24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

ލަންކާގެ ސިޔާސީ މަސްރަހު

ލަންކާގެ ޤާނޫނު ހަދާ މަޖިލިސް އަވަހަށް ބޭއްވޭކަށް ނެތް!

  • ޖަލްސާތައް އަލުން ފަށަން ކުރިން ނިންމީ މިމަހުގެ 16 ވަނަ ދުވަހު
މިއުވާން މުހައްމަދު | Miuvaan

| 2 ނޮވެންބަރު 2018 | ހުކުރު 04:33 | |

މަގުބޫލް

  1. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  2. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  3. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. ވިހަ ބަނގުރަލެއް ބޮއެގެން އައްސާމުގައި 50އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ރާޖަޕަކްސަ (ވ): ހޯމަ ދުވަހު ޕާލަމެންޓް ފެށޭނެކަމަށް ކުރިން ވިދާޅުވި -- ސޯޝަލް މީޑިއާ

އަންނަ ހޯމަ ދުވަހު ބަންދުކޮށްފައިވާ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ފެށޭނެކަމަށް ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި މަހިންދަ ރާޖަޕަކްސަ ވިދާޅުވިނަމަވެސް އެދުވަހު ޖަލްސާތައް ފެށުމުގެ ފުރުސަތު ކުޑަކަމަށް ރާޖަޕަކްސަގެ އަމިއްލަފުޅު ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެއްޖެއެވެ. 

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް ވަގުތީ ގޮތުން ބަންދުކުރެއްވީ ބޮޑުވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އެމަޤާމުން ދުރުކޮށް، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް ގެނައުމަށްފަހުއެވެ. ރަަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫ.އެން.ޕީ) އިން ބުނަމުންދަނީ ރަނިލްއަށް ޕާލަމެންޓްގެ މެޖޯރިޓީ އެބައޮތްކަމަށާއި، ރާޖަޕަކްސަ މަޤާމަށް އައްޔަންކޮށްފައިވަނީ ލަންކާގެ ޤާނޫނު އަސާސީއާއި ޚިލާފަށްކަމަށެވެ. 

ރަނިލް ވިދާޅުވަމުން ގެންދަވަނީ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއްގައި އެމަނިކުފާނަށް ތާޢީދު އޮތްކަން ސާބިތު ކޮށްދެއްވާނެކަމަށެވެ. މުހައްލިލުން ބުނާ ގޮތުގައި މިމަހުގެ 16 ވަނަ ދުވަހާއި ހަމަޔަށް ޤާނޫނު ހަދާ މަޖިލިސް ބަންދުކުރުމަށް ސިރިސޭނާ ނިންމެވީ ރާޖަޕަކްސައަށް ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ނެންގެވުމަށް ފުރުސަތު ދެއްވުމަށެވެ. އެހެންނަމަވެސް އެމަނިކުފާނަށް މެޖޯރިޓީ ނެންގެވުނުކަމެއް އަދި ކަށަވަރެއް ނޫނެވެ. 

ސިރިސޭނާއާއިއެކު ބައްދަލުކުރެއްވުމަށްހު ރާޖަޕަކްސަ ވިދާޅުވީ މިމަހުގެ 5 ވާ ހޯމަ ދުވަހު ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އެހެންނަމަވެސް ރާޖަޕަކްސަގެ ޕާޓީ ސްރީލަންކާ ޕޮޑުޖާނަ ޕެރަމުނަ (އެސް.އެލް.ޕީ.ޕީ)ގެ އޮފީހުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުސިލް ޕްރެމަޖަޔަންތަ ވިދާޅުވީ މަޖިލިސް ބަންދުކުރުމަށްފަހު އަލުން ހުޅުވުމަށް ސަރުކާރު ހުޅުވިފައިވާ 3 ދުވަސް ބޭނުންވާކަމަށެވެ. ހޮނިހިރު އަދި އާދިއްތައަކީ ހަފްތާ ބަންދުކަމަށްވުމުން އެކަން ކުރައްވަން ސިރިސޭނާއަށް ތަން ނުދޭކަމަށް ސުސިލް ވިދާޅުވިއެވެ.

ލަންކާގައި މި ވަގުތު ބޮޑުވަޒީރުކަމަށް ދައުވާކުރައްވާ 2 ބޭފުޅުން ތިއްބެވިއިރު އެޤައުމު އޮތީ ޤާނޫނު އަސާސީ މާނަކުރުމުގައި ދެބަސްވުމަކަށް ގޮސްފައެވެ. އަދި މިމައްސަލަ ހައްލުކުރުމަށް ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް އަވަށް ފެށުން މުހިއްމެވެ. އަނެއްކޮޅުން ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވިދާޅުވަމުން ގެންދަވަނީ އަދިވެސް ބޮޑުވަޒީރަކީ ރަނިލް ވިކްރަމަސިންހަ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް