25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:18
މަޣްރިބް 18:18
އިޝާ 19:29

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ސިޓީ އެއްވަނަ އަށް ޖެހިލިއިރު، ޗެލްސީ ދެވަނަ އަށް

  • ސިޓީ އެއްވަނައިގައި އޮތީ 29 ޕޮއިންޓާއެކު
  • ޗެލްސީ ދެވަނައިގައި އޮތީ 27 ޕޮއިންޓާއެކު
ލީވާން އަލީ | MrLeevaan

| 5 ނޮވެންބަރު 2018 | ހޯމަ 08:10 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ -- ޓްވިޓަރ

ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލިއިރު، ޗެލްސީ ދެވަނަ އަށް ޖެހިލައިފިއެވެ.

އާދީއްތަ ދުވަހު ކުޅުނު މެޗުން ސިޓީ މޮޅުވީ ސައުތްހެމްޕްޓަންއާ ވާދަކޮށް 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ސައުތްހެމްޕްޓަންގެ ހޮއެޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑަށްފަހު ވެސް ސިޓީން ދިޔައީ ސައުތްހެމްޕްޓަންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

އެގޮތުން 12 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ. އޭގެ ހަ މިނެޓު ފަހުން ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ޑޭވިޑް ސިލްވާއެވެ.

ސައުތްހެމްޕްޓަނުން ނަތީޖާގެ ފަރަގު ކުޑަކުރީ 30 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އިންގްސްއެވެ. ސިޓީގެ ހަތަރުވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ރަހީމް ސްޓާލިންއެވެ.

ފުރަތަމަ ހާފް ނިމުނީ 1-4 ގެ ނަތީޖާއަކުން ސައުތްހެމްޕްޓަންގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ސިޓީގެ ފަސްވަނަ ލަނޑު 67 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސްޓާލިންއެވެ. މި ލަނޑަށްފަހު ވެސް ސިޓީން ދިޔައީ ރަނގަޅަށް ކުޅެމުންނެވެ.

ސިޓީގެ ހަވަނަ ލަނޑު އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކުރިއިރު، މި ލަނޑު ޖެހީ ރަހީމް ސްޓާލިންގެ އެހީތެރިކަމާއެކު ލީރޯއި ސާނޭއެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 11 މެޗުން ލިބުނު 29 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ސައުތްހެމްޕްޓަން އޮތީ ކުޅުނު 11 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ.  

އާދީއްތަ ދުވަހު ކުޅުނު މެޗުން ޗެލްސީ މޮޅުވީ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ކޮޅު ލަނޑު ޖެހުމަށް ވެސް ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މި ލަނޑު 32 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލްވަރާ މޮރާޓާއެވެ. މި ލަނޑަށް ފަހު ވެސް ޗެލްސީ އަށް ވަނީ ލީޑު ފުޅާ ކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ މޮރާޓާގެ ލަނޑުން ޕެލަސްގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޕެލަސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 53 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޓައުން ސެންޑްއެވެ.

އެހެންނަމަވެސް 65 ވަނަ މިނެޓުގައި ޗެލްސީން ވަނީ މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މޮރާޓާއެވެ. އޭގެ ފަސް މިނެޓު ފަހުން ޗެލްސީ އަށް ލީޑު ފުޅާކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒްއެވެ.

މި ލަނޑުތަކަށްފަހު ވެސް ޗެލްސީ އަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން މޮރާޓާ އާއި ޕެޑްރޯ އަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 11 މެޗުން ލިބުނު 27 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ޕެލަސް އޮތީ ކުޅުނު 11 މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް