11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ލޫލާގެ ކޮރަޕްޝަން

ލޫލާގެ މައްޗަށް ހުކުމް ކުރެއްވި ފަނޑިޔާރުގެ ވަކިއަތަކަށް ޖެހިވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރައްވައިފި

  • ލޫލާ ގެންދަވަނީ ކޮރަޕްޝަނުގެ ކުށުގައި 12 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން
އަބުދުﷲ މުހައްމަދު | 8Abbo

| 6 ނޮވެންބަރު 2018 | އަންގާރަ 11:45 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ލޫލާ ވަނީ 2003 އާއި 2010 ވަނަ އަހަރާއި ދެމެދު މަގުބޫލު ބޭފުޅެއްގެ ގޮތުގައި ދެ ދައުރު ފުރިހަމަ ކުރައްވާފަ -- އޭޕީ

ބްރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުުއްވި ފަނޑިޔާރު އެ މަނިކުފާނު ސިޔާސީގޮތުން ވަކިފަރާތަކަށް ބުރަވެ ހުންނެވިކަން ސާބިތުވެއްޖެ ކަމަށް ވިދާޅުވެ ލޫލާ މިނިވަން ކޮށްދިނުމަށް ގޮވާލައި ބްރެޒިލްގެ ހައިކޯޓަށް ހޯމަ ދުވަހު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ލޫލާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރެވުނު އިރު މައްސަލަ ބައްލަވަން އިންނެވި ފަނޑިޔާރު ސާޖިއޯ މޯރޯވަނީ ބްރެޒިލްގެ އިންތިޚާބީ ރައީސް ޖެއަރ ބޮލްސާނަރޯގެ ޖަސްޓިސް މިނިސްޓަރު ކަމަށް ގެނައުމަށް ނިންމަވާފައެވެ.

ބޮލްސާނަރޯ އިންތިޚާބު ކާމިޔާބު ކުރެއްވީ ބްރެޒިލްގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު ލޫލާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލުގައި ހުންނެވުމުން އިންތިޚާބުގައި ވާދަކުރެއްވުން ބްރެޒިލްގެ އިލެކްޓޯރަލް ކޯޓުން މަނާ ކުރެއްވުމާ އެކު ވޯކަރސް ޕާޓީން އިންތިޚާބަށް ނެރުއްވި ފެރްނާންޑޯ ހައްދާދްއާ ވާދަކުރައްވައިގެންނެވެ.

ކޮރަޕްޝަނުގެ ކުށުގައި 12 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންދާ ލޫލާ ހޯމަ ދުވަހު ހުށަހެޅުއްވި ޕެޓިޝަނުގައިވަނީ އޭނާގެ ހުކުމް ބަދަލުކޮށް މިނިވަން ކޮށްދިނުމަށެވެ.

ލޫލާގެ ވަކީލުން ޝަރީއަތުގެ މަޖިލީސްތަކުގައި އެ ޝަރީއަތަކީ އަސްނެތި އުފައްދާފައިވާ ދައުވާއެއްކަމަށް ބުނެ ފަނޑިޔާރު މޯރޯއާ ތަކުރާރުކޮށް ބަހުސް ކުރައްވާފައިވެއެވެ.

ދަގަނޑުގެ މަސައްކަތުގައި އުޅުއްވުމަށް ފަހު ޔޫނިއަން ލީޑަރަކަށް ވެވަޑައިގެން އޭގެ ފަހުން ވެރިކަމަށް ވަޑައިގެންފައިވާއިރު އެ މަނިކުފާނު ފާހަގަ ކުރެވިގެން ގޮސްފައި ވަނީ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ވާތު ފިޔައިގެ ލީޑަރެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ލީޑަރުގެ ގޮތުގައެވެ.

ލޫލާ ވަނީ 2003 އާއި 2010 ވަނަ އަހަރާއި ދެމެދު މަގުބޫލު ބޭފުޅެއްގެ ގޮތުގައި ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް