14 ޑިސެންބަރު 2018 | ހުކުރު | 06 މުލަ
07 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:59
އަސްރު 15:25
މެންދުރު 12:05
އިރުއަރާ 06:02
ފަތިސް 04:45

ޑިޓިއުން ބޭންޑް

ކެންސަރު ބައްޔާއި ހަނގުރާމަކުރާ ފަރާތްތަކަށް ތައްޔަރުކުރި 'އާފެށުން' ލަވަޔަށް ބޮޑު ތަރުހީބެއް!

  • މިވީޑިއޯ ލަވަ އާންމުކޮށްފައި މިވަނީ މިއަހަރުގެ ގާލާ ޑިނާގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 ނޮވެންބަރު 2018 | ހޯމަ 23:16 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  5. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  6. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  7. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
  8. ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓްގައި އެކެއްގެ ހާލު ސީރިއަސް!


ޑިޓިއުން ބޭންޑް -- ފޭސްބުކް

ކެންސަރުގެ ބައްޔާ ހަނގުރާމަ ކުރި ދިވެހި ހިތްވަރުގަދަ ތިން ޒުވާނަކު ފެނިގެން ދާ ލަވަ "އާފެށުން" ގެ ވީޑިއޯ އާންމު ކޮށްފިއެވެ.

ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް "ޑިޓިއުން" އިން މިދިޔަ އަހަރު ކެންސަ ސޮސައިޓީގެ ގާލާ ޑިނާގައި އާންމުކުރި "އާފެށުން" ލަވައިގެ ވީޑިއޯ ލަވަ އާންމުކޮށްފައި މިވަނީ މި އަހަރުގެ ގާލާ ޑިނާގައެވެ.

ކެންސަރާ ހަނގުރާމަކުރި މީހުންގެ ހަޔާތުގައި ކުރިމަތިލާންޖެހުނު އުނދަގޫތަކަށް އަލި އަޅުވާލާފައިވާ މި ލަވައަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް "ޑިޓިއުން" އިން މައުލޫމާތު ދެއެވެ.

މިލަވައިން ލިބޭ އާމްދާނީ ކެންސަރުގެ ބައްޔަށް ހޭލުންތެރިކުރާ ދިވެހި ޖަމިއްޔާ، ކެންސަރ ސޮސައިޓީއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެބޭންޑުން މައުލޫމާތު ދެއެވެ. އަދި ކެންސަރު ބަލީގެ ޝިކާރާއަކަށްވެފައިވާ މީހުންނަށް އާ ހިތްވަރެއް މިލަވައިން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

ޑިޓިއުން ބޭންޑުގެ "އާފެށުން" ލަވަ މިހާރު ލަވަފޮށި އެޕުން ވެސް އަޑުއަހާލެވޭނެއެވެ. އަދި ޔޫޓިއުބް މެދުވެރިކޮށް ވީޑިއޯ ލަވަ ބަލާ ވެސް ލެވޭނެއެވެ.

މި ލަވަ ރިލީޒްކުރި ދުވަހު ލަވަ ފޮށީގެ ފަރާތުން ޑޮނޭޝަންގެ ގޮތުގައި 10،000ރ. ހަދިޔާ ކޮށްފައިވާ ކަމަށާއި މީގެ އިތުރުން ސީއެސްއެމް ފިންކް ރަން އަދި ދިރާގު ރޯޑް ރޭހުން ވެސް ފައިސާ ޑޮނޭޓް ކޮށްފައިވާ ކަމަށް ޑިޓިއުން ބޭންޑުން މައުލޫމާތު ދެއެވެ. އެކަމަށްޓަކައި ޑިޓިއުން އިން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް