11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ބޮލީވުޑް

ޝާހުރުކް ޚާންގެ އުފަންދުވަހު 'ޒީރޯ'ގެ ޓްރެއިލާ ލައުންޗް ކޮށްފި

  • މި ފިލްމްގައި ޝާހް ފެނިގެންދާނީ ޑްވާފެއްގެ ގޮތުގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 ނޮވެންބަރު 2018 | ހޮނިހިރު 11:59 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ޝާހުރުކް ޚާން -- ހިންދުސްތާނީ ޓައިމްސް

މި އަހަރުގެ އެންމެ ބޮޑު އެއް ފިލްމް ކަމަށްވާ "ޒީރޯ" ގެ ޓްރެއިލާ ލައުންޗު ކޮށްފިއެވެ.

 މިޓްރެއިލާ ލައުންޗު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު މުމްބާއީގައި ބޭއްވި ޚާއްސަ އިވެންޓެއްގައެވެ. މި އިވެންޓުގައި ޝާހުރުކް ޚާނާއި ކެޓްރީނާ އަދި އަނުޝްކާ ވެސް ވަނީ ބައިވެރި ވެފައެވެ. އަދި މި ދުވަހަކީ މި ފިލްމްމުގައި ލީޑް ރޯލުން ފެނިގެންދާ ޝާހުރުކް ޚާންގެ 53 ވަނަ އުފަންދުވަހެވެ.

"ޒީރޯ"ގެ ޓްރެއިލާގެ ޚާއްސަ ސްކްރީނިން ވަނީ ބޮލީވުޑްގެ ފަންނާނުންނަށް ދައްކާލާފައެވެ.

މި ޓްރެއިލާ ބެލުމަށް ފަހު އާމިރު ޚާން ކޮށްފައިވާ ޓްވީޓްގައި ވަނީ އެ ޓްރެއިލާ އައުޓް ސްޓޭންޑިން ކަމަށެވެ. އާމިރު ވަނީ މި ފިލްމްގައި ޝާހު، ކެޓްރީނާ އަދި އަނުޝްލާ ދައްކާފައިވާ މޮޅު އެކްޓިންއަށް ތައުރީފްކޮށް މަރުހަބާ ކިޔާފައެވެ. އަދި މި ފިލްމް ބަލަން ކެތް މަދުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރު ވެސް ބުނެފައި ވަނީ "ބްލޮކްބާސްޓަރ" އެއް ކަމަށެވެ. މީގެ އިތުރުން ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ޓްރެއިލާއަށް ތައުރީފް ކޮށްފައެވެ.

"ޒީރޯ"ގައި ޝާހުރުކްގެ ނަމަކީ ބައުއާ ސިންގް އެވެ. އަދި އޭނާ މި ފިލްމްގައި ފެނިގެންދާނީ އާދަޔާ ޚިލާފަށް ކުރު މީހެއްގެ ރޯލުންނެވެ.

ކެޓްރީނާ ފެނިގެން ދަނީ ސުޕަރ ސްޓާރއެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ފެނިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ސައިންޓިސްޓެއްގެ ރޯލުންނެވެ.

އާނަންދް އެލް ރާއީ ޑައިރެކްޓް ކުރާ މި ފިލްމްގައި ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 21 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް