15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރައީސް ޔާމީން

ސައިޒަކީ 16، އަދިވެސް 96،000 ވޯޓާއިމެދު ސުވާލު އުފައްދަވަނީތޯ؟

  • ދެން އިންތިޚާބެއް ބާއްވައިފިއްޔާ 96 ހާސްވެސް ނުލިބޭނެކަމަށް ސިޔާސީ ފަރާތްތަކުން ބުނޭ
މިއުވާން މުހައްމަދު | Miuvaan

| 2 ނޮވެންބަރު 2018 | ހުކުރު 18:53 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ރައީސް ޔާމީން އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރައްވައި މުޒާހަރާ ކުރަން ނިކުންނެވި -- ފޮޓޯ: ޙުސައިން ޙަސަން

ރައީސް އަބްދުﷲ ޔާމީން ޤަބޫލުފުޅު ކުރައްވާ ގޮތުގައި އެމަނިކުފާނަކީ ރައްޔިތުންގެ ސަޕޯޓު އޮތް ބޭފުޅެކެވެ. ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވައި، ދައުރުގެ ފަހު އަހަރު ހަފްތާއަކު ދެތިން ފަހަރު ކޯފާ އިސްކުރައްވައި ރައްޔިތުންނަށް 'ކަލަ ގޮވުމުން' އެމަނިކުފާނުގެ ތާޢީދު އިތުރުވާނެކަމަށް ރައީސް ޔާމީން ޤަބޫލުކުރައްވާކަން އެމަނިކުފާނުގެ ވާހަކަފުޅުތަކުން ދޭހަވެއެވެ. 

96000 ވޯޓު ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގަތުމުން ރައީސް ޔާމީނަށް އެކަން ޤަބޫލުފުޅު ނުކުރެއްވުނީ އެހެންވެ ކަމަށް ވެދާނެއެވެ. ހަމަހިލާ އެކަން ޤަބޫލުކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ. އެހެންނަމަވެސް ގިނަ ބަޔަކު ސުވާލު އުފެއްދީ އެމަނިކުފާނަށް އެއަދަދަށްވެސް ވޯޓު ލިބިވަޑައިގަތީ ކިހިނެއްތޯއެވެ؟ އިވޭ އަޑުތަކަށް ބަލާއިރު، އަދި މިހާރު ހާމަވަމުންދާ ހަޤީޤަތަށް ބަލާއިރު ބިރު ދައްކައިގެންނާއި އޮޅުވާލައިގެންނާއި ރައްޔިތުންނަށް އަވާމެންދުރު ދައްކައިގެންވެސް ވޯޓުތަކެއް ލިބިދާނެއެވެ. 

ރައީސް ޔާމީން އެންމެ ބާރު ދެއްކެވީ ފުލުހުންނާއި ސިފައިންނާއި ކޯޓުތަކާއި މަޖިލިސް މެދުވެރިކޮށެވެ. ބޭނުންފުޅުވާ ކޮންމެ ގޮތަކަށް ކޮންމެ ތަނަކުން ކަންތައް ކުރަމުން ދިޔައެވެ. އެހެންނަމަވެސް މުއައްސަސާތަކަށާއި މީސްމީހުންނަށް ހަމައިސްކޮޅަށް ތެދުވެ، ނޭވާލަން ފުރުސަތު ލިބުމުން ކަންތައް ވާން ފެށި ގޮތް ބައްލަވާށެވެ. އެންޓިކޮރަޕްޝަން ކޮމިޝަނަށް ސަރުކާރުގެ ތެރެއިން ކޮރަޕްޝަން ހިނގާ ވާހަކަ ދައްކަން ކެރިއްޖެއެވެ. މީޑިއާތަކާއިމެދު އަމަލުކުރެވުނީ ރަނގަޅަށް ނޫންކަމަށް ބްރޯޑްކޮމްއިން އެއްބަސް ވެއްޖެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލަށާއި، ކޯޓުތަކަށް ޝަރުއީ މަރުޙަލާގެ ކަންކަން ހިނގަނީ ރަނގަޅަށް ނޫންކަމަށް ބުނެވިއްޖެއެވެ. ޤާނޫނު ހިނގަނީ އެންމެންގެ މައްޗަށްކަން ފުލުހުން ޤަބޫލުކޮށް، ރައީސް ޔާމީން އަމިއްލަފުޅަށް ތަންފީޒުކުރެއްވި އެއްވެއުޅުމާއި ބެހޭ ޤާނޫނާއި އެމަނިކުފާނު ޚިލާފުވެވަޑައިގަތުމުން އެމަނިކުފާނު މުޒާހަރާކުރައްވަން ހުންނަވަނިކޮށް އެސްއޯ ފުލުހުން ގޮސް އެމަނިކުފާނު އެތަނުން ދުރަށް ޖެއްސިއެވެ. 

