15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ބޮލީވުޑް

ޒީރޯ އާއި ދެކޮޅަށް މައްސަލަ ހުށަހަޅައިފި

  • ފިލްމްގައި އެއްވެސް ދީނަކަށް އިހްތިރާމް ކުޑަވާކަހަލަ މަންޒަރުތަކެއް ހިމަނާފައި ނުވާނެ ކަމަށް ވަނީ ބުނެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ނޮވެންބަރު 2018 | ބުދަ 09:02 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ޒީރޯ ފިލްމް ޕޯސްޓަރު -- ފޭސްބުކް

ޝާހުރުކް ޚާންގެ އުފަންދުވަހު އޭނާގެ އަންނަން އޮތް ފިލްމް "ޒީރޯ"ގެ ޓްރެއިލާ ރިލީޒް ކުރުމުން އެ ޓްރެއިލާއަށް ވަނީ ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

ނަމަވެސް  ހޯމަދުވަހު ދިއްލީ ސިކް ގުރުދްވާރާ މެނޭޖްމަންޓް ކޮމިޓީ (ޑީއެސްޖީއެމްސީ) ގެ ފަރާތުން  އެ ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ މަންޖިންދަރު ސިންގް ސިސްރާ ސިކުންގެ ކޮމިއުނިޓީއަށް އިހުތިރާމު ކުޑަވާ ކަހަލަ މަންޒަރުތައް ހިމަނާފައިވާ ކަމަށް ބުނެ އެފިލްމާއި ދެކޮޅަށް ފުލުހުންނަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

ޑީއެސްޖީއެމްސީ އިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ  ފިލްމުގެ ޕޯސްޓަރުގައި ވަރަށް ނިކަމެތި މީހެއްގެ ހެދުމުގައި ޝާހްރުކް ފެންނައިރު އިރު އޭނާގެ އަތުގައި ސިކުންގެ ހަށިރައްކަލަކަށް އާންމުކޮށް ގެންގުޅޭ ހަތިޔާރެއް ކަމަށްވާ ކިރްޕާން އެއް  އޮންނަ ތަން ދައްކުވައިދޭ ކަމަށެވެ.  މީގެ އިތުރުން "ޒީރޯ" ގެ ޓްރެއިލާގައި ވެސް ސިކުންގެ ކޮމިއުނިޓީ އަށް އިހްތިރާމް ކުޑަވާކަލަހަ މަންޒަރުތައް ހިމަނާފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން މި ފިލްމް އުފައްދާ ފަރާތްތަކުން ނެރެފައިވާ އޮފިޝަލް ސްޓޭޓްމަންޓްގައި ބުނެފައި ވަނީ އެފިލްމްގައި އެއްވެސް ދީނަކަށް އިހްތިރާމް ކުޑަވާކަހަލަ މަންޒަރުތަކެއް ހިމަނާފައި ނުވާނެ ކަމަށެވެ.

އަދި ޝާހުރުކް ގެ އަތުގައި އޮތީ ކިރްޕާން އެއް ނޫން އެއީ ޑެގާ އެއް ކަމަށެވެ. އާނަންދް އެލް ރާއީ ޑައިރެކްޓް ކުރާ މި ފިލްމްގައި ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 21 ގައެވެ.

 މި ފިލްމްގައި ޝާހުރުކް ޚާން އާއި އެކު ލީޑްރޯލުން ފެނިގެންދަނީ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފް އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް