11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ޖަމާޅް ޚަޝޯގީ

ޚަޝޯގީގެ ހަށިގަނޑު ކޮންސިއުލޭޓުން ބޭރުކޮށްފައިވަނީ ފަސް ސޫޓްކޭހުގައި!

  • ޚަޝޯގީގެ ކޮންސިއުލޭޓަށް ވަނުމާއެކު އޭނާގެ ކަރުގައި ހިފާ ވަނީ މަރާލާފައި
  • ފޮރިންސިކް އެކްސްޕާޓްގެ ޓީމަކުން ވަނީ އޭނާގެ ހަށިގަނޑު ބައިބައިކޮށްފައި
ސިމާހާ ނަސީމް | sim_kamana

| 5 ނޮވެންބަރު 2018 | ހޯމަ 01:23 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ޚަޝޯގީ ދިރިހުއްޓައި އެންމެ ފަހުން ފެނިފައި ވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު -- ގެޓީ އިމޭޖާސް

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިޔާގެ ކޮންސިއުލޭޓްގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ހަށިގަނޑު ބައިބައި ކުރުމަށްފަހު އެ ކޮންސިއުލޭޓުން ބޭރުކޮށްފައިވަނީ ފަސް ސޫޓްކޭހުގައި ކަމަށް ތުރުކީގެ މީޑިއާތަކުން ބުނެފިއެވެ.

ޑެއިލީ ސަބަހް ނޫހަށް ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މައުލޫމާތުދީފައިވާ އޮފިޝަލުން ބުނެފައިވަނީ އޮކްޓޯބަރު ދެވަނަ ދުވަހު ޚަޝޯގީގެ ކޮންސިއުލޭޓަށް ވަނުމާއެކު އޭނާގެ ކަރުގައި ހިފާ މަރާލުމަށްފަހު ފޮރިންސިކް އެކްސްޕާޓްގެ ޓީމަކުން ވަނީ އޭނާގެ ހަށިގަނޑު ބައިބައިކޮށްފައެވެ.

ޚަޝޯގީގެ ހަށިގަނޑު އަދިވެސް ފެނިފައިނުވާއިރު ތުރުކީގެ ތަހުގީގު ޓީމުން އަދިވެސް މަސައްކަތް ކުރަމުންދަނީ ޚަޝޯގީ ގެއްލުނު ދުވަހު ކޮންސިއުލޭޓްގައި ހިނގާދިޔަ ކަންތައްތައް އޮޅުންފިލުވަމަށާއި އޭނާ މަރާލީ ކާކުކަން ހޯދުމަށެވެ.

ޚަޝޯގީ ގެއްލިފައި ވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ސައުދީގެ ކޮންސިއުލޭޓަށް ލިއުމެއް ބަލާ ދިއުމަށް ފަހުއެވެ. އޭގެ ފަހުން ކޮންސިއުލޭޓުން ނުކުމެފައި ނުވާއިރު އޭނާ މަރާލާފައިވާ ކަމަށް ތުރުކީގެ ތަހުގީގު ޓީމުން ތަކުރާރުކޮށް ބުނަމުންދިއައިރު ސައުދީން ވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހާ ޖެހެންދެން ވެސް އެ ތުހުމަތުތައް ދޮގުކޮށްފައެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް