15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ތިމާވެށި ހިމާޔަތްކުރުން

އީއައިއޭ: ފޮރުވިފައިވާ ހަގީގަތް

  • ރާއްޖޭގައި އީއައިއޭއެއް އެންމެ ފުރަތަމަ ހެދިގެންދިޔައީ 1992 ވަނަ އަހަރު ގއ. ކޫއްޑޫގައި ފިޝަރީޒް ކޮމްޕްލެކްސެއް ހެދުމަށް
  • ރާއްޖޭގެ ތިމާވެށީގެ ގާނޫނު އައީ 1993 ގައި

| 6 ނޮވެންބަރު 2018 | އަންގާރަ 18:07 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ފުވައްމުލަކުގައި ހެދިފައިވާ ބަނދަރު -- ރާއްޖެއެމްވީ

އެޑިޓަރުގެ ނޯޓް: މިލިޔުން ލިޔުއްވާފައިވަނީ ތިމާވެށީގެ ދާއިރާއިން އޮސްޓްރޭލިޔާ އާއި ނިއުޒިލެންޑުން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ އަހްމަދު ޖަމީލެވެ. މަތީ ތައުލީމު ހާސިލުކުރެއްވުމަށް ފަހު، 2005 އަހަރު "ވޯޓާ ސޮލިއުޝަންސް"ގެ ނަމުގައި އަމިއްލަ އެކުންފުންޏެއް އުފައްދައި އީއައިއޭ ކޮންސަލްޓަންޓެއްގެ ގޮތުގައި ތިމާވެއްޓާ ގުޅޭ ސާވޭތައް އޭނާ ގެންދަވަނީ ހައްދަވަމުންނެވެ. 

 

ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ރިޕޯޓު ނުވަތަ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ.) އަކީ، ތިމާވެށިގެ ޤާނުނުގެ ދަށުންނާއި ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުންވެސް ތަރައްގީއަށް އަށްޓަކައި ހިންގޭ މަޝްރޫޢެއްގެ އަމަލީ މަސައްކަތްތައް ފެއްޓުމުގެ ކުރިން ތައްޔާރުކުރަންޖެހޭ ރިޕޯޓަކަށް ކިޔާނަމެކެވެ. އީ.އައި.އޭ ރިޕޯޓެއް ތައްޔާރުކުރެވެނީ ތަރައްގީގެ ޕްރޮޖެކްޓެއް އެކުލަވާލައި އެޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް ކަމާބެހޭ އިދާރާއަކުން ހުއްދަދިނުމުންނެވެ. އީ.އައި.އޭ. ރިޕޯޓެއްގައި މައިގަނޑު ގޮތެއްގައި ބަލާލެވެނީ، ހުއްދަދެވިފައިވާ ޕްރޮޖެކްޓުން ތިމާވެއްޓަށް ކޮށްފާނެ އަސަރަކާއި، މިފަދަ އަސަރުތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އަދި މަސައްކަތް ވީހާވެސް ތިމާވެއްޓަށް ގެއްލުން ކުޑަކޮށް ކުރުމުގެ މައްޗަށެވެ. ނަމަވެސް އީ.އައި.އޭ. އާއި މެދު ތަފާތު ވިސްނުން ގެންގުޅޭ ފަރާތްތަށްވެސް މަދެއްނޫނެވެ. ބައެއް ފަރާތްތަކުން ދެކެނީ، އީ.އައި.އޭ ހެދުމުން އެމަޝްރޫއެއްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުން ކޮށްްފާނެ އަސަރު ތަކުން މުޅިންހެން ސަލާމާތް ވެދިދާނެކަމަށެވެ. އަނެއްބަޔަކު ދެކޭގޮތުގައި، އީ.އައި.އޭ  ހެދިޔަސް ތިމާވެށި ހަލާކުވާނެއެވެ. އަދި އީ.އައި.އޭ. އަކީ، ވަކިބަޔަކަށް މާލީ ފައިދާ ތަކެއް ވާތީ ތައްޔާރުކުރާ ރިޕޯޓެއް  ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.

ރާއްޖޭގައި އީ.އައި.އޭ އެއް އެންމެ ފުރަތަމަ ފަހަރަށް ހެދިގެންދިޔައީ 1992 ވަނަ އަހަރު ގއ. ކޫއްޑޫގައި ފިޝަރީޒް ކޮމްޕްލެކްސެއް ހެދުމަށް ޖަޕާނު ސަރުކާރުގެ އެހީގައި ކުރިޔަށް ގެންދިޔަ މަޝްރޫޢުގައެވެ. މިގޮތުން ކޫއްޑޫގައި ގާއިމުކުރެވިފައިވާ މަސްކިރާ ބޯޓްތައް ބަނދަރުކުރެވޭ ބަނދަރަކީ ރާއްޖޭގައި މިހާރުވެސް ބޭނުންކުރަމުން އަންނަ އެންމެ ރަގަޅު އެއްބަނދަރުކަން ފާހަގަ ކޮށްލަންޖެހެއެވެ. މިބަނދަރުގެ ކަނޑުތޮށި ލެވިފައިވަނީ ރާއްޖޭގައި ސިމެންތިން ތައްޔާރުކޮށްފައިވާ ބޮޑެތި ގަލުންނެވެ. މިބަނދަރު ހެދުމަށްޓަކައި ބޭނުންވާ ދިރާސާތައްކޮށް، ބަނދަރު ހަދާނެތަނަކާއި މަސަތްކަތްކުރާނެ ގޮތްތަކެއް ނިންމުނީ އީ.އައި.އޭ ގެ ޒަރީއާއިންނެވެ.

ރާއްޖޭގެ ތިމާވެށީގެ ގާނޫނު 1993 ވަނަ އަހަރު އެކުލަވާލާ ޢަމަލުކުރަންފެށުމުން، އީ.އައި.އޭ އަށް ޤާނޫނީ ހައިސިއްޔަތު ލިބިގެން ދިޔައެވެ. ފަތުރުވެރިކަމަށް ބެލިޔަސް އީ.އައި.އޭ ގެ މުހިންމު ކަން ފެންނާނެއެވެ. ބ. އަތޮޅަށް ފަތުރުވެރިކަން ތަޢާރަފުވެގެން ދިޔައީ ސޮނެވާފުށި ރިސޯޓް 1996 ހުޅުވުމުންނެވެ. ސޮނެވާފުއްޓަކީ މިއަދު ރާއްޖެމިދެކޭ މަތީފަންތީގެ ފަތުރުވެރިކަމުގެ ބިންގާއެޅިގެންދިޔަ ރިސޯޓެކެވެ. ރިސޯޓް ތަރައްގީކުރުމަށް ބެލެވުނީ ރަށުގެ ތިމާވެށި އެއީ ރިސޯޓްގެ ތަރައްގީގެ ނާރެސްކަމަށެވެ. ރަށްތަރައްޤީ ކުރެވިގެން ދިޔައީ މަލަމަތިން އެއްވެސް އިމާރާތެއް ނުފެންނަ ގޮތަށް ފަޅުރަށެއް ސިފަވާގޮތަށެވެ. ތިމާވެއްޓާއި ރައްޓެހި ޑިޒައިނަށް ތައްޔާރުކުރެވުނު މިރިސޯޓްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ކުރިއަރައިގެން ދިޔައެވެ. އެއީ، ރާއްޖޭ ތިމާވެށި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުންކަމަށް ބެލެވިދާނެއެވެ.

ފުވައްމުލައްކުގައި ބަނދަރެއް ހެދުމުގެ މަސައްކަތަކީ ޒަމާނުންސުރެން ކުރަންބޭނުންވެފައިވާ މަސައްކަތެކެވެ. މިމަސައްކަތް ނުކުރެވިއޮތް މައިގަނޑު ސަބަބަކީ ފުވައްމުލަކުގެ ނާޒުކު ތިމާވެށި ރަގަނޅަށް ދެނެގައިނެވިފައިނުވާތީއެވެ. ފުވައްމުލަކަކީ މާސިންގާ ކަނޑުގައި އުފެދިފައި އޮންނަ އެންމެ ރަށެއްގެ މައްޗަށް އެކުލެވިފައިވާ އަތޮޅެކަށް ވެފައި މިރަށުގައި ބަނދަރެއް ހެދުމުން ދިމާވެދާނެ މައްސަލަތައް ރަނގަޅަށް ދިރާސާ ކުރަންޖެހޭތީއެވެ. ފުވައްމުލަކުގައި 2002 ވަނަ އަހަރު ގާއިމުވެގެން ދިޔަ ބަނދަރަކީ އެއިރު ރާއްޖޭގައި ހިންގުނު އެންމެ އަގުބޮޑު މަޝްެރޫޢުއެވެ. މިބަނދަރުގެ ސަބަބުން ފުވައްމުލައް ޒަމާނުއްސުރެ އެކަހެރިވެފައި އޮތްއޮތުމަށް ލުޔެއް ލިބި އެރަށުގެ އުމްރާނީ ތަަރައްޤީއަށް މަގުފަހިވެގެން ދިޔައެވެ.

ފުވައްމުލަކުގެ މިބަނދަރަކީ މިހާރުވެސް ރާއްޖޭގައި އެންމެ ރަގަޅަށް މެނޭޖްކުރަމުންއަންނަ ބަނދަރެވެ. އަހަރަކު މަދު ދުވަހެއްމެނުވީ މިބަނދަރު ބޭނުން ކުރެވެއެވެ. ފުވައްމުލައްކު ބަނދަރު ކާމިޔާބު މަޝްެރޫޢުއަކަށް ވެގެންދިޔައީ ރަށުގެ ތިމާވެއްޓަށް ބަލައިގެން، ވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަވޭނެ ގޮތަށް ބަނދަރު ފަރުމާކުރެވި އީ.އައި.އޭ. އާއި އެއްގޮތަށް މަސައްކަތް ކުރުމުގެ ސަބަބުން ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.  

 2002 ވަނަ އަހަރު މާލެ އަތޮޅުގެ ރީތިރަށް ރިސޯޓް އަލުން ތަރައްގީ ކުރުމުގެ މަސަކަތްކުރިޔަށް ގެންދިޔައިރު، އެމަސައްކަތް ކުރުމަށް ތައްޔާރުކޮށް ހުއްދަދެވިފައިވާ އީ.އައި.އޭ އާއި ޚިލާފަށް ރަށް ބޮޑުކުރުމުގެ މަސަތްކަތްކުރިޔަށް ގެންދިއުމުގެ ސަބަބުން ތިމާވެށީގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ރަށުގައި ކުރިޔަށް ގެންދިޔަ ރިސޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓާލުމަށް އެންގުނެވެ. އަދި ފަހުން މަސައްކަތް ކުރުމަށް ހުއްދަ ދެވުނީ އެރަށް ޖޫރިމަނާ ކުރުމަށް ފަހުގައެވެ.

ރީތިރަށް އަލުން ތަރައްގީ ކުރުމަށް ހިނގުނު މަޝްރޫއަކީ ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރުމަށް 100 މިލިޔަން ޑޮލަރަށްވުން ބޮޑުކޮށް ހަރަދުކޮށްގެން ހިންގުނު ފުރަތަމަ މަޝްރޫޢެވެ. މިރިސޯޓްގެ ސަބަބުން ލަގްޒަރީ ޓްއަރިޒަމް ރާއްޖެއަށް ތަޢާރަފުވެ މަތީ ފަންތީގެ ބްރޭންޑްތައް ރާއްޖެއަށް ޝައުގުވެރިވާންފެށިއެވެ.

 

އީ.އައި.އޭ. ގެ ޒަރީއާއިން ރަށްރަށް ތަރައްގީކުރުމުގެ ކުރިން ދެނެގަންނަން ޖެހޭ އެތައް ކަމެއް ދެނެގަތުމުގެ ގާބިލްކަން ލިބިދޭ.

ރީތިރަށް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢަކީ، ރާއްޖޭގެ ތިމާވެށްޓަށް ބޮޑެތި ބަދަލުތަކެއް ގެނެވި ޕްރޮޖެކްޓެކެވެ. ރަށް ބޮޑު ކުރަން ހިނގި ބިންހިއްކުމުގެ މަސައްކަތް ނިމުމަށްފަހު ރަށް ފެހި ކުރަންކުރެވުނު މަސައްކަތުގައި ރާއްޖޭގެ އެތަކެއް ރަށެއްގައި ހެދިފައި ހުރި ބޮޑެތި ގަސްތަކާއި ރުއްތައް އުފަރައިގެން ރީތިރަށުގެ ހިއްކިފައިވާ ސަރަހައްދުތައް ފެހި ކުރުމަށް ގެނެވުނެވެ. މިގޮތުން ކ. ކާށިދޫއާއި ބ. ގޮއިދޫން އިން ގިނައަދަދެއްެގެ ރުއްތައް އުފުރުމުގެ ސަބަބުން މިރަށްރަށް ކާއްޓަށް ޖެހުނެވެ. އީ.އައި.އޭ. ގެ މުހިންމުކަން މި މަޝްރޫއުން ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ. މަޝްރޫއުތައް ހިންގުމުގައި ކުރަން ޖެހޭ ކަންތައްތަކާ ނުކުރެވޭނެ ކަންތައްތައް ފާހަގަކުރެވިގެން ދެއެވެ. މީގެ އިތުރުން މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ވެސް ކަންކަން ކުރުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތައް ފާހަގަވެގެން ދިއުުމުގެ އިތުރުން ތަންފީޒީ އިދާރާތަކަށްވެސް ކަންކަން ހަމައިން ނައްޓައިގެންނުދާނެގޮތަށް ބެލެހެއްޓުމުގެ ގާބިލްކަން ލިބިގެން ވެއެވެ.

2006 ވަނަ އަހަރު އީ.އައި.އޭ ހެދުމާއި ނުލައި ކ.ވިލިވަރު އަލުން ތަރައްގީ ކުރުމަށްޓަކައި އެރަށް ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދާތީ، އެފަރާތުން ކުރަމުން ދިޔަ މަސައްކަތް ތިމާވެށީގެ ގާނޫނުގެ ދަށުން ހުއްޓުވިއެވެ. އަދި އެގާނޫނުގެ ދަށުން ކުރެވޭ އެންމެ ބޮޑު ޖޫރިމަނާ ކަމުގައި 100 މިލިޔަން ރުފުޔާއިން އެރަށް ތަރައްގީ ކުރަމުން ދިޔަ ފަރާތް ޖޫރިމަނާ ކުރެނުވެ. ނަމަވެސް އައު ގާނޫނު އަސާސީއަށް 2007 ވަނަ އަހަރު އަމަލުކުރަން ފެށުމާއިއެކު، ތިމާވެށި ގާނޫނުގެ ދަށުން ޖޫރިމަނާ ކުރުމުގެ އިޖްރާއަތްތައް ފުރިހަމަޔަށް ބަޔާން ކުރެވިފައި އެއިރު ނެތުމުން އެފަރާތުން އެމައްސަލަ ކޯޓަށް ހުށަހަޅެމުން އެޖޫރިމަނީއަކީ އެފަރާތުން ދައްކަންޖެހޭ ޖޫރިމަނާއެއް ނޫންކަމުގައި ހުކުމް ކުރެއްވިއެވެ. އީ.އައި.އޭ ރިޕޯޓެއް ހެދުމަށް ރިސޯޓް ތަރައްގީކުރާ ފަރާތަށް ބުރައެއް ކަމެއްގައި ދެކުމުގެ ސަބަބުން މިއަދުވެސް އެރަށަކީ ތަރައްގީނުކޮށް ދޫކޮށްލައިފައި އޮތް ރަށެކެވެ. ދައުލަތަށާއި ރައްޔިތުންނަށް މިރަށުގެ އެންމެ ފުރިހަމަ ނަފާ ނުލިބެއެއެވެ.

ހދ. ކުޅުދުއްފުށީގައި އެއަރޕޯރޓެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމިނިންމުމަކީ، ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް މިފަހުގެ ތާރީޚްގައި ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިޕްރޮޖެކްޓުން ރަށުގެ ތިމާވެއްޓަށް ލިނބިދާނެ ގެއްލުމުގެ ވާހަކަ ބާއްވާފައި، މިޕްރޮޖެކްޓުން ކުރުރާސްތާގަަޔާއި ދިގުރާސްތާގައި އިގްތިޞާދީގޮތުން ލިބޭ ފައިދާ ރަގަޅަށް ވަނީ ދެނެނުގަނެވެވިފައެވެ. ކުޅުއްދުއްފުއްޓަކީ އުފެދުމުގައިވެސް ރަށުގައި އުތުރު ކޮޅާއި ދެކުނު ކޮޅުގައި ކުޅިއެއް އޮތްރަށެކެވެ. ދެކުނު ކޮޅުގެ ކުޅި ރަށުގެ ބިންބޮޑުކުރުމަށް ހިއްކުމުގެ ސަބަބުން އެސަރަހައްދަކީ މިހާރުވެސް ވާރޭވެހުމުން، ގިނަފަހަރަށް ފެންބޮޑުވާ ސަރަހައްދަކަށްވަނީ ވެފައެވެ.

އެއަރޕޯޓު ހެދުމުގެ ޕްރޮޖެކްޓް އަވަހަށް ހިންގުމަށް ރަށުގެ ވެށި ރަނގަޅަށް ދިރާސާ ނުކުށް އަވަސްއަރުވާލައިގެން މަސައްކަތް ކުރިޔަށް ގެންދެވުނެވެ.  ކުޅި ސަރަހައްދުގައިވާ ޗަކާއިގެ ފަށަލައަކީ ފުންފަށަލައެއްކަން އެނގުނީ ބިންހިއްކުމުގެ އަމަލީ މަސައްކަތް ކޮށް ނިމުނު ފަހުންނެވެ. މިހެންވުމުގެ ސަބަބުން ރަންވޭ އެޅުމަށް ބިންގަޑު އެކަށީގެންވާ ވަރަށް ހަރުނުކުރެވޭނެކަމެވެ. މިސަރަހައްދު ތަރައްގީކުރުމުން މިސަރަހައްދުގައި ވާރޭ ވެހުމުން ފެންބޮޑުވާނެގޮތްވެސް  ވަނީ ރަނގަޅަށް ދެނެނުގަނެވިއެވެ. އަދި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ލެވިފައިވާ ކަނޑު ތޮށި އޭގެ އެންެމެ އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރާކަންވެސް މިހާރުވަނީ ފާހަގަ ކުރެވިފައެވެ. މިކަންކަމަކީީ އީ.އައި.އޭ. ގައި ހިމެނާ ފާހަގަކޮށްފައިވާ ކަންކަމެވެ. ނަަމަވެސް މަޝްރޫޢު ތަންފީޒު ކުރުމައި މިދެންނެވި ކަންތައްތަކަށް އެންމެ ރަގަޅަށް ރިޢާޔަތް ކުރެވިފައި ނުވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް ހިމެނޭ ސަރަހައްދުގައި ފަތުުރުވެރިކަމަށްޓަކައި ފަޅު ހިއްކައިގެން ރިސޯޓް ހެދުމުގެ އޮއިވަރެއް 2015 އަހަރު ވަނީ ފެށިފައެވެ. ފަޅު ހިއްކައިގެން ފަތުރުވެރިކަމަށް ރިސޯޓް ހިއްކުމަކީ ރާއްޖޭގެ ކުރިމަގަށް އެންމެ ރަގަޅުގޮތްތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ. މިފަދަ ސްޓްރެޓިޖިކް ނިންމުންތައް ނިންމުމަށްޓަކައި ތިމާވެއްޓަށް ކޮށްފާނެ އަސަރު ދެނެގަނެވޭނަމަ ފަރުހިއްކައިގެން ފަތުރުވެރިކަން ފުޅާކުރާނީތޯ ނުވަތަ އެފަރުތައް ފަތުރުވެރިން ފީނުމަށާއި މަސަވެރިކަމަށް ޚާއްސަކޮށްފައި ބޭއްވުމުންތޯ ރައްޔިތުންނަށް ދިގުމުއްދަތުގައި ފައިދާކުރާނީ ދެނެގަނެވޭނެއެވެ.

މިފަޅުތައް ފަތުރުވެރިކަން ފުޅާ ކުރުމަށް މިހާރު ދޫކުރެވިފައިވާތީ ފަޅުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި އީ.އައި.އޭ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. މިގޮތުން އެނބޫދޫ ފަޅު ތަރައްގީ ކުރުމަށްޓަކައި އެމަސައްކަތް ކުރާފަރާތުން 100 މީޓަރުގެ ނެރެއް ފަޅުގެ އުތުރު ފަރާތުން ކެނޑުމަށް ހެށަހެޅުމުން އެމަސައްކަތް ނުކޮށް ދޫކޮށްލާއި، ހިއްކުނު ސަރަހައްދު ހިމަޔާތްކުރުމުގެ މަސައްކަތް ޕްރޮޖެކެޓްގެ އެންމެ ފުރަތަމަ ކުރާ މަސައްކަތްތެއްގެ ގޮތުގައި ކުރިޔަށް ގެންދެވިގެންދިޔައީ ތިމާވެށި ތަރައްގީގެ ނާރެސްއަށް ބެލުމުންނެވެ.

ރާއްޖޭގައި ދުރާލާ ޕްލޭން ކުރުމުގެ ސަޤާފަތް އަދި ވެސް ފެންނަނީ ވަރަށް ބީރަށްޓެހި ކޮށެވެ.  މަދު ރަށެއްގައި މެނުވީ ރަށުގެ ރައްޔިތުން ގެ ބަހާއިއެކު އެކުލަވާލެވިފައިވާ ލޭންޑް ޔޫސް ޕްލޭނެއް ފެންނާކަށް ނެތެވެ. މިފަދަ ޕްލޭނެއް ވެރިރަށް މާލެއަށް ހަދާފައިވާކަންވެސް ޔަޤީން ކުރެވޭކަށް ނެތެވެ. މިފަދަ ވެއްޓެއްގައި ގާނޫނީ ބާރު ލިބި، ރައްޔިތުންގެ ބަސް އޭގައި ކޮންމެވެސް ވަރަކަށް ނަމަވެސް ހިމަނާ، މިހާރު ބޭނުންކުުރުމަށް ލިބިފައިވާ ހަމައެކަނި ވަސީލަތަކީ އީ.އައި.އޭ އެވެ. ރައްޔިތުންނާއި ހަމަޔަށް އެމީހުންގެ ބަސްބުނުމުގެ ފުރުސަތެއް ކިތަންމެ ކުޑަކޮށްނަވެސް ތިލަވެގެން މިއަންނަނީ އީ.އައި.އޭ މަރުނުވެ ދިރި އޮތަތީއެވެ. ރ. ފައިނުގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް ކުރިޔަށް ދާކަމުގެ ވާހަކަ އަޑު އިވުނީވެސް އީ.އައި.އޭ ހަދަން ޖެހުމުންނެވެ. އީ.އައި.އޭ އަކީ ވެސް އޭގައި ރަގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭ ނިޒާމެކެވެ. ނަމަވެސް ރާއްޖޭގައި އަދި ވަރަށް ޅަފަތުގައި އޮތް އީ.އައި.އޭ ނިޒާމަކީ އޭގެ ސަބަބުން ގިނަ ފައިދާއާއި ލާބަ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި ތިމާވެއްޓަށް ލިބޭ ވަސީލަތެއް ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަސަނުގެ

5 ދުވަަސް ކުރިން

ތި އީ އައި އޭ އަކީ ދެމޭ ރަބަރެއް ކޮންމެ ސަރުކާރެއް އޮތަސް އެކަން ހިންގަނީ އެހެން 2009 ވަނަ އަހަރު ޕާލަމެންޓް މެމްބަރަކު ހޮވަން ބަންދަރެއް ހަދަން ގެހިގެން ހަފުތާއަކުން ތި އީއައިއޭ ހެދިތަން ވެސް މިތިބީ ދެކިފަ އެވެ

0
0