މިއަދު ރައީސް ޔާމީން އެކަނި ވެއްޖެއެވެ. އަރިހުގައި އުޅުއްވިހާ ވަޒީރުން ކޮބައިތޯއެވެ؟ މަޖިލިސް ދެތިން މެމްބަރަކު ފިޔަވައި ރައީސް ޔާމީން ދިފާޢުކުރައްވައި ވާހަކަ ދައްކަވާ ބޭފުޅަކު ނެތެވެ. ޕާޓީގެ ކައުންސިލް ބައްދަލުވުންތަކުގައިވެސް ރައީސް ޔާމީނަށް ކައުންސިލް މެމްބަރުން އެގޮވަނީ ގޮވާނެ އެއްޗެކެވެ. އެއީ ކުރިން ރައީސް ޔާމީން ފެންނަ އިރަށް ކުރުނީސްކޮށް، އަދަބު އަދާކޮށް، ތުރުތުރު އަޅައަޅައި ތިއްބެވި ބޭފުޅުންނެވެ. މިއަދު ރައީސް ޔާމީން ފެނުމުން 'ކަހަރުވަކެކޭ'ވެސް ހިތަށް ނާރައޭ ބުނަނީ އޭގެ ތެރެއިން އެކެއް ނުވަތަ ދެ މެމްބަރުންނެއް ނޫނެވެ. 

މަޖިލިސް ތެރެއިން ބުރާސްފަތި ދުވަހު ފެނިގެން އެދިޔައީ ރައީސް ޔާމީންގެ އަސްލު ސައިޒްކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. 80 މެމްބަރުން ދިން ވޯޓެއްގައި ރައީސް ޔާމީންގެ ދިފާޢުގައި އެންމެ ހަރުއަޑުން ވާހަކަ ދައްކަވާ އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމަށް ގެންނަން ވޯޓު ދެއްވީ އެންމެ 16 މެމްބަރުންނެވެ. މަޖިލީހަށް 53 މެމްބަރުންނާއިއެކު 2014 ގައި ވަތް ޕާޓީ ކޮބައިތޯއެވެ؟ ސުޕަ މެޖޯރިޓީ ނަންގަވައިގެން ކުރެއްވުނީ ކީއްތޯއެވެ؟ ކަށިން ހިތްވަރު ނެރެ 12 މެމްބަރަކު ޕާޓީ ދޫކުރައްވައި ނިކުންނެވީމާ ދެން ތިއްބެވި މެމްބަރުން މައިތިރިކުރަން ޖެހި ދަންތުރައިގައި ގަތް ބިރުގެ ސަބަބުން ގިނަ މެމްބަރުން ޖެހުނުކަމަށް މިހާރު ޤަބޫލުކުރަން ޖެހެއެވެ. އެހެންނަމަވެސް މިހާރު މިނިވަންވީއެވެ. 

އަލުން އަނެއްކާ އިންތިޚާބު ބޭއްވޭތޯ ރައީސް ޔާމީން ލައްކަ މަސައްކަތް ކުރެއްވިއެވެ. އެކަމަކު އެކަންވީ ބޭކާރު މަސައްކަތްތަކަކަށެވެ. ފުރާޅުން ޓިނު ނުނަގާނެކަމުގެ ޔަޤީންކަން ފަނޑިޔާރުންނަށް ލިބުމުން އެބޭފުޅުންވެސް ބިރު ކެނޑިއްޖެއެވެ. 

އަލުން އިންތިޚާބު ބޭއްވުމުގެ ވިސްނުން ގެންގުޅުއްވިއިރު، ނާދިރު ޙާލަތެއްގައި އިންތިޚާބެއް ބޭއްވިނަމަވެސް، ލިބިވަޑައިގަންނަވާނީ ކިތައް ވޯޓުކަން އެމަނިކުފާނަށް ލަފާ ކުރެއްވޭތޯއެވެ؟ ދެވަނަ ފަހަރަށް އެ 96 ހާސްވެސް ލިބިވަޑައިގެންފާނެތޯއެވެ؟ ކޮންމެއަކަސް މިހާރު ފެންނަން އޮތް އަސްލު ސައިޒަކީ 16 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް