11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ފިލްމު \"ޒީރޯ\"

ފިލްމު 'ޒީރޯ'ގައި އަނުޝްކާގެ ރޯލް ކުޅެން ބޭނުންވެގެން ރުއިން: ކެޓްރީނާ

  • މި ފިލްމްގައި ޝާހް ފެނިގެންދާނީ ޑްވާފެއްގެ ގޮތުގައި
  • ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 21ގައި
ރިޒުނާ ޒަރީރު | RiznaZareer

| 5 ނޮވެންބަރު 2018 | ހޯމަ 23:22 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ކެޓްރީނާ އާއި އަނުޝްކާ: މީގެ ކުރިން ވަނީ ޖަބްތަކްހޭ ޖާން އިން އެކީގައި ފެނިގެން ގޮސްފައި -- ޓްވިޓަރ

މި އަހަރުގެ އެންމެ ބޮޑު އެއް ފިލްމް ކަމަށްވާ "ޒީރޯ"ގެ ޓްރެއިލާ މިހާރު ރިލީޒްކޮށްފައިވާއިރު، އެފިލްމުގައި އަނުޝްކާ ޝަރުމާގެ ރޯލް ކުޅެން ބޭނުންވެގެން ޑައިރެކްޓަރު ކައިރީގައި ރޮއި ހެދި ކަމަށް ކެޓްރީނާ ކައިފް ބުނެފިއެވެ.

ބެލުންތެރިންގެ މެދުގައި މަޤްބޫލުކަން ހޯދި "ޖަބްތަކް ހޭ ޖާން" އަށް ފަހުގައި މި ތިން ތަރިން އެކުގައި ފެނިގެންދާ "ޒީރޯ"ގައި ޝާހުރުކްގެ ނަމަކީ ބައުއާ ސިންގްއެވެ. އަދި އޭނާ މި ފިލްމްގައި ފެނިގެންދާނީ އާދަޔާ ޚިލާފަށް ކުރު މީހެއްގެ ރޯލުންނެވެ.

ކެޓްރީނާ ފެނިގެން ދަނީ ސުޕަރ ސްޓާރއެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ފެނިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ސައިންޓިސްޓެއްގެ ރޯލުންނެވެ.

ކެޓްރީނާ ބުނީ އޭނާއަށް ފިލްމުގެ ސްރިޕްޓް ލިބުމުން އެންމެ ފުރަތަމަ ވެސް ބޭނުންވީ އަނުޝްކާ ކުޅޭ ރޯލު ކުޅެން ކަމަށާއި އެރޯލު ކުޅެން ބޭނުންވެގެން ވަރަށް ރޮއި ހެދި ކަމަށެވެ.

މި ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރު ވެސް ބުނެފައި ވަނީ މިފިލްމު "ބްލޮކްބާސްޓަރ" އަކަށް ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ މިފިމްލުގެ ޓްރެއިލާއަށް ތައުރީފް ކޮށްފައެވެ.

އާނަންދް އެލް ރާއީ ޑައިރެކްޓް ކުރާ މި ފިލްމްގައި ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 21 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް