15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އިޓާލިއަން ލީގު

އިޓާލިއަން ލީގު: ޔުވަންޓަސް އާއި އިންޓަ މޮޅުވިއިރު، ރޯމާ އާއި ފިއޮރެންޓީނާގެ ކުރިމަތިލުން އެއްވަރު

 • ޔުވަންޓަސް މޮޅުވީ ކަގްލިއާރީއާ ވާދަކޮށް 1-3 އިން
 • އިންޓަ މޮޅުވީ ޖެނޯއާއާ ވާދަކޮށް 0-5 އިން
 • ފިއޮރެންޓީނާ އަދި ރޯމާ އެއްވަރުވީ 1-1 އިން
ލީވާން އަލީ | MrLeevaan

| 4 ނޮވެންބަރު 2018 | އާދީއްތަ 15:19 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
 8. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު


ޔުވަންޓަސް ކުޅުންތެރިން އުފާ ފާޅުކުރަނީ -- ޓްވިޓަރ

އިޓާލިއަން ލީގުގައި ޔުވަންޓަސް އާއި އިންޓަ މިލާން ކުޅުނު މެޗުތަކުން މޮޅުވިއިރު، ފިއޮރެންޓީނާގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.

ހޮނިހިރުގެ ރޭ ކުޅުނު މެޗުން ޔުވަންޓަސް މޮޅުވީ ކަގްލިއާރީއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ޔުވަންޓަސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ.

އެހެންނަމަވެސް ކަގްލިއާރީން ވަނީ ކުޅުން ރަނގަޅުކޮށް 36 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޑްރޯއެވެ. ޔުވަންޓަސް އިން ލީޑު އަނބުރާ ހޯދީ 38 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ކަގްލިއާރީގެ ބްރެޑެރިކް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ކަގްލިއާރީގެ މައްޗަށް ޔުވަންޓަސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ކަގްލިއާރީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި އެޓީމަށް ވަނީ ލަނޑު ޖެހުމަށްވެސް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މީގެއިތުރުން ޔުވަންޓަސް އަށް މި ހާފްގައި ލީޑު ފުޅާކުރަން ގިނަ ފުރުސަތުތައް ލިބުނެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ހުސް ފުރުސަތުތައް ވެސް ހިމެނެއެވެ.

ޔުވަންޓަސް އިން ލީޑު ފުޅާކުރީ 87 ވަނަ މިނެޓުގައި ކުއަޑާޑޯ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ރޮނާލްޑޯގެ އެހީތެރިކަމާއެކުގަ އެވެ.

މި ނަތީޖާއާއެކު ޔުވަންޓަސް އޮތީ ކުޅުނު 11 މެޗުން ލިބުނު 31 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ކަގްލިއާރީ އޮތީ ކުޅުނު 11 މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 13 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ ޖެނޯއާއާ ވާދަކޮށް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓިމުންނެވެ. އެގޮތުން 14 ވަނަ މިނެޓުގައި ގަގްލިއާޑިނީގެ ލަނޑުން އެޓިމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. އޭގެ ދެ މިނެޓު ފަހުން ޕޮލިޓަނޯ ވަނީ އެޓީމަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.

މި ލަނޑުތަކަށްފަހު ވެސް އިންޓަ އިން ދިޔައީ ޖެނޯއާގެ ގޯލަށް ނުރައްކާ ކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ލީޑު އިތުރަށް ފުޅާކުރަން ވެސް ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޖެނޯއާގެ މައްޗަށް އިންޓަ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ އިންޓަ އިންނެވެ. އެގޮތުން 49 ވަނަ މިނެޓުގައި ގަގްލިއާޑިނީ ކާމިޔާބުކުރި ލަނޑުން އިންޓަ އިން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

އިންޓަ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު އިތުރު ވަގުތުގައި ޖޯ މާރިއޯ ކާމިޔާބުކުރި އިރު، ފަސްވަނަ ލަނޑު ކާމިޔާބުކުރީ މެޗު ނިމުމުގެ ކުރިން ނައިންގޮލެންއެވެ.

މި ނަތީޖާއާއެކު އިންޓަ ވަނީ ކުޅުނު 11 މެޗުން 25 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ޖެނޯއާ އޮތީ ކުޅުނު 11 މެޗުން ލިބުނު 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ފިއޮރެންޓީނާ އަދި ރޯމާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ފިއޮރެންޓިނާ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށްވެސް ލަނޑު ޖެހުމަށް ފުރުސަތު ލިބި ބޭކާރުވިއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފިއޮރެންޓީނާ އިންނެވެ. މި ލަނޑު 32 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓިއަކުން ކާމިޔާބުކުރީ ވެރެޓޯޓްއެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ރޯމާގެ މައްޗަށް ފިއޮރެންޓީނާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ފިއޮރެންޓީނާ އިން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރި އެވެ. އެހެންނަމަވެސް ރޯމާ އިންވެސް ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްފައެވެ.

އެގޮތުން މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ރޯމާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްލޮރެންޒީއެވެ.

މި ނަތީޖާއާއެކު ފިއޮރެންޓީނާ އޮތީ ކުޅުނު 11 މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ. ރޯމާ އޮތީ ފިއޮރެންޓީނާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް