15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ހޮލީވުޑް

2018 ވަނަ އަހަރުގެ ހޮލީވުޑް ފިލްމް އެވޯރޑްސް ހަފްލާ ބާއްވައިފި

  • މި އެވޯރޑް ހަފްލާ ބާއްވާ މިއީ 22 ވަނަ އަހަރު
  • އެވޯރޑް ހަފްލާ ހުށަހަޅާފައިވަނީ ކްރޭޒީ ރިޗް އޭޝިއަންގެ ތަރި އޯކްވާފިނާ
ހައްވާ މުހައްމަދު | @hawwimd

| 5 ނޮވެންބަރު 2018 | ހޯމަ 12:13 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު


މި ޝޯ ހުށަހަޅާދީފައިވަނީ ކްރޭޒީ ރިޗް އޭޝިއަންގެ ބަތަލާ އޯކްވާފިނާ -- ގޫގުލް

2018 ވަނަ އަހަރުގެ ހޮލީވުޑް ފިލްމް އެވޯރޑްސް ހަފްލާ ބާއްވައިފިއެވެ. މި ހަފްލާ ބާއްވާފައި ވަނީ ބެވެލީ ހިލްސްގެ ބެވެލީ ހިލްޓަން ހޮޓަލުގައެވެ.

މިއީ މި އެވޯރޑް ހަފްލާ ބާއްވާ 22 ވަނަ އަހަރެވެ. މި އެވޯރޑް ހަފްލާ ހުށަހަޅާފައި ވަނީ ކްރޭޒީ ރިޗް އޭޝިއަންގެ ތަރި އޯކްވާފިނާއެވެ. ޝޯ ހުށަހެޅުމުގައި އޯކްވާފިނާ އާއި އެކު ދެން ބައިވެރިވެފައިވަނީ ޖޭމްސް ކޯރޑަންއެވެ. މިއީ އޭނާ މި ޝޯ ހުށަހަޅާދޭ ތިންވަނަ އަހަރުއެވެ.

ކްރޭޒީ ރިޗް އޭޝިއަންގެ ތަރި އޯކްވާފިނާ

މި އަހަރުގެ ހޮލީވުޑް ފިލްމް އެވޯރޑްސް ގައިވެސް ފާއިތުވެދިޔަ އަހަރު ފާހަގަ ކޮށްލެވުނު ފިލްމްތަކާއި މޮޅު ހުނަރު ދައްކުވައިދީފައިވާ ތަރިންނަށް އެވޯރޑް ދީފައިވާއިރު، ދާއިރާއަށް އަލަށް ނިކުމެފައިވާ ތަރިން ދައްކުވައިދީފައިވާ ހުނަރު ފާހަގަކޮށް އެވޯރޑް ހަފްލާގައި އެވޯރޑްދީފައިވާ ކަމަށް "އެޗްއެފްއޭ" ގެ އޮފިޝަލް ސައިޓުގައި ވަނީ ބުނެފައެވެ

.އެގޮތުން އަލަށް ފިލްމީ ދާއިރާއަށް ނިކުމެ  ފިލްމްތަކުގައި ދައްކުވައިދީފައިވާ މޮޅު ހުނަރު ފާހަގަކޮށް ހިއުގް ޖެކްމޭން، ގްލެން ކްލޯސް، ޖެމިއަން ޗަޒެއްލޭ އަދި އަމަންޑްލާ ސްޓެންބާރޖް  އެވޯރޑް ހަފްލާގައި ވަނީ އެވޯރޑް ދީފައެވެ.

އެވޯރޑް ހަފްލާގައި އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އެޗީވްމަންޓް އެވޯރޑް މި ފަހަރު އުފުލާފައިވަނީ ފިލްމް "ބިގް ލިޓްލް ލައިސް" އިން ދައްކުވައިދިން މޮޅު ހުނަރުން ނިކޯލް ކިޑްމަންއެވެ. "ބިގް ލިޓްލް ލައިސް" ގެ އިތުރުން ނިކޯލް ކިޑްމަންގެ ފާހަގަ ކޮށްލެވުނު ފިލްމްތަކަކީ "އަކޮއަމޭން" އަދި "ގޯލްޑްފިންޗް" އެވެ. އެ ފިލްމްތަކުގައި ނިކޯލް ކިޑްމަން ވަނީ ހުނަރުވެރި މޮޅު އެކްޓިންއެއް ދައްކާފައެވެ.

އެޗީވްމަންޓް އެވޯރޑް ހޯދާފައިވާ ބަތަލާ ނިކޯލް ކިޑްމަން

ހޮލީވުޑް ސަޕޯރޓިން އެކްޓަރ އެވޯރޑް "ބިއުޓިފުލް ބޯއި" އިން ޓިމޮޓީ ޗަލަމެޓް ހޯދާފައިވާއިރު، ހޮލީވުޑް ބްރޭކްއައުޓް އެސެމްބްލް އެވޮރޑް ހޯދާފައިވަނީ މަޝްހޫރު ފިލްމް "ކްރޭޒީ ރިޗް އޭޝިއަންސް"އެވެ. ހޮލީވުޑް ބްރޭކް އައުޓް ޕާރފޯމެންސް އެކްޓްރެސް އެވޯރޑް ހޯދާފައިވަނީ އަމަންޑްލާ ސްޓެންބާރގް އިން " ދަ ހޭޓް ޔޫ ގިވް" އެވެ. ހޮލީވުޑް ބްރޭކް އައުޓް ޕާރފޯމެންސް އެކްޓަރ އެވޯޑް ހޯދާފައިވަނީ ޖޯން ޑޭވިޑް ވޮޝިންޓަން އެވެ. ނިއު ހޮލީވުޑް އެވޯރޑް ޔަލިޓްޒާ އަޕާރިސިއޯ ފިލްމް "ރޯމާ" އިން ހޯދާފައިވާއިރު، ހޮލީވުޑް އެކްޓްރެސް އެވޯރޑް ގްލެން ކްލޯސް ހޯދާފައިވަނީ ފިލްމް "ދަ ވައިފް" އިންނެވެ. ހޮލީވުޑް އެކްޓަރ އެވޯރޑް "ދަ ފްރަންޓް ރަނަރ އިން ހޯދާފައިވަނީ ހަގް ޖެކްމޭން އެވެ.

ކްރޭޒީ އޭޝިޔަންގެ ތަރި ހެރީ ޝުމް، އެވޯޑް ހަފްލާގައި ހެވިފައި

މޮޅު ޑައިރެކްޓަރެއްގެ އެވޯޑް ހޯދާފައިވަނީ "ފަސްޓް މޭން" ފިލްމްއިން ޑެމިއަން ޗަޒެއްލޭއެވެ.  ހޮލީވުޑް ސްކްރީން ރައިޓަރ އެވޯޑް "ގްރީންބުކް" އިން ޕީޓަރ ފަރެއްލީ، ނިކް ވައްލެލޯންގާ އަދި ބްރިއަން ހައެސް ކަރީ ވަނީ ހޯދާފައެވެ. ހޮލީވުޑް އެސެމްބްލް އެވޯރޑް ލިބިފައިވަނީ "ގްރީން ބުކް" އަށެވެ. ހޮލީވުޑް ޑޮކިއުމެންޓްރީ އެވޯރޑް ހޯދާފައިވަނީ މަޝްހޫރު ޑޮކިއުމެންޓްރީ ފިލްމް "ބިލީވާރ" އެވެ. ހޮލީވުޑް ފިލްމް އެވޯޑް "ބްލެކް ޕެންތަރ" ހޯދާފައިވާއިރު  ހޮލީވުޑް އެނިމޭޝަން އެވޯރޑް ހޯދާފައިވަނީ "އިންކްރެޑިބަލް 2 " އެވެ.

ހޮލީވުޑް ސިނަމެޓޮގްރަފީ އެވޯރޑް ހޯދާފައިވަނީ ފިމްލް "އަ ސްޓަރ އިޒް ބޯރން" އިން މެތިއު ލިބަޓިކިއު އެވެ. ހޮލީވުޑް ފިލްމް ކޮމްޕޯޒަރ އެވޯރޑް ފިލްމް "ފަސްޓް މޭން" އިން ޖަސްޓިން ހަރވިޓްޒް ހޯދާފައިވާއިރު،ހޮލީވުޑް އެކްޓަރގެ އެވޯޑް ހޯދާފައިވަނީ ފިލްމް "ފަސްޓް މޭން" އިން ޓޮމް ކޮރްސް އެވެ. ހޮލީވުޑް ވިޝުއަލް އިފެކްޓްސް ހޯދާފައިވަނީ ފިލްމް "އިންފިނިޓީ ވޯރ" އިން ޑޭން ޑިލީއު، ކެލީ ޕޯރޓް،ރަސަލް އާރލް، ޑޭން ސުޑިކް އެވެ.ހޮލީވުޑް ޕްރޮޑަކްޝަން ޑިޒައިން އެވޯރޑް ހޯދާފައިވަނީ ފިލްމް "ބްލެކް ޕެންތަރ" އިން ހަނާ ބީޗްލަރ ހޯދާފައިވާއިރު، ހޮލީވުޑް ސައުންޑް އެވޯރޑް ފިލްމް " އަ ކުއައިޓް ޕްލޭސް" އިން އެރިކް އާދަލް، އީތަން ވޭން ޑަރ ރައިން އަދި ބްރޭންޑަން ޕްރޮކްޓަރ ވަނީ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް