11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ނިއު ކެލިޑޯނިއާ

ފްރާންސްގެ އަތްދަށުން މިނިވަންވުމަށް ނިއު ކެލިޑޯނިއާ އިން ވޯޓް ނަގަނީ

  • ނިއު ކެލިޑޯނިއާ ފްރާންސްގެ އަތްދަށަށް ގެންގޮސްފައި ވަނީ 1853ގައި
އަބުދުﷲ މުހައްމަދު | 8Abbo

| 2 ނޮވެންބަރު 2018 | ހުކުރު 10:01 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


1987 ގައި ވެސް ނިއު ކެލިޑޯނިއާގެ މިނިވަންކަމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވޭ -- އާކައިވް

ފްރާންސްގެ އަތްދަށުން މިނިވަންވެ ފުރިހަމަ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އާދީއްތަ ދުވަހު ވޯޓް ނެގުމަށް ޕެސިފިކްގެ ގައުމެއް ކަމަށްވާ ނިއު ކެލިޑޯނިއާ އިން ނިންމައިފިއެވެ.

އޮސްޓްރޭލިއާ އިން ފުރައިގެން ތިންގަޑިއިރުގެ ފްލައިޓެއްގައި ދެވޭ ނިއު ކެލިޑޯނިއާގައި އެ ގައުމުގެ އަސްލު ވަޒަންވެރިން ކަމަށްވާ ކެނަކް ދަރިކޮޅުގެ މީހުން 1980 ގައި މިނިވަން ކަމަށް ވުރެ ބޮޑަށް ތާއީދުކުރީ ފްރާންސްގެ އަޅުވެތިކަމުގައި އޮތުމަށެވެ.

އާދީއްތަ ދުވަހު ނަގާ ވޯޓްގައި 174،000 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ. ނިއު ކެލިޑޯނިއާގެ މިނިވަންކަމަށް ފެނޭތޯ ބެލުމަށް ވޯޓް ނެގޭ މިއީ ދެވަަނަ ފަހަރެވެ.

އެންމެ ފުރަތަމަ ވޯޓް 1987ގައި ނަގާފައިވާއިރު ކަނަކް ދަރިކޮޅުވަނީ އެ ވޯޓް ބޮއިކޮޓްކޮށްފައެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ 98 އިންސައްތައަށް ވުރެ ބޮޑު އަޣުލަބިއްޔަތަކުން އެ ގައުމު ފްރާންސްގެ ދަށުގައި އޮތުމަށް ތާއީދު ލިބިގެންދިއުމެވެ.

ނިއު ކެލިޑޯނިއާގެ 279،000 މިހުންގެ އާބާދީގެ ތެރެއިން 27 އިންސައްތައަކީ ޔޫރަޕް ދަރިކޮޅުގެ މީހުން ކަމަށްވާއިރު ގިނައީ ފްރާންސް ދަރިކޮޅުގެ މީހުންނެވެ. އާބާދީގެ 39 އިންސައްތައަކީ އެގައުމުގެ އަސްލު ވަޒަންވެރިން ކަމަށްވާއިރު ބާކީ ތިބި ފަރާތްތަކަކީ ޕްސިފިކްގެ ގައުމުތަކާއި އޭޝިއާ އިން ހިޖުރަކޮށްފައިވާ މީހުންނެވެ.

ނިއުކެލިޑޯނިއާ ފްރާންސްގެ އަތްދަށަށް ގެންގޮސްފައި ވަނީ 1853ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް