24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:38
މެންދުރު 12:23
އިރުއަރާ 06:17
ފަތިސް 05:05

ސްވިސް އިންޓަރނޭޝަނަލް އެގްޒިބިޝަން

ސްވިސް އިންޓަރނޭޝަނަލް އެގްޒިބިޝަން 2018ގައި ރާއްޖެއިން ބައިވެރިވެއްޖެ

  • މި ފެއަރ ކުރިއަށްދާނީ މިމަހުގެ 1 އިން 4 އަކަށް
  • މިއީ ޔޫރަޕުގެ އެންމެ މުހިއްމު އެއް ޓޫރިޒަމް ފެއަރ
ރިޒުނާ ޒަރީރު | RiznaZareer

| 3 ނޮވެންބަރު 2018 | ހޮނިހިރު 11:08 | |

މަގުބޫލް

  1. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  2. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  3. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. ވިހަ ބަނގުރަލެއް ބޮއެގެން އައްސާމުގައި 50އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ސްވިސް އިންޓަރނޭޝަނަލް ހޮލިޑޭ އެގްޒިބިޝަންގެ ތެރެއިން -- އެމްއެމްޕީއާރްސީ

މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސްވިސް އިންޓަރނޭޝަނަލް ހޮލިޑޭ އެގްޒިބިޝަން 2018ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި މަހުގެ 1 އިން 4 އަކަށް ބާއްވާ މި އެގްޒިބިޝަން ކުރިއަށްދަނީ ސްވިޓްޒަލޭންޑުގެ ދެކުނުން އޮންނަ އަވަށެއް ކަމަށްވާ ލުގާނޯގެ އެގްޒިބިޝަން ސެންޓަރުގައި ކަމަށްވާއިރު އެމްއެމްޕީއާރުސީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ 4 ކުންފުންޏަކުން ވަނީ ބައިވެރިވިއެވެ.

މި އެގްޒިބިޝަންގައި ރާއްޖެ ތަމްސީލުކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރި ވަނީ އެމްއެމްޕީއާރސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ޙާރިޘް މުޙައްމަދެވެ. މިއީ މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކައް ޢަމާޒުކޮށްގެން ސްވިޓްޒަލޭންޑުގައި ބާއްވާ އެންމެ ޝަރަފުވެރި އެއް އެގްޒިބިޝަން ކަމަށާއި އަދި ޔޫރަޕުގެ އެންމެ މުހިއްމު އެއް ޓޫރިޒަމް ފެއަރ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

މި އެގްޒިބިޝަންގެ ތެރެއިން ރާއްޖޭގެ ސަޤާފަތާއި، ތާރީޙާ ގުޅޭ މަޢުލޫމާތުގެ އިތުރުން ދިވެހި ކެއުންތަކުގެ ރަހަތައް ސްޓޯލަށް ޒިޢާރަތްކުރާ ފަރާތްތަކަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. އެހެންކަމުން މިފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ތަރުހީބެއްވެސް ލިބެމުން އަންނަ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ސްވިޓްޒަލޭންޑަކީ ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމެވެ. އެގޮތުން 32،651 ގިނަ ފަތުރުވެރިން ހަމައެކަނި ސްވިޓްޒަލޭންޑުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރގެ ނިޔަލަށް 22،151 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މިއަދަދު ވަރަށް ބޮޑުތަން އިތުރުވެގެންދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.


 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް