19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

އެމެރިކާގެ މިޑްޓަރމް އިންތިޚާބު

އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ވޯޓުލުން ފަށައިފި

  • ވޯޓްލާ ގިނަ މަރުކަޒުތަކުގައި 12 ގަޑިއިރަށް ވޯޓްލުން ކުރިޔަށް ގެންދާނެ
އަބުދުﷲ މުހައްމަދު | 8Abbo

| 6 ނޮވެންބަރު 2018 | އަންގާރަ 18:49 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


އަރލީ ވޯޓިންގ ގައި 31 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވޯޓްލާފައި -- ސްޓްރެއިޓް ޓައިމްސް

އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ވޯޓުލުން އަންގާރަ ދުވަހު ފަށައިފިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ބާކީ އޮތް ދެ އަހަރާ މެދު ރައްޔިތުންގެ ވިސްނުން ހުރި ގޮތް މި އިންތިޚާބުގައި އެނގިގެންދާނެއެވެ.

އަންގާރަ ދުވަހު އިންތިޚާބުގެ ވޯޓުލުން ފަށާފައިވާ އިރު އަރލީ ވޯޓިންގގައި 31 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވޯޓްލާފައެވެ.

މިޑްޓަރމް އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 435 ގޮނޑިއާ ސެނޭޓްގެ 35 ގޮނޑި އަދި އެމެރިކާގެ 36 ސްޓޭޓާއި އެމެރިކާގެ ތިން ޓެރިޓަރީ އަށް 39 ގަވަރުނަރުން އިންތިޚާބުކުރާނެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގެ ކަމަށްވާ ސެނޭޓް އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ވެސް މި ވަގުތު އަޣުލަބިއްޔަތު އޮތީ ރައީސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށެވެ.

ޚިޔާލު ހޯދުމުގެ އެންމެ ފަހުގެ ވޯޓުތަކުން ދައްކާ ގޮތުގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ނުވަތަ ތިރިގޭގައި ޑިމޮކްރޭޓުންނަން ގިނަ ގޮނޑިތަކެއް ލިބުމުގެ ފުރުސަތު ބޮޑެެވެ. ނަމަވެސް ސެނޭޓްގެ ކޮންޓްރޯލް ލިބޭނެ ކަމަށް ރިޕަބްލިކަން އިން ލަފާކުރެއެވެ.

އެމެރިކާގެ އެކި ސްޓޭޓްތަކުގައި ގަޑީގެ ތަފާތު ހުރި އިރު އެންމެ ފުރަތަމަ ވޯޓްލުން ފެށިފައި ވަނީ ވަރމޮންޓްގައި ހެނދުނު 5 ޖެހިއިރުއެވެ.

ކެލިފޯނިއާގައި ވޯޓްލުން ފެށިފައި ވަނީ ރާއްޖެ ގަޑިން މިރޭ އަށެއް ޖެހިއިރު، ކެލިފޯނިއާގެ ގަޑިން ހެނދުނު 7 ޖެހިއިރުއެވެ.

ވޯޓްލަ ގިނަ މަރުކަޒުތަކުގައި 12 ގަޑިއިރަށް ވޯޓްލުން ކުރިޔަށް ގެންދާނެއެެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް