25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޓޮޓެންހަމް އާއި ޔުނައިޓެޑަށް މޮޅެއް، އާސެނަލް އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރު

  • ބޯންމައުތު އަތުން ޔުނައިޓެޑު މޮޅުވީ 1-2 ގެ ނަތީޖާއަކުން
  • ވޮލްވްސް އަތުން ޓޮޓެންހަމް މޮޅުވީ 2-3 ގެ ނަތީޖާއަކުން
  • އާސެނަލް އަދި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވީ 1-1 އިން
ލީވާން އަލީ | MrLeevaan

| 4 ނޮވެންބަރު 2018 | އާދީއްތަ 08:34 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ޓްވިޓަރ

ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އާއި މެންޗެސްޓާ ޔުނައިޓެޑު ކުޅުނު މެޗުތަކުން މޮޅުވިއިރު، އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވީ އޭއެފްސީ ބޯންމައުތުއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ބޯންމައުތު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން ޔުނައިޓެޑުގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ހަމަލާތަކެއް އުފައްދާފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ބޯންމައުތުންނެވެ. މި ލަނޑު ސްޓެނިސްލަސްގެ އެހީތެރިކަމާއެކު ކާމިޔާބު ކުރީ ވިލްސަން އެވެ. މި ލަނޑަށް ފަހު ވެސް ބޯންމައުތުގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ އެވެ.

އެހެންނަމަވެސް 35 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެލެކްސަސް ސަންޗޭޒްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެންތޮނީ މާޝިއާލްއެވެ. އޭނާ އަންނަނީ މި ސީޒަނުގައި ޔުނައިޓެޑަށް މުހިންމު ލަނޑުތަކެއް ކާމިޔާބު ކޮށްދެމުންނެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން ވަނީ ބަދަލުތަކެއް ގެނެސް އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ބޯންމައުތުގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ އިތުރު ވަގުތުގައެވެ. މި ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި މާކަސް ރަޝްފަޑްއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު ވަނީ ކުޅުނު 11 މެޗުން 20 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ހަތްވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ބޯންމައުތައް ވެސް 20 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް ލަނޑުގެ ތަފާތުން ލިބެނީ ހަވަނަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ވޮލްވްސްއާ ވާދަކޮށް 2-3 ގެ ނަތީޖާއަކުންނެވެ.

ވޮލްވްސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ޓޮޓެންހަމް އިންނެވެ. އެގޮތުން 27 ސޮންގެ އެހީތެރިކަމާއެކު އެރިކް ލަމެލާ ވަނީ އެޓީމުން މެޗުގެ ލީޑު ނަގާފައެވެ.

ޓޮޓެންހަމުން 30 ވަނަ މިނެޓުގައި ލީޑު ފުޅާ ކޮށްފައިވާއިރު، މި ލަނޑު ކާމިޔާބުކުރީ ޓްރިޕާގެ އެހީތެރިކަމާއެކު ލޫކަސް މޯރާއެވެ. މި ލަނޑުތަކަށް ފަހުވެސް އެޓީމަށް ލީޑު އިތުރަށް ފުޅާ ކުރުމަށްވެސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ވޮލްވްސްގެ މައްޗަށް ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ޓޮޓެންހަމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، 61 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ.

ވޮލްވްސް އިން ނަތީޖާގެ ފަރަގު ކުޑަކުރީ 68 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ރުބެން ވެސް އެވެ. މެޗުގެ 79 ވަނަ މިނެޓުގައި އިތުރު ޕެނަލްޓީއެއް އެޓީމަށް ލިބިފައިވާ އިރު، މި ޕެނަލްޓީ ކާމިޔާބުކުރީ ޖިމެނޭޒްއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ކުޅުނު 11 މެޗުން 24 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ކުޅުނު 11 މެޗުން ލިބުނު 15 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލް އަދި އާސެނަލް ބައްދަލުކުރި އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެޓީމަށް ވެސް ލީޑު ނެގުމަށް ފުރަތަމަ ހާފްގައި ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އޭގެ ތެރެއިން ލިވަޕޫލް އަށް ލިބުނު ފުރުސަތައް ފާހަގަ ކޮށްލެވެއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލްގެ ޖޭމްސް މިލްނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލު ދަނޑިއަށެވެ. ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ދެޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް މެޗުގެ 61 ވަނަ މިނެޓުއި ޖޭމްސް މިލްނާ ވަނީ ލިވަޕޫލް އަށް މެޗުގެ ލީޑު ނަގައިދީފައެވެ.

މި ލަނޑަށް ފަހު ވެސް ލިވަޕޫލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، ލީޑު ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރީ 82 ވަނަ މިނެޓުގައެވެ. މި ލަނޑު އެލެކްސް ލުވަބީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެލެގްޒެންޑްރާ ލަކަޒޭޓްއެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 11 މެޗުން ލިބުނު 23 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގަ އެވެ. ލިވަޕޫލް އޮތީ ކުޅުނު 11 މެޗުން ލިބުނު 27 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް