25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:18
މަޣްރިބް 18:18
އިޝާ 19:29

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ

ޝާހިދު ސަރުކާރަށް، ދެން ކާކު؟

  • ސަރުކާރުގައި ޚިދުމަތް ކުރެއްވުމަށް މަޖިލީހުން އިސްތިއުފާ ދެއްވާނެކަން އޮކްޓޯބަރު 11ގައި ޝާހިދު އިއުލާންކުރެއްވި
މިއުވާން މުހައްމަދު | Miuvaan

| 1 ނޮވެންބަރު 2018 | ބުރާސްފަތި 23:51 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ރައީސް ނަޝީދަށް އަބްދުﷲ ޝާހިދު އެއަރޕޯޓުން މަރުޙަބާ ދަންނަވަނީ -- ސޯޝަލް މީޑިއާ

އިބްރާހިމް މުހައްމަދު ސޯލިޙަށް އިންތިޚާބު ކާމިޔާބުކުރެވި، ވެރިކަން ބަދަލުކުރުމުގެ މަރުޙަލާ ހިންގެވުމުގެ ކަންތައް ޙަވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއިއެވެ. އެމަނިކުފާނާއި އެމަސައްކަތް ހަވާލުކުރެއްވުމުން މަޖިލިސް މެމްބަރަކާއި އެކަން ހަވާލުކުރެއްވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވިއެވެ. އެހެންނަމަވެސް އެކަން ކުރެއްވުމުގެ ޙިކުމަތް މާގިނަ ދުވަސްތަކެއް ނުވެ، ހާމަވިއެވެ. 

މަޖިލީހުގެ ރައީސްކަމާއި, ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ އަދި ސިޔާސީ ގޮތުންވެސް ބަސް ވިކޭ ޝާހިދު މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައި، އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުގައި ޚިދުމަތްކުރައްވާނެކަން އޮކްޓޯބަރު 11 ގައި ހާމަކުރެއްވިއެވެ. އިބްރާޙިމް މުހައްމަދު ސޯލިޙާއިއެކު 1995 ވަނަ އަހަރު މަޖިލީހަށް ވަޑައިގެންނެވި ޝާހިދު، ރައީސް ސޯލިޙްގެ ސަރުކާރުގައި ޚިދުމަތްކުރައްވާނީ ކޮން ދާއިރާއަކުން ކަމެއް ވިދާޅެއް ނުވެއެވެ. 

މާލެ ވަޑައިގަތުމަށްފަހު ނޫސްވެރިންނާއި އެންމެ ފުރަތަމަ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވެސް ވަނީ ޝާހިދު ސަރުކާރާއި ގުޅިވަޑައިގަންނަވާ ވާހަކައަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޝާހިދަކީ ވަރަށް ޤާބިލް ބޭފުޅެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެހެންކަމުން ކެބިނެޓް ލެވެލްގެ މަޤާމަށް އެމަނިކުފާނު ވަޑައިގަންނަވާނެކަމަށް ބެލެވެއެވެ. 

ދެން އޮތް ސުވާލަކީ މަޖިލިސް ތެރެއިން ސަރުކާރަށް ވަޑައިގަންނަވާނީ ކޮން ބޭފުޅުންނެއްތޯއެވެ؟ މަޖިލީހުގައި ކަމަށް ޤާބިލް ބޭފުޅުންވެސް އެބަތިއްބެވިއެވެ. އަދި މަޖިލީހުން ބޭރުންވެސް ސަރުކާރަށް ވަޑާއިގަންނަވާނެ ޤާބިލް އެތައް ބޭފުޅުންނެއް އެބަތިއްބެވިއެވެ. ތުންތުންމަތިން އެކިއެކި ބޭފުޅުން އެކިއެކި މަޤާމުތަކަށް ވަޑައިގަންނަވާ ވާހަކަ އިވެއެވެ. އެހެންނަމަވެސް އެއް މަޤާމަކަށް އެއް ބޭފުޅަކު ވަޑައިގަންނަވާ ވާހަކަ ބޭފުޅަކު ވިދާޅުވެފައި، އޭގެ ފަސް މިނެޓް ފަހުން އެފެންވަރުގެ އެހެން ބޭފުޅަކާއި ދިމާވުމުން ހަމަ އެމަޤާމަށް އެހެން ބޭފުޅަކު ވަޑައިގަންނަވާ ވާހަކަ ވިދާޅުވެއެވެ. އެހެންވީމާ އަދި މަޤާމުތަކުގެ ކަންކަން އެއްކޮށް ހަމަޖެހިފައިވާކަން ޔަޤީނެއް ނޫނެވެ. ޔަޤީންކޮށް އެނގޭކަމަކީ ޝާހިދު ވިދާޅުވިހާ ފާޅުގައި ސަރުކާރުގައި ޚިދުމަތްކުރައްވަން ނިކުމެވަޑައިގަންނަވާ ވާހަކަ އެހެން ބޭފުޅަކު އިއުލާންކުރައްވާފައި ނުވާކަމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް