24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

އިޑްރިސް އެލްބާ

2018 ވަނަ އަހަރުގެ 'ސެކްސިއެސްޓް މޭން އަލައިވް'އަށް އިޑްރިސް އެލްބާ!

  • 46 އަހަރުގެ އިޑްރިސްއަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ފިލްމީ ތަރިއެއް
އައިޝަތު ޝާނީ | Shaaknee

| 6 ނޮވެންބަރު 2018 | އަންގާރަ 11:48 | |

މަގުބޫލް

  1. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  2. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  3. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. ވިހަ ބަނގުރަލެއް ބޮއެގެން އައްސާމުގައި 50އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


އިޑްރިސް އެލްބާ -- ގޫގުލް

"ޕީޕަލް" މެގަޒިންއިން ކޮންމެ އަހަރަކު ހޮވާ "ސެކްސިއަސްޓް މޭން އަލައިވް"އަށް މި އަހަރު ހޮވިފައި ވަނީ މަޝްހޫރު ފިލްމީ ތަރި، އިޑްރިސް އެލްބާއެވެ.

މި އަހަރު އެ ލަގަބު ލިބުނު ފަރާތް ހޯމަ ދުވަހު އިއުލާން ކޮށްފައިވަނީ "ދަ ޓުނައިޓް ޝޯވ ސްޓާރިންގ ޖިމީ ފެލަން" މެދިވެރިކޮށެވެ.

ޝޯވގައި ސެޓެލައިޓް މެދުވެރިކޮށް ވާހަކަ ދައްކަމުން ޕީޕަލް މެގަޒިންއަށް ޝުކުރު އަދާ ކުރަމުން އިޑްރިސް ބުނީ، "އަހަރެންގެ މަންމަ ވަރަށް ފަހުރުވެރި ވާނެ"ކަމަށެވެ.

މިއީ 46 އަހަރުގެ އިނގިރޭސިވިލާތަށް ނިސްބަތްވާ އިޑްރިސްއަށް މި ލަގަބު ލިބިގެން ދިޔަ ފުރަތަމަ ފަހަރެވެ.

"ތޯރ"، "އެވެންޖަރސް"، "ދަ ޖަންގަލް ބުކް"، "ޕެސިފިކް ރިމް" އަދި "މަންޑޭލާ: ލޯންގް ވޯކް ޓު ފްރީޑަމް" ފަދަ ފިލްމްތަކުން ފެނިގެން ދިޔަ އިޑްރިސްއަށް މި ލަގަބު ލިބިފައި މިވަނީ އޭނާއަކީ "ޖޭމްސް ބޮންޑް"ގެ ރޯލުން ފެނިގެންދާނެ ހަތްވަނަ އެކްޓަރު ކަމަށް އަޑުތައް ފެތުރިފައިވަނިކޮށެވެ.

އެއްވެސް ފަރާތަކުން މިކަންތައް ޔަގީންކޮށް ދީފައެއް ނުވެއެވެ. ނަމަވެސް މިއީ ހަގީގަތަކަށް ވެއްޖެނަމަ، އިޑްރިސް ވެގެންދާނީ ބޮންޑްގެ ރޯލުން ފެނިގެންދާ ފުރަތަމަ ކަޅު ނަސްލުގެ އެކްޓަރަށެވެ.

1985 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ "ސެކްސިއަސްޓް މޭން އަލައިވް" މަގާމަށް ކުރިން ހޮވިފައިވާ ފަރާތްތަކުގެ ތެރޭގައި ރަޔަން ރެނޮލްޑްސް، ބްރޭޑްލީ ކޫޕަރ، ޗެނިންގ ޓޭޓަމް، ބްރެޑް ޕިޓް، ޖޯޖް ކްލޫނީ، ޑޭވިޑް ބެކަމް އަދި ކްރިސް ހެމްސްވޯތު ހިމެނެއެވެ. 2017 ވަނަ އަހަރު މި ލަގަބު ލިބިފައިވަނީ އެމެރިކާގެ މަޝްހޫރު ކަންޓްރީ މިއުޒިޝަން، ބްލޭކް ޝެލްޓަންއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް