16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
ފަތިސް 05:01
އިރުއަރާ 06:16
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

އިޓާލިއަން ލީގު

އިޓާލިއަން ލީގު: ފަހުވަގުތު އުދިނޭޒީ ބަލިކޮށް އޭސީ މިލާން ހަތަރުވަނަ އަށް

  • އުދިނޭޒީގެ މައްޗަށް މިލާން ކުރިހޯދީ 0-1 ގެ ނަތީޖާއަކުން
  • މިލާން ދެވަނައިގައި އޮތީ 11 މެޗުން 21 ޕޮއިންޓާއެކު
  • އުދިނޭޒީ އޮތީ ލިބުނު ނުވަ ޕޮއިންޓާއެކު 17 ވަނައިގައި
ލީވާން އަލީ | MrLeevaan

| 5 ނޮވެންބަރު 2018 | ހޯމަ 08:35 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  8. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ


އޭސީ މިލާން ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ -- ޓްވިޓަރ

އިޓާލިއަން ލީގުގައި ފަހުވަގުތު އުދިނޭޒީ ބަލިކޮށް އޭސީ މިލާން ޕޮއިންޓް ތާވަލުގެ ހަތަރުވަނަ އަށް ޖެހިލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އުދިނޭޒީއާ ވާދަކޮށް މިލާނުން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

އުދިނޭޒީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން މިލާނުން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އުދިނޭޒީގެ ހާފަށް ބާރު ބޮޑުކޮށް ހަމަލާތަކެއްވެސް އެޓީމުން އުފެއްދިއެވެ.

އެގޮތުން މިލާންގެ ސުސޯ އާއި ގޮންޒާލޯ ހިގުއެން އުފެއްދި ހަމަލާތައް ފާހަގަ ކޮށްލެވެއެވެ. އެހެން ނަމަވެސް ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ނުލިބެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް މިލާނުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، ލަނޑު ޖެހުމަށް ވެސް އެޓީމުން ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގައި އުދިނޭޒީގެ ނުޓިންކް އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދެއްކުމަށް ފަހު ދަނޑުން ފޮނުވާލާފައެވެ. އޭގެ ފައިދާ ނަގާ އިތުރު ވަގުތުގައި މިލާނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ސުސޯގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮމަގްނޮލީއެވެ.

މި ނަތީޖާއާއެކު މިލާން ވަނީ ކުޅުނު 11 މެޗުން 21 ޕޮއިންޓް ހޯދާ ޕޮއިންޓް ތާވަލުގެ ހަތަރުވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި އުދިނޭޒީ އޮތީ ކުޅުނު 11 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 17 ވަނައިގައެވެ.

ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 11 މެޗުން 31 ޕޮއިންޓް ހަމަކޮށްގެން އޮތީ ޔުވަންޓަސް އެވެ. ދެވަނައިގައި 11 މެޗުން 25 ޕޮއިންޓް ހޯދައިގެން އިންޓަ މިލާން އޮތްއިރު، އިންޓައާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ ނަޕޯލީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް