14 ޑިސެންބަރު 2018 | ހުކުރު | 06 މުލަ
07 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:16

ލަންކާގެ ސިޔާސީ މަސްރަހު

ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ޤާނޫނު ހަދާ މަޖިލީހަށް ވައްދައިފި

  • ރަނިލް ވިދާޅުވަނީ މެޖޯރިޓީ އޮތީ ޔޫއެންޕީ އަށްކަމަށް
މިއުވާން މުހައްމަދު | Miuvaan

| 3 ނޮވެންބަރު 2018 | ހޮނިހިރު 18:29 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  5. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  6. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  7. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
  8. ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓްގައި އެކެއްގެ ހާލު ސީރިއަސް!


ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ -- ޑެއިލީ މިރޯ

ލަންކާގެ ބޮޑުވަޒީރުކަމަށް އައްޔަންކޮށްފައިވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ޤާނޫނު ހަދާ މަޖިލީހަށް ވައްދައިފިއެވެ.

ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަންކުރެވިފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޕާޓީ ޔޫއެންޕީއިން ބުނަމުން ދަނިކޮށް އެޕާޓީގެ ފަރާތުން އެމައްސަލަ ޤާނޫނު ހަދާ މަޖިލީހަށް ވެއްދީ މެޖޯރިޓީ ލީޑަރެއްގެ ގޮތުގައި ހުންނެވި ލަކްޝްމަން ކިރިއެއްލާ އެވެ. އޭނާ ވިދާޅުވީ ބޮޑުވަޒީރު މަޤާމުން ވަކިކުރެވޭނީ ޤާނޫނު އަސާސީގެ 46 ވަނަ މާއްދާއާއި 48 ވަނަ މާއްދާގެ ދަށުންކަމަށާއި، އެމާއްދާތަކުގެ ދަށުން ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ޤާނޫނު ހަދާ މަޖިލީހުން ފާސްވެއްޖެނަމަ އެމަޤާމު ގެއްލޭނެކަމަށެވެ. އަދި ބޮޑުވަޒީރުކަމަށް ރައީސް މަތިރިޕާލާ ސިރިސޭނާ އައްޔަން ކުރެއްވި މަހިންދަ ރާޖަޕަކްސައަށް ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިތުބާރު ނެތްކަމަށާއި، މަޖިލީހުގެ މެޖޯރިޓީ އަދިވެސް ކޮންޓްރޯލް ކުރައްވަނީ ރަނިލްކަމަށް ކިރިއެއްލާ ވިދާޅުވިއެވެ.

ރައީސް ސިރިސޭނާވެސް ވަނީ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އެބައޮތްކަމަށް އެމަނިކުފާނުގެ ޕާޓީ ފްރީޑަމް ޕާޓީގެ އިސް ފަރާތްތަކަށް އަންގަވާފައެވެ. 

އެހެންނަމަވެސް ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތީ ކޮން ބޭފުޅަކަށްކަން ކަށަވަރު ވާނީ ޤާނޫނު ހަދާ މަޖިލިސް ހުޅުވުމުންނެވެ. މަޖިލިސް ބަންދުކުރުމަށްފަހު އަނެއްކާވެސް ހުޅުވުމުގެ ހުއްދަ ރައީސް ސިރިސޭނާ ވަނީ ދެއްވާފައެވެ. އެހެންނަމަވެސް މަޖިލިސް ފެށޭނީ ކޮން އިރަކުންކަމެއް އަދި ކަށަވަރެއް ނޫނެވެ. 

އަނެއްކޮޅުން ޤާނޫނު ހަދާ މަޖލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވިދާޅުވަމުން ގެންދަވަނީ ބޮޑުވަޒީރަކީ ރަނިލް ވިކްރަމަސިންހަކަމަށެވެ. އެހެން ކަމުން އޭނާ މަޤާމުން ވަކިކުރުމަށް ފްރީޑަމް ޕާޓީއިން މަސައްކަތް ކޮށްފާނެކަމަށް ބެލެވުނެވެ. ނަމަވެސް މިހާރު އަޑުތައް އިވިފައިވާ ގޮތުގައި ޖަޔަސޫރިޔާ މަޤާމުން ދުރުކުރުމުގެ ވިސްނުމެއް އެޕާޓީގެ އަދި ނެތެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް