19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ތައުލީމީ ދާއިރާ

ތައުލީމީ ދާއިރާ ބޮޑު ބަދަލަކަށް ބޭނުންވެފައި!

  • ތައުލީމު ހާސިލް ކުރުމަށްޓަކައި ރައްޔިތުން މި ހާލެއްގައި ގަނަތެޅެން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
ސިމާހާ ނަސީމް | sim_kamana

| 2 ނޮވެންބަރު 2018 | ހުކުރު 17:59 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!


އަމީނިއްޔާ ސުކޫލްގެ ދަރިވަރުން -- ފޮޓޯ: މުހައްމަދު ޝަރުހާން

ދިވެހިންނަކީ ޒަމާނުއްސުރެ ދަރިންނަށް ރަނގަޅު ފެންވަރެއްގެ ތައުލީމެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ބައެއްކަން ދިވެހި ތާރީހުން އެނގެއެވެ. ތައުލީމަށްޓަކައި، ފޮށިތައްމަތި ބަނދެ ދިރިއުޅުމަށް ކުރަމުންދާ މަސައްކަތާއި އަމިއްލަ ގެދޮރު ދޫކޮށް ބޮޑު ކުލީގައި އުޅެން މާލެސިޓީއަށް ހިޖުރަކޮށްފައިވާ މީހުންގެ އަދަދާއި މެދު ވިސްނާލުމުންވެސް މިކަން ހާމަވެގެން ދެއެވެ.

އަދިވެސް ރައްޔިތުންނަށްޓަކައި ސަރުކާރުން ނުފުއްދިވާ ކަންތައްތަކަކީ ރައްޔިތުންގެ އެންމެ އަސާސީ ހިދުމަތްތަކެވެ. އެގޮތުން ބޯހިޔާވަހިކަމާއި ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ނިޒާމަކުން ފެށިގެން ގޮސް ތައުލީމީ ދާއިރާއާ ހަމައަށް ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހެއެވެ. ރާއްޖޭގެ ގިނަ ރަށްތަކަށް ބަލާލިޔަސް އެންމެ މަތިން ތައުލީމް ހާސިލް ކުރެވޭނީ ގްރޭޑްގެ 10 އަކާއި ހަމައަށެވެ. އާއިލާ ދޫކޮށް، ރައްޓެހިން ދޫކޮށް، އަމިއްލަ ވަޒަން ދޫކޮށް މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި އަންނަން ޖެހެނީ މާލެ ސިޓީއަށެވެ. މިކަމުގެ ސަބަބުން އެ އަންނަ ކުއްޖާއަށް ވެސް ވަރަށް ގިނަ ދަތި އުނދަގޫތަކާއި ދިމާވެއެވެ. ކޮންމެ އާއިލާއަކީ މާލީ ތަނަވަސްކަން އެންމެ މަތީ ފެންވަރަށް ލިބިފައިވާ އާއިލާއަކަށް ނުވުމުގެ ސަބަބުން އެ އަންނަ ކުއްޖާ ޖެހޭނީ ޕާޓްޓައިމްއަށް ކޮންމެވެސް ވަޒީފާއެއް އަދާކުރަމުން ހުންނަ ގެއަށް ފައިސާ ދައްކަމުން، ދެން ބާކީ އޮންނަ ފައިސާ އިން ކިޔެވުމަށާއި އަމިއްލަ ހަރަދު ބަލަހައްޓާށެވެ.

ހަޤީޤަތުގައި ތައުލީމު ހާސިލް ކުރުމަށްޓަކައި ރައްޔިތުން މި ހާލެއްގައި ގަނަތެޅެން ޖެހުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މި ސަރުކާރުން މިއަދު މިވަނީ ރައްޔިތުންނަށް ތައުލީމް ފޯރުކޮށްދިނުމަށްޓަކައި ނުކުޅެދިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެން އޮތީ އަންނަ އޮތް ކޯލިޝަން ސަރުކާރުގެ ވާހަކައެވެ. ކޯލިޝަން ސަރުކާރުގެ މެނިފެސްޓޯގައި ވަނީ ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ގިނަ ލުއިފަސޭހަތަކެއް ގެނެސްދިނުމަށް ވައުދުވެފައެވެ. އެގޮތުން މެނިފެސްޓޯގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު ހުރިހާ މަދަރުސާއެއްގެ ކިޔެވުމުން އެއްދަންފަޅިއަށް ބަދަލުކުރުމާއި ތައުލީމީ މުއައްސަސާތަކުން ދޭ ތައުލީމަކީ އިސްލާމީ ގިއުގަނޑުގެ ދެވޭ ތައުލީމެއްކަން ކަށަވަރުކުރުމާއި ބޯޑިންގ މަދަރުސާތަކާއި ސަރަހައްދީ ދަނާލުތައް އުފައްދައި ކުރިއެރުވުމުގެ އިތުރުން ކޮންމެ ރަށެއްގައި ވެސް ހުރެގެން ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާނެކަމަށް ކޯލިޝަން ސަރުކާރުން ބުނެއެވެ.

ގިނަ ރައްޔިތުން ދެކޭ ގޮތުގައި ސުކޫލްތަކުގެ ކިޔެވުމުން އެއް ދަންފަޅިއަކަށް ބަދަލު ކުރުމުން ވަރަށް ފަސޭހަވެގެންދާނެއެވެ. އެކަމުގެ ސަބަބުން ކުދިންނަށް ގޭގައި ތިބެގެން ފިލާވަޅު މުރާޖާ ކުރުމަށް އިތުރަށް ވަގުތު ލިބި ސުކޫލް ހިންގާ އިތުރު ހަރަކާތުގައި ބައިވެރިވުމަށް ފަސޭހަވެ ޓީޗަރުންނަށް ވެސް ސުކޫލް ނިންމުމުންފަހު އެ އޮންނަ ވަގުތުގައި އަމިއްލަ ކުރިއެރުމަށްޓަކައި މަސައްކަތް ކުރުމުގެ ޖާގަ ހުޅުވިގެންދާނެއެވެ. މީގެ އިތުރުން ކޮންމެ ރަށެއްގައި ވެސް ހުރެގެން ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލުމުން އެ ކުދިންނަށް އަމިއްލަ ވަޒަނުގައި އަމިއްލަ އާއިލާއާއެކުގައި ތިބެ އިތުރު އުނދަގުލެއް ނުޖެހި ކިޔެވުމުގެ މަގު ތަނަވެސްވެގެންދާނެއެވެ.

ކޯލިޝަން ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް ކުރިއަތް އޮތް ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ފުއްދިއްޖެކަމުގައިވާނަމަ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް އައިސް ދަރިންނަށް ރަނގަޅު ފެންވަރެއްގައި ތައުލީމު ފޯރުކޮށްދިނުމުގެ މަގު ތަނަވެސްވެގެންދާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޙާލިދާ

2 ހަފްތާކުރިން

ކްރައިޓީރިއާ ބަދަލު ކުރުންވެސް ފަހު އަހަރަކުނޫން ކުރާނީ. ޓިއުޝަންވެސް އެހާ އަގުބޮޑު. ކީއްކުރާނީ ސްކޫލް ތަކުގައި ފެންވަރުދަށް ކިޔަވައިދޭން ނޭނގޭ މީހުން ބައިތިއްބާވިއްޔަ

0
0
Fed up parent

2 ހަފްތާކުރިން

Hulhumale ga hingaa gateway ge haqeeqaiy coalition sarukaarun balaalun varah muhinmu

0
0