11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ހޮލީވުޑް

އިނގިރޭސި ބޭންޑް ކުއީންގެ ހަޔާތަށް ބިނާކޮށްފައިވާ 'ބޮހީމިއަން ރެޕްސޮޑީ'އަށް ކާމިޔާބު ފެށުމެއް

  • "ބޮހީމިއަން ރެޕްސޮޑީ"އަކީ 1970ގެ އަހަރުތަކުގައި ފެނިގެންދިޔަ މަޝްހޫރު އިނގިރޭސި ބޭންޑް "ކުއީން"ގެ ހަޔާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެއް
އައިޝަތު ޝާނީ | Shaaknee

| 4 ނޮވެންބަރު 2018 | އާދީއްތަ 11:59 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ



އެމެރިކާގެ ތިއޭޓަރ ތަކުގައި ނިމިގެން ހުކުރު ދުވަހު މަޝްހޫރު އިނގިރޭސި ރޮކް ބޭންޑް "ކުއީން"ގެ ހަޔާތަށް ބިނާކޮށް ތައްޔާރުކޮށްފާއިވާ ފިލްމް "ބޮހީމިއަން ރެޕްސޮޑީ" އަޅުވާފައިވާއިރު، ފުރަތަމަ ރޭ އެކަނި ފިލްމަށް 18.4 މިލިއަން ޑޮލަރުވަނީ ލިބިފައެވެ.

އަދި މުޅި ހަފްތާ ބަންދުގައި 43 މިލިއަނާއި 45 މިލިއަން ޑޮލަރާ ދެމެދު އެ ފިލްމަށް ލިބޭނެކަމަށް ލަފާކުރާކަމަށް ރިޕޯޓްތަކުން ދައްކައެވެ.

މި ވެގެންދާނީ މިފަދަ ފިލްމަކަށް، މިއުޒިކަލް ބައޯޕިކްއަކަށް ފާހަގަކޮށްލެވޭ ކާމިޔާބީއަކަށެވެ. އެމެރިކާ ތެރޭގައި މިހާތަނަށް އެންމެ ހިނގާފައިވާ މިފަދަ ފިލްމަކީ 2015ވަނަ އަހަރު ރިލީޒްކޮށްފައިވާ "ސްޓްރެއިޓް އައުޓަ ކޮމްޕްޓަން"އެވެ. މި ފިލްމަށް ފުރަތަމަ ހަފްތާ ބަންދުގެ ތެރޭގައި 60.2 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

އަދި "ބޮހީމިއަން ރެޕްސޮޑީ"އަށް އަންދާޒާ ކުރެވިފައިވާ އަދަދު ލިބިއްޖެނަމަ، ވެގެންދާނީ އެމެރިކާ ތެރޭގައި ދެވަނައަށް އެންމެ ކާމިޔާބު މިއުޒިކަލް ބައޯޕިކްއަށެވެ.

އެމެރިކާގައި ފިލްމް ރިލީޒް ކުރުމުގެ ކުރިން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގައި ރިލީޒްކޮށްފައިވާއިރު، އޮކްޓޯބަރު މަހު ފަހު ކޮޅު އެ ފިލްމްވަނީ އިނގިރޭސިވިލާތުގެ ބޮކްސް އޮފީހުގެ އެއްވަނަ ޖާގަ ހޯދާފައެވެ.

"ބޮހީމިއަން ރެޕްސޮޑީ"އަކީ 1970ގެ އަހަރުތަކުގައި ފެނިގެންދިޔަ މަޝްހޫރު އިނގިރޭސި ބޭންޑް "ކުއީން"ގެ ހަޔާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ބޭންޑްގެ ލީޑް ލަވަކިޔުންތެރިޔާ، މިއުޒިކީ ދުނިޔޭގެ ލެޖެންޑެއްކަމަށްވާ ފްރެޑީ މަރކިއުރީގެ ރޯލުން ފެނިގެންދާނެ މިސްޓަރ ރޮބޮޓް ސީރީޒްގެ ލީޑް ރޯލް ކުޅޭ ރަމީ މަލެކްއެވެ. މީގެ އިތުރުން ލޫސީ ބޮއިންޓަން، ގްވިލީމް ލީ، ބެން ހާޑީ، ޖޯސެފް މަޒެއްލޯ، އޭޑަން ގިލަން، ޓޮމް ހޮލެންޑަރ، އެލެން ލީޗް އަދި މައިކް މަޔަރސް މި ފިލްމުން ފެނިގެން ދާނެއެވެ.

ގްރަހަމް ކިންގް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމްގެ ޑައިރެކްޓަރވަނީ ޝޫޓިންގގެ މެދުތެރޭގައި ބަދަލުކޮށްފައެވެ. ބްރަޔަން ސިންގަރ ޑައިރެކްޓަރުކަމުން ވަކިކުރުމަށްފަހު ފަހުން އެ މަގާމު ދީފައިވަނީ ޑެކްސްޓަރ ފްލެޗަރއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް