19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

މަހިންދަ ރާޖަޕަކްސަ

ރާޖަޕަކްސައަކީ ބޮޑުވަޒީރުކަމަށް ބަލައިގަތުމަށް ލަންކާ ޕާލަމެންޓްގެ ރައީސް ދެކޮޅު

  • ބޮޑުވަޒީރުކަމުން ރަނިލް ވަކިކުރެއްވުމަކީ ޤާނޫނުއަސާސީއާ ޚިލާފް ކަމެއް ކަަމަށް ކަރޫ ޖަޔަސޫރިޔާ ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 6 ނޮވެންބަރު 2018 | އަންގާރަ 02:40 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ -- ޑެއިލީ މިރޯ

މަހިންދަ ރާޖަޕަކްސައަކީ ސްރީ ލަންކާގެ ބޮޑުވަޒީރުކަމުގައި ބަލައިގަތުމަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އިންކާރު ކުރައްވައިފިއެވެ.
ހޯމަ ދުވަހު ކަރޫ ޖަޔަސޫރިޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޕާލަމެންޓްގެ ތެރެއަށް ގެނެވުނު ބަދަލަކީ ނުވަތަ ބޮޑުވަޒީރުކަމުން ރަނިލް ވަކިކުރެއްވުމަކީ ޤާނޫނުއަސާސީއާ ޚިލާފް އަދި ޒަމާނުއްސުރެ ސްރީ ލަންކާގައި އަމަލު ކުރަމުން އައި ގޮތާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ގިނަ މެމްބަރުން ދެކެވަޑައިގަންނަވާ ކަމަށެވެ.
 225މެމްބަރުން ހިމެނޭ ޕާލަމެންޓްގައި ބޮޑު ވަޒީރުކަމުން ވަކިކުރެވުނު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ 106 މެމްބަރުން ކުރިން ތިއްބެވި ނަމަވެސް، އޭގެ ތެރެއިން އަށް މެމްބަރުން މިހާރުވަނީ ޕާޓީން ވަކިވެވަޑައިގެން މަހިންދަ ރާޖަޕަކްސަ އެކުލަވާލައްވަމުން ގެންދަވާ ކެބިނެޓްގެ މަގާމުތައް ގަބޫލުފުޅު ކުރައްވާފައެވެ.
މަހިންދަ ރާޖަޕްސައާއި، ރައީސް ސިރިސޭނާގެ ކޯލިޝަން ކަމަށްވާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސަށް ކުރިން ލިބިފައިވަނީ 95 ގޮނޑި ނަމަވެސް، ޔޫޢެންޕީން އައި އަށް މެމްބަރުންނާއި އަދި ތަމަޅަ ޕާޓީއެއްގެ މެމްބަރަކުވެސް އެ އިއްތިހާދާ ގުޅިފައިވުމުން ރާޖަޕަކްސައާއި، ސިރިސޭނާގެ އިއްތިހާދަށް ލިބިފައިވަނީ ގޮނޑީގެ މިހާރުގެ ކަށަވަރު އަދަދަކީ 104 އެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕާލަމެންޓް ޖަލްސާތައް މިމަހުގެ 14 ވަނަ ދުވަހު ފަށާއިރު އެ އަދަދު އިތުރުވާނެއެވެ.
އަނެއްކޮޅުން، މަހިންދަ ރާޖަޕަކްސައަށް ތާއީދުކޮށް ކޮޅުނބުގެ މަގުތަކަށް ހޯމަދުވަހު އެތައްހާސް ބަޔަކު ނުކުމެ އަޑުއުފުލާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް