25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

ޖަމާލް ޚަޝޯގީ

ޚަޝޯޤީގެ މަރާލައި، އެސިޑަށް އަޅާފައިވާކަމަށް ބެލެވޭ: ތުރުކީ އޮފިޝަލުން

  • ޚަޝޯޤީ އެންމެ ފަހުން ފެނިފައިވަނީ އޮކްޓޯބަރ 2 ވަނަ ދުވަހު ކޮންސިއުލޭޓަށް ވަނުމުގެ ކުރިން
މިއުވާން މުހައްމަދު | Miuvaan

| 2 ނޮވެންބަރު 2018 | ހުކުރު 18:43 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ޚަޝޯޤީ ކޮންސިއުލޭޓަށް ވަންނަނީ -- ޓްވިޓަރ

ތުރުކީވިލާތުގެ އިސްތަންބޫލުގައި ހުންނަ ހުންނަ ސަޢޫދީ ކޮންސިއުލޭޓް ތެރޭގައި މަރާލި ސަޢޫދީ ނޫސްވެރިޔާ ޖަމާލް ޚާޝޯޤީ މަރާލައި، އޭނާ އެސިޑް އެއްޗަކަށް އަޅައި ހަށިގަނޑު ނައްތާލަފައިވާކަމަށް ބެލެވޭކަމަށް ތުރުކީގެ އިސް އޮފިޝަލު ވިދާޅުވެއްޖެއެވެ. 

ތުރުކީވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ޚާއްސަ މުޝީރެއްކަމަށްވާ ޔާސިން އަކްތޭ ވިދާޅުވީ ޚަޝޯޤީގެ ހަށިގަނޑު އެސިޑަށް އަޅައި، އޭނާގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް ނެތް ގޮތަށް ހަދާފައިވާކަމަށް ބެލެވޭކަމަށާއި، އެމައްސަލައިގައި ބުއްދިއަށް އަންނަ އިތުރު އެހެން ގޮތެއް ނެތްކަމަށެވެ. ޚަޝޯޤި ކޮންސިއުލޭޓް ތެރޭގައި މަރާލާފައިވާކަން ސަޢޫދީއިން އެންމެ ފުރަތަމަ ދޮގު ކުރިނަމަވެސް، އެޤައުމުގެ ވާހަކަތައް ބަދަލުކޮށް، އޭނާ މަރާލާފައިވާކަމަށް ފަހުން ވަނީ އެއްބަސްވެފައެވެ. އަދި އެމައްސަލައިގައި ބަޔަކު މީހުން ހައްޔަރުކޮށް، ސަޢޫދީ ސިއްރު ފުލުހުންނާއި ސަރުކާރުގެ ތެރެއިން ބައެއް ފަރާތްތައް މަޤާމުން ދުރުކުރިއެވެ.

އެހެން ނަމަވެސް މިއަދާއި ހަމަޔަށްވެސް ޚަޝޯޤީގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ. އޭނާ މަރާލާފައިވަނީ މީގެ އެއް މަސްދުވަސް ކުރިން މިދިޔަ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ރަސްމީ ލިޔެކިޔުންތަކެއް ބަލައި ސަޢޫދީ ކޮންސިއުލޭޓަށް ވަތް ފަހުންނެވެ. 

ތުރުކީގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ޔާސިން އަކްތޭ ވިދާޅުވީ އެސިޑަށް އަޅައި، ނައްތާލުމުގެ ކުރިން އެކަން ކުރަން ފަސޭހަޔަކަށް ޚަޝޯޤީގެ ހަށިގަނޑު ބުރިބުރިކޮށްލާފައިވާކަމަށެވެ. 

ޚަޝޯޤީގެ މަރާލުމުގެ ފަހަތުގައި ސަޢޫދީ ޝާހީ އާއިލާގެ އަތެއްވާކަމަށް އެތައް ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. އެހެން ނަމަވެސް ސަޢޫދީއިން އެކަން ދޮގުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް