16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

މޯލްޑިވްސް ބޯޓިންގް އެވޯޑްސް

މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަންތައް ބަންދުކޮށްފި

  • ޖުމްލަ 26 ކެޓަގަރީއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި
  • މިދިޔަ އަހަރު ވަނީ ތަފާތު 21 ކެޓަގަރީއަކުން އެވޯޑުތައް ހަވާލުކޮށްފައި
ސިމާހާ ނަސީމް | sim_kamana

| 6 ނޮވެންބަރު 2018 | އަންގާރަ 16:59 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ހަފްލާގެ ތެރެއިން -- ކޯޕަރޭޓް މޯލްޑިވްސް

މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފިއެވެ.

ނޮމިނޭޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އަދި ނޮމިނޭޝަން ބަންދުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ބޯޓިންގް އެވޯޑްސްއަކީ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ކަނޑުދަތުރު ފަތުރުގެ އިންޑަސްޓްރީގެ ހަރަކާތްތެރިވާ ފަރާތްތަކަށް ހިތްވަރުދީ އެ އިންޑަސްޓްރީ ކުރިއެރުވުމަށްގެ މަޤްސަދުގައި 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. 

ޖުމްލަ 26 ކެޓަގަރީއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ނޮވެމްބަރު 5 ވަނަ ދުވަހާ ހަމައަށެވެ. ބޯޓިންގް އެވޯޑްސްއަށް ހުށަހަޅާ ފަރާތްތަކަށް އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމަށް ނޮވެމްބަރު 5 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 5 ވަނަ ދުވަހަށް ހުޅުވާލާނެއެވެ.

މިދިޔަ އަހަރު މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބުނީ އަހްމަދު ޒުބައިރު އާދަމްއަށެވެ. މިދިޔަ އަހަރު ތަފާތު 21 ކެޓަގަރީއަކުން އެވޯޑުތައް ވަނީ ހަވާލު ކޮށްފައެވެ. އެގޮތުން ލިވްއަބޯޑް ކެޕްޓަން އޮފް ދަ އިޔަރ އެވޯޑާއި ސާފް ގައިޑް އޮފް ދަ އިޔަރގެ އެވޯޑާއި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ތިން މީހަކަށް ލިބިފައިވާއިރު ބާކީ 18 އެވޯޑު ލިބިފައި ވަނީ ޕްރައިވެޓް ކުންފުނިތަކަށެވެ.

މޯލްޑިވްސް ބޯޓިންގް އެވޯޑު މިދިޔަ އަހަރު ދީފައި ވަނީ، އޮންލައިން ވޯޓިންގެ 40 އިންސައްތަ އާއި ޖަޖުންގެ 60 އިންސައްތަ މާރކްސްއާ އެކުގައެވެ.

މީގެ އިތުރުން އެ ހަފްލާގެ ތެރެއިން މިދިޔަ އަހަރުގެ އެވޯޑް ހަފްލާގައި ސްޕޮންސަރުންނާއި އަދި ޕާޓްނަރުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް