11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ވަން ޑައިރެކްޝަން

ހެރީ، ލުއިސް، ނައެލް އަދި ލިއަމްއާ މިހާރު ގުޅުމެއް ނެތް: ޒޭން މަލިކް

  • ވަން ޑައިރެކްޝަން ދުނިޔެއަށް ތައާރަފް ވެފައިވަނީ މަޝްހޫރު ޓީވީ ޝޯވް، "ދަ އެކްސް ފެކްޓަރ" އިން 2010 ވަނަ އަހަރު
އައިޝަތު ޝާނީ | Shaaknee

| 6 ނޮވެންބަރު 2018 | އަންގާރަ 10:41 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ވަން ޑައިރެކްޝަންގެ މެމްބަރުން -- ޝަޓާ ސްޓޮކް

ވަން ޑައިރެކްޝަންގެ މެމްބަރުންނާ މިހާރު ގުޅުމެއް ނެތް ކަމަށް ބޭންޑްގެ ކުރީގެ މެމްބަރު، ޒޭން މަލިކް ބުނެފިއެވެ.

"ބްރިޓިޝް ވޯގް" މަޖައްލާގެ ޑިސެމްބަރު މަހުގެ އެޑިޝަންއަށް ދީފައިވާ އިންޓަވިއުއެއްގައި ޒޭން ބުނީ އޭނާ 2015 ވަނަ އަހަރު ބޭންޑުން ވަކިވުމުގެ މާ ކުރިން ވެސް ބޭންޑްގެ މެމްބަރުންނާ- ހެރީ ސްޓައިލްސް، ނައެލް ހޯރަން، ލުއިސް ޓޮމްލިންސަން އަދި ލިއަމް ޕޭންއާ- އޮތް ގުޅުން ގޯސްވެފައިވާ ކަމަށެވެ.

އޭނާ ބޭންޑުން ވަކިވުމާ ގުޅިގެން ހިނގި ބައެއް ކަންތައްތަކުން ގުޅުން އިތުރަށް ގޯސްވި ކަމަށާއި "އެއީ ކަންތައް އޮތްގޮތް"ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ކަންތައް އެހެން ވާން ދިމާވި އެއް ސަބަބަކީ އޭނާގެ މިޒާޖުކަން ފާހަގަ ކުރަމުން ޒޭން ބުނީ، އޭނާއަކީ އެހާ މީހުންގެ ތެރޭގައި އުޅެން ބޭނުންނުވާ އެކަހެރި ކަމަށް ލޯބި ކުރާ މީހެއްކަމަށެވެ.

މަޝްހޫރު ޓީވީ ޝޯވް، "ދަ އެކްސް ފެކްޓަރ" އިން 2010 ވަނަ އަހަރު ތައާރަފްވި މި ބޭންޑަކީ ޓީނޭޖް އަންހެން ކުދިން ތެރޭގައި މަގްބޫލުކަން ހޯދާފައިވާ ބޭންޑެކެވެ. ބޭންޑް ތައާރަފްވި އިރު ފަސް މެމްބަރުންގެ އުމުރަކީ 17އާއި 19އާ ދެމެދެވެ.

2015 ވަނަ އަހަރު ޒޭން ބޭންޑުން ވަކިވެފައިވާއިރު، 2016 ވަނަ އަހަރު ބޭންޑްވަނީ "ބްރޭކް"އަކަށް ގޮސްފައެވެ.

މިހާރު ފަސް މެމްބަރުން ވެސް ފޯކަސް ކުރަމުންދަނީ އެމީހުންގެ ސޯލޯ ކެރިއަރއަށެވެ.

މަޝްހޫރު "ބޯއި ބޭންޑް"ތައް ރޫޅި، ވަކި ވަކި މެމްބަރުން އަމިއްލަ ކެރިއަރ ފެށުމަކީ އާ ކަމެއް ނޫނެވެ. އެ ގޮތުން ދުނިޔޭގެ މިއުޒިކް ލެޖެންޑެއް ކަމަށްވާ މައިކަލް ޖެކްސަންވެސް ފުރަތަމަ ކެރިއަރ ފަށާފައިވަނީ އާއިލީ ބޭންޑެއް ކަމަށްވާ "ދަ ޖެކްސަން ފައިވް"އިންނެވެ. ފަހުގެ ތާރީހަށް ބަލާނަމަ، ގިނަ ކާމިޔާބީތައް ހޯދާފައިވާ ޖަސްޓިން ޓިމްބަލޭކްވެސް ފުރަތަމަ ފެނިގެން ގޮސްފައިވަނީ 90ގައި މަޝްހޫރުކަން ހޯދާފައިވާ "އެންސިންކް"އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް