25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:18
މަޣްރިބް 18:18
އިޝާ 19:29

ލުއިސް ސުއަރޭޒް

ސުއަރޭޒް އަށް ފަސް އަހަރުގެ އެއްބަސްވުމެއް ހައްގު: ބާސާގެ ކުރީގެ ރައީސް

  • ސުއަރޭޒް ބާސާ އަށް ބަދަލުވީ 2014 ވަނަ އަހަރު
ލީވާން އަލީ | MrLeevaan

| 5 ނޮވެންބަރު 2018 | ހޯމަ 11:21 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ބާސާ އަށް ކުލެމުން އަންނަ ލުއިސް ސުއަރޭޒް -- ގެޓީ އިމޭޖާސް

ބާސެލޯނާ އަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އަށް އިތުރު ފަސް އަހަރުގެ އެއްބަސްވުމެއް ހައްގު ކަމަށް އެ ކްލަބުގެ ކުރީގެ ރައީސް ޖޯއާން ގަސްޕާޓް ވިދާޅުވެއްޖެއެވެ.

ލިއޮނެލް މެސީ ބާސާ އަށް ގެނައުމުގައި އެހީތެރިވެދެއްވި ގަސްޕާޓް ގޯލްޑޮޓްކޮމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސުއަރޭޒް އަކީ ވަރަށް ތަފާތު ކުޅުންތެރިޔެއް ކަމަށާއި، ރައީސަކަށް ހުންނެވި ނަމަ ސުއަރޭޒް އަށް ފަސް އަހަރުގެ އާ އެއްބަސްވުމެއް ހުށަހަޅާނެ ކަމަށެވެ.

ގަސްޕާޓް ވިދާޅުވީ، އުމުރުން 31 އަހަރުގެ ސުއަރޭޒް ނުކުޅެން ނިންމިޔަސް އެއީ މައްސަލައެއް ނޫން ކަމަށާއި، އެހެން ނަމަވެސް އާ އެއްބަސްވުމެއް ހުށަހެޅުމަކީ ބުއްދިވެރިކަމެއް ކަމުގައި ދެކޭ ކަމަށެވެ.

މީގެކުރިން ލިވަޕޫލް އަދި އަޔަކްސް އަށް ވެސް ކުޅެފައިވާ ސުއަރޭޒް ބާސާ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް މި ސީޒަނުގައި މިހާތަނަށް ކުޅުނު 15 މެޗުގައި ނުވަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މިހާތަނަށް ބާސާ އަށް ޖުމްލަ ކުޅުނު 213 މެޗުގައި 161 ލަނޑު ކާމިޔާބު ކޮށްފައިވާ ސުއަރޭޒް ވަނީ އެ ކްލަބާއެކު ލަލީގާ ތިން ފަހަރު، ކޮޕާޑެލްރޭ ހަތަރު ފަހަރު، ސްޕެނިޝް ސުޕާ ކަޕް ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު، ޔުއެފާ ސުޕާ ކަޕް އެއް ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

އުރުގުއޭއާއެކު 2011 ވަނަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކުރި ސުއަރޭޒް ވަނީ ގައުމީ ޓީމަށް ކުޅުނު 104 މެޗުގައި 55 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް