16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ޑޭވިޑް ލުއިޒް

ޖެނުއަރީ ޓްރާންސްފާގައި ޑޭވިޑް ލުއިޒް ބާސާ އަށް ބަދަލުވަނީ!

  • ޗެލްސީއާއެކު ލުއިޒް ހަދާފައިވާ އެއްބަސްވުން މި ސީޒަނުގައި ހަމަވާނެ
ލީވާން އަލީ | MrLeevaan

| 6 ނޮވެންބަރު 2018 | އަންގާރަ 19:03 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ޗެލްސީ އަށް ކުޅެމުން އަންނަ ޑޭވިޑް ލުއިޒް -- ގެޓީ އިމޭޖާސް

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާ އަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މުންޑޯ ޑިޕޯޓިވޯ އިން ބުނީ ބާސާގެ ޑިފެންސް ލައިން ވަރުގަދަ ކުރުމަށް އެ ކްލަބުން ޑޭވިޑް ލުއިޒް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އެކަން ނިމިގެންދާނެ ކަމަށެވެ.

މި ސީޒަނަށް ފަހު ޑޭވިޑް ލުއިޒްގެ އެއްބަސްވުން ހަމަވާއިރު، އޭނާ ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން އާކުރާނެ ކަމަށް ނުބެލެވެއެވެ. އެގޮތުން މި ސީޒަން ނިންމާފައި ނުވަތަ ޖެނުއަރީ ޓްރާންސްފާގައި އޭނާ ކްލަބް ބަދަލުކުރާނެ ކަމަށް ބެލެވެއެވެ.

އުމުރުން 31 އަހަރުގެ ޑޭވިޑް ލުއިޒް ހޯދުމަށް ބާސާގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި އޭނާ ބަދަލުވާނީ ބާސާ އަށެވެ.

ބެންފީކާ އަށް 132 މެޗު ކުޅެފައިވާ ޑޭވިޑް ލުއިޒް ވަނީ އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެ އަށް ފަހު ޗެލްސީ އަށް އޭނާ ބަދަލުވިއިރު، ޗެލްސީ އަށް އޭނާ ވަނީ 143 މެޗު ކުޅެ އެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ޗެލްސީ ދޫކޮށް ޑޭވިޑް ލުއިޒް ޕީއެސްޖީ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް 89 މެޗު ކުޅެ، ފްރެންޗް ލީގު ދެފަހަރު އަދި ފްރެންޗް ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީ ދޫކޮށް ޑޭވިޑް ލުއިޒް ޗެލްސީއާ އަލުން ގުޅުނީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް 98 މެޗު ކުޅެދީފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު 2013 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށްފައިވާ ޑޭވިޑް ލުއިޒް ވަނީ އެޓީމަށް 56 މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް