16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ވިލާ

ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ވިލާ 'ދަ މުރަކަ' ރާއްޖޭގައި ހުޅުވައިފި

  • އެންމެ ރެޔެއް ހޭދަކުރެވެނީ 50 ހާސް ޑޮލަރު ދައްކައިގެން
  • މިއީ ދެ ފަންގިފިލާގެ ވިލާއެއް
ރިޒުނާ ޒަރީރު | RiznaZareer

| 3 ނޮވެންބަރު 2018 | ހޮނިހިރު 10:10 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ވިލާ 'ދަ މުރަކަ'' -- ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓު

ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ވިލާ ރާއްޖޭގެ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި ހުޅުވައިފިއެވެ.

ދެ ފަންގިފިލާގެ "ދަ މުރަކަ" އަކީ ކަނޑު އަޑީގައި އެއް ފަންގިފިލާ ހުންނަ ގޮތަށް ފަރުމާކޮށްފައިވާ ތަނަކަށްވާއިރު އެ ފަންގިފިލާ ހުންނަނީ ކަނޑުގެ 5 މީޓަރު އަޑީގައެވެ. އަނެއް ފަންގިފިލާ ހުންނަނީ ފެނުން މަތީގައެވެ. 

އެ ތަން ހުޅުވާފައި ވަނީ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުގައެވެ. ކަނޑު އަޑީގައި މި ވިލާއަކީ ނުވަ މީހުންގެ ޖާގައިގެ ތަނެއް ކަމަށާއި މިތަނުގައި ޖިގްގެ ހިދުމަތާއި، ބަދިގެ އާއި، ބާރ، ލިވިން ރޫމް، ޑައިނިން ރޫމް، ދެ ކޮޓަރި، ދެ ފާހާނާގެ އިތުރުން ބަޓްލާސް ކުއާރޓާސް، އަދި ޕްރައިވެޓް ސެކިއުރިޓީ ކުއާރޓާސް ހިމެނެއެވެ.

ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު ޙަރުދުކޮށްގެން ހަދާފައިވާ، އަންޑަރ ވޯޓަރ ވިލާގައި އެންމެ ރެއެއް ހޭދަކުރެވެނީ 50 ހާސް ޑޮލަރު ދައްކައިގެންނެވެ.

ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިންނަކީ ކަނޑު އަޑީގެ ރީތި މަންޒަރުތައް ބަލާލުމަށާއި ރާއްޖޭގެ ހިތްގައިމު ހަމަހިމޭން މާހައުލު ތަޖްރިބާކޮށްލުމަށްޓަކައި އަންނަ ބަޔަކަށްވާއިރު، އަލަށް މި ހުޅުވި އަންޑަރވޯޓާރ ވިލާއަށް މިހާރު ވެސް ފަތުރުވެރިންގެ ތަރުހީބު ލިބެމުން އަންނަ ކަމަށް ކޮންރަޑު މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ކަނޑުއަޑީގެ މި ވިލާގައި ތިބޭއިރު، ކަނޑުއަޑީގެ ގުދުރަތީ މުއްސަނދިކަން ވަރަށް ރީއްޗަށް ފެނިގެންދެއެވެ.

ސީޕްލޭންގައި 30 މިނިޓުން ދެވޭ އދ. ރަންގަލި ރިސޯޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ 5 ތަރީގެ ރިސޯޓެެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ އެވޯޑްތައް ހާސިލްކޮށްފައިވާ ކޮންރަޑް ކޯމްޑިވްސް ރަންގަލި ރިސޯޓުގައި 150 ވިލާސް އާއި ސުއިޓްސް ހުރެއެވެ. އަދި 12 ރެސްޓޯރަންޓުގެ ތެރޭގައި މީގެ 13 އަހަރު ކުރިން ހުޅުވާފައިވާ ކަނޑު އަޑީގެ ފުރަތަމަ ރެސްޓޯރެންޓް ވެސް ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް