16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ސަންޖޭ ލީލާ ބަންސާލީ

ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ޝާހް އާއި ސަލްމާން އެކީގައި

  • ފިލްމުގެ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓްގެ މަސައްކަތް ދަނީ ކުރަމުން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 5 ނޮވެންބަރު 2018 | ހޯމަ 09:37 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ޝާހް (ކ) އަދި ސަލްމާން -- ގޫގުލް

ކާމިޔާބު ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ފެނިގެންދާނީ ބޮލީވުޑްގެ ދެ ސްޓާރުން ކަމަށްވާ ސަލްމާން ޚާނާއި ޝާހުރުކް ޚާން ކަމަށް ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ބަންސާލީގެ ކުރިއަށް އޮތް ފިލްމާއި ބެހޭގޮތުން އެކިވާހަތައް ދަނީ ދެކެވެމުންނެވެ. ޕަދްމަވަތީގެ ކާމިޔާބީއަށް ފަހު ބަންސާލީގެ ކުރިއަށް އޮތް ފިލްމަކީ "އިންޝާﷲ" ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ބުނެފައެވެ. އަދި ބައެއް މީޑިއާތަކުގައި ވަނީ ބަންސާލީގެ ކުރިއަށް އޮތް ފިލްމަކީ "ހީރާ މާންދީ" ކިޔާ ފިލްމެއް ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ބަންސާލީ އޭނާގެ ކުރިއަށް އޮތް ފިލްމާއި ބެހޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ.

ދާދިފަހުން ސަލްމާން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ ބަންސާލީގެ ފިލްމަކުން ފެނިގެން ދާނެ ކަމަށާއި އޭނާ ވަނީ އެ ފިލްމަށް ސޮއި ކޮށްފައި ކަމަށެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ސަލްމާން ސޮއި ކުރި ބަންސާލީގެ ފިލްމުން ފެނިގެންދާނީ އޭނާއާއި އެކު ޝާހުރުކް ޚާނެވެ. 

އެ ފިލްމުގެ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓްގެ މަސައްކަތް ބަންސާލީ ކުރަމުން ދާކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެމަސައްކަތަށް ގާތްގަނޑަކަށް 9 މަސް ދުވަސް ނަގާނެ ކަމަށާއި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މެދުތެރޭގައި ފެށޭވަރު ވާނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ސަލްމާނާއި ޝާހުރުކް އަކީ ވަރަށް ގާތް ދެ ރައްޓެހިންނެވެ. ދެމީހުން އެކީގައި ބަންސާލީގެ ފިލްމަކުން ބެލުމަށް ފޭނުންތިބީ ކެތް މަދު ވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް