16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ބޮލީވުޑް

ދީޕިކާގެ ކައިވެނީގެ ޚަބަރު އިވުމުން ބޭނުންވީ ދިޕިކާ އާއި ހަގްކޮށްލަން: ޝާހުރުކް ޚާން

  • ޝާހުރުކް ޚާން ވަނީ ދިޕިކާއަށް މަރުހަބާ ކިޔާފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 ނޮވެންބަރު 2018 | ހޮނިހިރު 12:57 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  8. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ


ދީޕިކާ ޕަދުކޯން އާއި ޝާހުރުކް ޚާން -- ހިންދުސްތާނީ ޓައިމްސް

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ޕްރިޔަންކާ ޗޯޕްޅާ ކައިވެނި ކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ޝާހުރުކް ޚާންގެ 53 ވަނަ އުފަންދުވަހު އޭނާގެ އަންނަން އޮތް ފިލްމް "ޒީރޯ"ގެ ޓްރެއިލާ ލައުންޗު ކުރުމަށް ބޭއްވި އިވެންޓްގައި ދީޕިކާގެ ކައިވެންޏާ ގުޅޭ ގޮތުން ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ.

"އެންމެން ކައިވެނި ކުރަމުން ދިއުމަކީ ރަނަގޅު ކަމެއް. އަހަރެން ކީއްކުރާނީ؟ ބެގާނީ ޝާދީމޭ އަބްދުﷲ ދީވާނާ. އެ މީހުން ކައިވެނި ކުރުމަކީ ރަނަގޅު ކަމެއް ދެން ކުދިން ހޯދާނެ. އަހަރެން މިހުރީ ކައިވެނި ކޮށްގެން. އަހަރެން ކިހިނެތް އަނެއްކާ ކައިވެނި ކުރާނީ" މަޖާ ގޮތަކަށް ޝާހް ބުންޏެވެ.

ޝާހުރުކް ޚާން ވަނީ ރަންވީރު ސިންގް އާއި ދީޕިކާއަށް މަރުހަބާ ކިޔާފައެވެ. 

"އަހަރެން ފިލްމް އިންޑަސްޓްރީ ގައި ފުރަތަމަ މަސައްކަތް ކުރަންފެށީ ސްރީދޭވީ އާއި މާދުރީއާ އެކުގައި. އަހަރެން އެކްޓަރަކަށް ވީ އެ މީހުން އަހަރެންނަށް ދިން ލޯބިން. ދެވަނަ ޖެނަރޭޝަން ވެސް ވަނީ ކައިވެނި ކޮށްފައި. އަދި ތިންވަނަ ޖެނެރޭޝަން ވެސް ދަނީ ކައިވެނި ކުރަމުން. އެ ޚަބަރު އިވުމުން އަހަރެން ދީޕިކާއަށް ގުޅައި އަހަރެން ބޭނުންވީ އޭނާއާ ހަގް ކޮށްލަން. އަހަރެން ބުނިން އުފަލުގައި ހުންނަން. އަހަރެންގެ ލޯތްބާއި ހެޔޮ ދުއާ އަބަދު ވެސް ރަންވީރާއި ދީޕިކާއާ އެކު ވޭ. އަހަރުމެން އެކަން ސެލެބްރޭޓް ކުރާނަން،" ޝާހުރުކް ޚާން ބުންޏެވެ.

ދީޕިކާ ބޮލީވުޑް އަށް ނެރެދިނީ ޝާހްރުކްހާންއެވެ. އޭނާގެ ފުރަތަމަ ފިލްމަކީ ޝާހްއާ އެކު ކުޅެފައިވާ "އޯމް ސާންތީ އޯމް" އެވެ. އެއީ އޭނާއަށް ވަރަށް ޚާއްސަ ކަމެއް ކަމަށް ވަނީ ބުނެފައެވެ. ދީޕިކާގެ އިތުން "ޒީރޯ" ގައި ޝާހްއާ އެކު ފެނިގެންދާ އަނުޝްކާ ޝަރްމާ ވެސް ފުރަތަމަ ފެނިގެން ދިޔައީ ޝާހްއާ އެކު "ރަބްނެ ބަނާދީ ޖޯޅީ" އިންނެވެ.

ދީޕިކާ އާއި ރަންވީރުގެ ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 14 އަދި 15 ވަނަ ދުވަހެވެ.

އަދި ޕަރިޔަންކާ އާއި އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ދުވަހަކީ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހެވެ. ޝާހް ވަނީ އެ ދެ މީހުންނަށް ވެސް މަރުހަބާ ކިޔާފައެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް