24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

އިރާން - އެމެރިކާ

އިރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް ތެޔޮ ވިއްކާނަން: ރޫހާނީ

  • އެމެރިކާއިން އެއްބަސްވުމުން ވަކިވީ މެއި މަހު
އަބުދުﷲ މުހައްމަދު | 8Abbo

| 5 ނޮވެންބަރު 2018 | ހޯމަ 19:52 | |

މަގުބޫލް

  1. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  2. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  3. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. ވިހަ ބަނގުރަލެއް ބޮއެގެން އައްސާމުގައި 50އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


އީރާނުގައިދަނީ އެމެރިކާއާ ދެކޮޅަށް ނުރުހުން ފާޅުކުރަމުން -- އޭޕީ

އީރާނާ އެކު ދުނިޔޭގެ ބާރުތަކުން 2015 ވަނަ އަހަަރު ވީ އެއްބަސްވުމަށް ފަހު އުވާލި ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އަލުން އިއާދަކުރި ނަމަވެސް އީރާނުން ތެޔޮ ވިއްްކުން ހުއްޓާ ނުލާނެކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

މިފަހަރުގެ  ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އިރާނުގެ ހަކަތަ އާއި، ޝިޕިންގ އަދި ބޭންކިންގ ދާއިރާއަށެވެ.

ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެެމެރިކާ އާއި، ރަޝިއާ އާއި، ޗައިނާ އާއި، ފްރާންސާއި، އިނގިރޭސިވިލާތާއި، ޖަރުމަނު ވިިލާތުން، އީރާނާ އެކު، ވި ނިއުކްލިއަރ އެއްބަސްވުން ގާއިމް ކުރީ 2015 ވަނަ އަހަރުއެވެ.

މި އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއަރ ހަރަކާތްތައް މަދުކުރުމަށް އެއްބަސްވެފައެވެ. އަދި އޭގެ ބަދަލުގައި އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމަށް ދުނިޔޭގެ ބާރުތަކުން ވަނީ އެއްބަސްވެފައެވެ.

އެމެރިކާ ވަނީ މެއި މަހުގެ ތެރޭގައި ނިއުކްލިއަރ އެއްބަސްވުމުން ވަކިވެ އީރާނަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އޯގަސްޓް މަހުގެ ކުރީކޮޅު އިޔާދަކޮށްފައެވެ.

އީރާނުގެ ރައީސް ރޫހާނީ ހޯމަ ދުވަހު އިގްތިސާދީ މާހިރުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމެރިކާއިން ބޭނުންވަނީ އީރާނުގެ ތެލުގެ ވިޔަފާރި އެއްކޮށް ހުއްޓުވާލަންކަމަށާއި ނަމަވެސް އީރާނުން ތެޔޮވިއްކުން ހުއްޓާނުލައި ކުރިޔަށް ގެންދާނެކަމަށެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބްރަހަމް ޤަސެމީ ދައުލަތުގެ ޓީވީގައި ވިދާޅުވީ އަލަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ނަފްސާނީގޮތުން ކުރާ ހަނގުރާމައެއްކަމަށެވެ.

މެއި މަހުގެ ތެރޭގައި ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު އެ ގައުމުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އިއާދަ ކުރަމުންދާއިރު މި ފަހަރުގެ ފިޔަވަޅަކީ އީރާނުގެ އިގްތިސާދަށް އަމާޒުކުރެވިގެން އަޅާފައިވާ ފިޔަވަޅަކަށް ވުމުން މިއީ އެންމެ މުހިއްމު ފިޔަވަޅު ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް