11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ނިއު ކެލިޑޯނިއާ

ނިއު ކެެލިޑޯނިއާއިން ފްރާންސްގެ އަތްދަށުން މިނިވަންވާން ބޭނުމެއް ނުވި

  • ނިއުކެލިޑޯނިއާ ފްރާންސްގެ އަތްދަށަށް ގެންގޮސްފައި ވަނީ 1853ގައި
އަބުދުﷲ މުހައްމަދު | 8Abbo

| 4 ނޮވެންބަރު 2018 | އާދީއްތަ 19:41 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


4 ނޮވެމްބަރ 2018ވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓްގުގައި ނިއު ކެލިޑޯނިއާގެ ރައްޔިތުން ވޯޓް ލުމަށް ކިއޫގައި -- ބީބީސީ

ފްރާންސްގެ އަތްދަށުން މިނިވަންވެ ފުރިހަމަ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށް ބޭނުންނުވާކަމަށް ޕެސިފިކްގެ ގައުމެއް ކަމަށްވާ ނިއު ކެލިޑޯނިއާގެ ރައްޔިތުން ބުނެފިއެވެ.

މިނިވަން ގައުމެއްގެ ގޮތުގައި އޮތުމާމެދު އާދީއްތަ ދުވަހުނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 56.4 އިންސައްތަ ރައްޔިތުން ބުނެފައިވަނީ މިިނިވަންކަމަށް ބޭނުން ނުވާކަމަށެވެ. މިނިވަން ގައުމަކަށްވުމަށް ބޭނުންވާކަމަށް ވޯޓް ދީފައިވަނީ 43.6 އިންސައްތަ މީހުންނެވެ.

މިއިންތިޚާބުގައި 174،000 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ.ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 81 އިންސައްތަ މީހުން މި އިންތިޚާބުގައި ވޯޓްލާފައިވެއެވެ.

ނިއު ކެލިޑޯނިއާގެ މިނިވަންކަމަށް ފެނޭތޯ ބެލުމަށް ވޯޓް ނެގި މިއީ ދެވަަނަ ފަހަރެވެ.

އެންމެ ފުރަތަމަ ވޯޓް 1987 ގައި ނަގާފައިވާއިރު ކަނަކް ދަރިކޮޅުވަނީ އެ ވޯޓް ބޮއިކޮޓްކޮށްފައެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ 98 އިންސައްތައަށް ވުރެ ބޮޑު އަޣުލަބިއްޔަތަކުން އެ ގައުމު ފްރާންސްގެ ދަށުގައި އޮތުމަށް ތާއީދު ލިބިގެންދިއުމެވެ.

ނިއު ކެލިޑޯނިއާގެ 279،000 މިހުންގެ އާބާދީގެ ތެރެއިން 27 އިންސައްތައަކީ ޔޫރަޕް ދަރިކޮޅުގެ މީހުން ކަމަށްވާއިރު ގިނައީ ފްރާންސް ދަރިކޮޅުގެ މީހުންނެވެ. އާބާދީގެ 39 އިންސައްތައަކީ އެގައުމުގެ އަސްލު ވަޒަންވެރިން ކަމަށްވާއިރު ބާކީ ތިބި ފަރާތްތަކަކީ ޕްސިފިކްގެ ގައުމުތަކާއި އޭޝިއާ އިން ހިޖުރަކޮށްފައިވާ މީހުންނެވެ.

ނިއުކެލިޑޯނިއާ ފްރާންސްގެ އަތްދަށަށް ގެންގޮސްފައި ވަނީ 1853ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް