24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:38
މެންދުރު 12:23
އިރުއަރާ 06:17
ފަތިސް 05:05

ޕާކިސްތާން-ޗައިނާ

ޕާކިސްތާނުގެ މާލީ ދަތިކަމުން އަރައިގަންނަށް ޗައިނާއިން އެހީވަނީ

  • ސައުދީގެ އެހީއެއް ވައުދުވެފައިވީ ނަމަވެސް އެ އަދަދު މަދުވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 4 ނޮވެންބަރު 2018 | އާދީއްތަ 01:09 | |

މަގުބޫލް

  1. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  2. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  3. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. ވިހަ ބަނގުރަލެއް ބޮއެގެން އައްސާމުގައި 50އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ޗައިނާގެ ޕްރިމިިއަރ ލީ ކީގިއަންގ އާއި ޕާކިސްތާނުގެ އައު ބޮޑުވަޒީރު އިމްރާން ޚާންވަނީ ހޮނިހިރު ދުވަހު ބައްދަލުކުރައްވާފައި -- ރޮއިޓަރސް

ޕާކިސްތާނުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ޗައިނާއިން އެހީތެރިކަން ފޯރު ކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރުގެ ނައިބް ކޮންގ ޝުއަންޔޫ ހޮނިހިރު ދުވަހު މިހެން ވިދާޅުވީ ޗައިނާގެ ޕްރިމިިއަރ ލީ ކީގިއަންގ އާއި ޕާކިސްތާނުގެ އައު ބޮޑުވަޒީރު އިމްރާން ޚާންއާއެެކު ބެއިޖިންގގައި ބޭއްވެވި ބައްދަލުވުމަށް ފަހުއެވެ.

 ޗައިނާގެ އިސް ޑިޕްލޮމޭޓް ވިދާޅުވިގޮތުގައި މީގެ ތަފްސީލަށް ދިއުމަށް އިތުރު މަޝްވަރާތައް ބޭނުންވާނެއެވެ.

މި އަހަރުގެ ފެށުމާއެކު ޕާކިސްތާނުގެ ބޭރުފައިސާގެ ރިޒަރވް 42 އިންސައްތަ ދަށަށް ގޮސް މިހާރު ހުރީ އަށް ބިލިއަނެއްހާ އެމެރިކާ ޑޮލަރެވެ. އެއީ ދެ މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާނެ މިންވަރަށްވުރެ ވެސް ދަށް އަދަދެކެވެ.

ސައުދީ އަަބިއާއިން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ބަޖެޓް ސަޕޯޓަށް ހަ ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ވައުދުވެފައެވެ.

އެންހެން ނަމަވެސް އެ އަދަދަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށާއި އެ ގައުމުން އަދިވެސް ދަނީ  ބޭރުގެ ދަރަނި އަދާކުރުމަށް އައިއެމްއެފްގެ ލޯން އެހީއަށް ވެސް ބަލަމުން ކަމަށް އޮފިޝަލުން ވިދާޅުވެެއެވެ.

އެ ލޯނު ވެގެންދާނީ އެ 1980 ގެ އަހަރު ތަކުގެ ފަހުން އެ ގައުމުން މާލީ ސަޕޯޓެއްގެ ގޮތުގައިނަގާ 13 ވަނަ ލޯނަށެވެ.

ޚާންއާއި ލީ ކޮންގ ގެ ބައްދަލުވުމަށް ފަހު ބެއިޖިންގގެ ގްރޭޓް ހޯލް އޮފް ދި ޕީޕަލްގައި  ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލީ ކޮންގ ވިދާޅުވީ އެ ގައުމުން ޕާކިސްތާނަށް އެހީ ވާނެ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް