11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ތާލިބާނުންގެ ހަމަލާތައް

ތާލިބާނުގެ ބައްޕަ މަރާލައިފި

  • ހައްޤާނީ މަރާލެވުނު ގޮތާމެދު އަދިވެސް ފުށުއެރުންތައް އެބަހުރި
އަބުދުﷲ މުހައްމަދު | 8Abbo

| 3 ނޮވެންބަރު 2018 | ހޮނިހިރު 09:45 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


މައުލާނާ ސަމީއުލް ހައްގަކީ ޙައްޤާނީ މަދްރަސާގެ ވެރިޔާ -- އޭއެފްޕީ/ގެޓީ

ޕާކިސްތާނުގެ ދީނީ އިލްމުވެރިޔާ އަދި ތާލިބާނުންގެ ބައްޕަގެ ގޮތުގައި މަޝްހޫރުވެފައިވާ މައުލާނާ ސަމީއުލް ހައްގު އެ ގައުމުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ރާވަލް ޕިންޑީގައި މަރާލައިފިއެވެ.

ޕާކިސްތާނުގެ މީޑިއާތަކުން އޭނާގެ އާއިލާއާ މެމްބަރުންނާ ހަވާލާދީ ބުނެފައިވަނީ އޭނާ މަރާލާފައިވަނީ ތޫނު އެއްޗަކުން ހަމަލާދީގެންކަމަށެވެ. އެހެން ބައެއް ރިޕޯޓްތައްބުނާގޮތުން އޭނާ މަރާލާފައިވަނީ ބަޑިޖަހައިގެންނެވެ.

ނަމަވެސް އެ ހަމަލާ ދިން ސަބަބެއް ސާފެއް ނުވެއެވެ.

އޭނާއަކީ ތާލިބާންގެ ފައުންޑަރ މުއްލާ އުމަރު އަދި ތާލިބާނުންގެ އެތައް ބަޔަކު ކިޔަވާފައިވާ ޙައްޤާނީ މަދްރަސާގެ ވެރިޔާއެވެ.

ހައްޤާނީ މަރާލެވުނު ގޮތާމެދު އަދިވެސް ފުށުއެރުންތައް ހުރި އެތައް ރިޕޯޓެއް ލިބެމުންދެއެވެ.

އޭނާގެ ފިރެން ދަރި ބުނެފައިވަނީ ސަމީއުލް ހައްގު މަރާލާފައި ވަނީ ރާވަލްޕިންޑީގައި ހުންނަ  ގޭގައި ހުއްޓައި އެތައް ފަހަރަކު ގަޔަށް ވަޅިހަރައިގެން ކަމަށެވެ،

"އޭނާ އޮތީ އަސްރު ވަގުތު އޭނާގެ ޑްރައިވަަރު 15 މިނެޓަށް ބޭރަށް ދިޔައިރު ކޮޓަރީގައި އަރާމުކޮށްލަން" މައުލާނާ ހާމިދުލް ހައްގު ބުނިކަމަށް ޖިއޯ ޓީވީގައި ބުނެފައިވެއެވެ.

"އޭނާ އެނބުރި އައިރު ފެނުނީ މައުލާނާ ސަމީއުލް ހައްޤު އެނދުމަތީގައި މަރުވެެ ހަށިގަނޑު ލެއިން ތަތްތެޅިފައި ވަނިކޮށް"

ސާމިއުލް ހައްގުގެ އާއިލާ މެމްބަރެއްގެ ދަރިއެއްކަމަށްވާ މުހައްމަދު ބިލާލް ރޮއިޓަރސްގައި ބުނެފައިވަނީ އޭނާގެ ބޮޑުބޭބެ މަރުވެފައި ވަނިކޮށް ފެނިފައިވަނީ އިސްލާމް އާބާދުގެ ރައްބޭރުގައި ހުންނަ އޭނާގެ ގެއިން ކަމަށެވެ. އަދި ބަޑިޖަހާފައިވާއިރު ވަޅިވެން ވެސް ހަމަލާ ދީފައިވާ ކަމަށެވެ.

ހުކުުރު ދުވަހު ދިން މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

އަފްޣާނިސްތާނުގެ އޮފިޝަލުން ދާދިފަހުންވަނީ ސުލްހައިގެ ވާހަކަތައް ފެށުމަށް ތާލިބާނުންނަށް ވިސްނައިދީ ވާހަކަތަކަށް ފެށުމަށް ތާލިބާނުންގާތު ބުނެދިނުމަށް އޭނާގެ ގާތުން އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް