުގައި ހުންނަ ޕޮލިސް ޕޯސްޓަށްގޮސް ވީޑިއޯ ސިސްޓަމަށް ވަދެފައިވެއެވެ. އަދި އެ ސިސްޓަމްގައި ޑިޖިޓަލް ލޮކް ކޯޑެއްޖަހައި އެއްވެސް ވީޑިއޯއެއް ނުބެލޭނެ ގޮތްވަނީ ހަދާފައެވެ.

އެ ކެމެރާގެ ވީޑިއޯތަކުގެ ތެރޭގައި ޚަޝޯގީ ކޮންސިއުލޭޓަށް ވަންނަނިކޮށް ހުރި ވިޑިއޯ ވެސް ހިމެނެއެވެ.

ޚަޝޯގީ ދިރިހުއްޓައި އެންމެ ފަހުން ފެނިފައިވަނީ ސައުދީ ކޮންސިއުލޭޓަށް ލިއުމެއް ބަލާ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ދަނިކޮށެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ވެފައި ނުވާއިރު އޭނާ މަރާލާފައިވާ ކަމަށް ތުރުކީން ބުނަމުންދާތާ އެތައް ދުވަހެއްފަހުން ސައުދީއިން އެކަމަށް އެއްބަސްވެފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ވޮޝިންގޓަން ޕޯސްޓްގައި ސައުދީގެ ޝާހީއާއިލާއާއި ވެރިކަމަށް ފާޑުކިޔައި ލިއުންތައް ޝާއިއު ކުރަމުންގެންދާ ޚަޝޯގީ މަރާލާފައިވާ ކަމަށް ސައުދީން އެއްބަސްވި ނަމަވެސް އަދިވެސް އޭނާގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މަސް

1 ހަފްތާކުރިން

ކޮންއެއްޗެއްތަ މަސްދަރު ތަކަކީ

1
0