24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

ބަހްރެއިން ސިޔާސީ ހަމަނުޖެހުން

ބަހްރެއިންގެ އިދިކޮޅު ލީޑަރު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

  • ދައުވާ ކުރީ ގަތަރާ ގުޅުން ކަނޑާލި ފަހުން
އަބުދުﷲ މުހައްމަދު | 8Abbo

| 5 ނޮވެންބަރު 2018 | ހޯމަ 09:21 | |

މަގުބޫލް

  1. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  2. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  3. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. ވިހަ ބަނގުރަލެއް ބޮއެގެން އައްސާމުގައި 50އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ޝެއިޚް ސަލްމާން 2015 ން ފެށިގެން ހުންނެވީ ޖަލުގައި -- އޭއެފްޕީ

ޤަތަރަށް ޖާސޫސް ކޮށްދިންކަމަށް ސާބިތުވެ ބަހްރެއިންގެ އިދިކޮޅު ލީޑަރު ޝެއިޚް އަލީ ސަލްމާން އުމުރަށް ޖަލަށް ލުމަށް އިސްތިއުނާފީ ކޯޓުން ހުކުމް ކޮށްފިއެވެ.

އިސްތިއުނާފު ކޯޓުން މި ހުކުމް އައިސްފައި މިވަނީ ބަހްރެއިންގެ ހައި ކޯޓުގެ ފުރަތަމަ މަރުހަލާގައި، ވާދަވެރި ދައުލަތަކާއި ގުޅުންތަކެއް ބޭއްވިކަމަށް ބުނެ ސަލްމާންގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާކަމަށް ނިންމާފައިވަނިކޮށެވެ.

2017 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ސައުދީ އަރަބިއްޔާއިން ގަތަރާ ގުޅުންކަނޑާލުމާއެކު ބަހްރެއިނުންވެސް ވަނީ ގުޅުން ކަނޑާލާފައެވެ.

ބަހްރެއިންގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކުރަމުންދާ ދައުވާތަކުގެ ތެރެއިން ސަލްމާންގެ މައްޗަށް އައި ހުކުމާއެކު އެމްނެސްޓީ އިންޓަނޭޝަލްއިން މިކަން ސިފަކޮށްފައި ވަނީ މިއީ އިންސާފުގެ ނަމުގައި ހިންގާފައިވާ ޗަރުކޭހެއްގެ ގޮތުގައެވެ.

އެމްނެސްޓީގެ މެދުއިރުމަތީ އަދި އުތުރު އެފްރިކާގެ ޑިރެކްޓަރ ހިބާ މޮރައެފް ވިދާޅުވީ މި ހުކުމުން ދައްކުވައި ދެނީ ސަރުކާރާ ދެކޮޅު ކޮންމެ މީހެއްގެ އަނގަ ބަންދުކުރުމަށް ގާނޫނާ ޚިލާފަށް ކުރާ މަސައްކަތް ކަމަށެވެ.

ސުލްހަވެރިކަމާއެކު ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކޮށްގެން އެކަހެރިކޮށް ބަންދުކުރެވިފައިވާ ޝެއިޚް އަލީ ސަލްމާން އަކީ ޟަމީރުގެ ގައިދީއެއް ކަމަށް އެމްނެސްޓީންވަނީ ކަނޑައަޅާފައެވެ.

އަލީ ސަލްމާންގެ މައްޗަށް ވަނީ، މިހާރު ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ އަލް ވިފާޤް ހަރަކާތުގެ އިސް ލީޑަރުގެ ގޮތުގައި ހުންނަވައި ޤަތަރާއި ގުޅިގެން 2011 ވަނަ އަހަރު ސަރުކާރާ ދެކޮޅު ހަރަކާތްތަކެއް ހިންގިކަމުގެ ތުހުމަތު ކޮށްފައެވެ. އޭނާއާއިއެކު އިދިކޮޅު އެހެން ލީޑަރުން ކަމަށްވާ ހަސަން ސުލްތާންއާއި އަލީ އަސްވާދްގެ މައްޗަށްވެސް ވަނީ އެ ތުހުމަތުތައް ކޮށްފައެވެ.

 އެމީހުންގެ މައްޗަށްވެސްވަނީ އުމުރު ދުވަހުގެ ޖަލުހުކުމް އިއްވާފައެވެ.

 ބަހްރެއިންގެ ޕަބްލިކް ޕްރޮސިކިއުޓަރ ވިދާޅުވީ އެ ތިން މީހުން ޖަލަށްލާފައި ވަނީ ޤަތަރުގެ އޮފިޝަލުންނާއި ވާހަކަދައްކައިގެން ބަހްރެއިނާ ދެކޮޅަށް ރުޅިވެރިކަމުގެ ހަރަކާތްތައް ހިންގާފައިވާ ކަމަށެވެ.

ހަތް އަހަރު ކުރީގެ މި މައްސަލަތައް ކުއްލިއަކަށް އަައިސްފައިވަނީ ސައުދީ އަރަބިއާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި،މިސްރާއި، ބަހްރެއިނުން ޤަތަރާ ގުޅުން ކަނޑާލުމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް