24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:38
މެންދުރު 12:23
އިރުއަރާ 06:17
ފަތިސް 05:05

އެމެރިކާ - މެކްސިކޯ

އެމެރިކާއަށް އެތެރެވުމަށް ދަތުރުކުރާ ރެފިއުޖީން ގެ ފުރަތަމަ ގާފިލާ މެކްސިކޯއަށް ވަދެފި

  • ފުރަތަމަ ގާފިލާގައި ގާތްގަނޑަކަށް 450 އެއްހާ މީހުން ހިމެނޭ
އަބުދުﷲ މުހައްމަދު | 8Abbo

| 5 ނޮވެންބަރު 2018 | ހޯމަ 10:53 | |

މަގުބޫލް

  1. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  2. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  3. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. ވިހަ ބަނގުރަލެއް ބޮއެގެން އައްސާމުގައި 50އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ރެފިއުޖީންނަށްވަނީ ސްޓޭޑިއަމްތަކުން ބޯހިޔާވަހިކަން ދީފައި -- އީޕީއޭ

އެމެރިކާއަށް އެތެރެވުމަށް ފައި މަގުގައި ދަތުރު ކުރަމުންދާ މެދުތެރޭ އެމެރިކާ ސަރަހައްދުގެ ޤައުމުތަކުގެ އެތައް ހާސް ރެފިއުޖީން ހިމެނޭ ޤާފިލާތަކުގެ ތެރެއިން ފުރަތަމަ ގާފިލާ މެކްސިކޯގެ ވެރިރަށް މެކްސިކޯއަށް ހިނގައްޖެއެވެ.

ގާތް ގަނޑަކަށް 450 އެއްހާ މީހުން ހިމެނޭ މި ގާފިލާގައި ގިނައީ ފިރިހެނުންނާއި ފިރިހެން ކުދިންނެެވެ. އެ މީހުންނަށް ވަނީ ސްޓޭޑިއަމްތަކުން ބޯހިޔާވަހިކަން ދީފައެވެ.

ކެރަވާންގެ ނަންދީފައިވާ މި ގާފިލާ އަކީ މީގެ ހަފްތާތަކެއް ކުރިން ހޮންޑިއުރަސްއިން ދަތުރުފެށި ގާފިލާއެކެވެ.

މިހާރު ގާފިލާގެ މެމްބަރުންގެ އަދަދު 5،000 އާ ގާތްކުރެއެވެ.

އެމެރިކާގެ ރައީސް ވަނީ އެގައުމަށް ރެފިއުޖީން އެތެރެވުން ހުއްޓުވުމަށް ސަރަހައްދީ ރޮނގުގެ ކައިރިއަށް ސިފައިން ފޮނުވާނެ ކަަމަށް ވިދާޅުވެފައެވެ.

ރެފިއުޖީންގެ  ޤާފިލާ ހުއްޓުވުމަށް އެމެރިކާއާއި މެކްސިކޯ ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އެމެރިކާގެ 5،200 ސިފައިން ފޮނުވުމަށް އެ ގައުމުން ވަނީ ނިންމާފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްްޕް ކުރިން ވިދާޅުވެފައި ވަނީ އެ ގައުމު ހިފަން އަންނަ ހިޖުރަވެރިންނާއި އެމެރިކާގެ ސިފައިން ބައްދަލުކުރާނެ ކަމަށާއި އެ މީހުން ތިބީ ތައްޔާރަށް ކަމަށެވެ.

އެމެރިކާގެ މިޑްޓަރމް އިންތިޚާބު އަންގާރަ ދުވަހު ބާއްވާއިރު މައި ދެ ޕާޓީން ވެސް ދަނީ ރެފިއުޖީންގެ މައްސަލަ ސިިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ ކަމަށް އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތު ކުރަމުންނެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް