16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ހޮލީވުޑް

ހިލަރީ ޑަފް އަށް އަންހެން ކުއްޖަކު ލިބިއްޖެ

  • ދަރިއަކު ލިބެން އުޅޭ ކަން އިއުލާންކުރީ ޖޫން މަހު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 1 ނޮވެންބަރު 2018 | ބުރާސްފަތި 14:57 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ހިލަރީ ޑަފް އޭނާގެ ލޯބިވެރިޔާ އަދި ދަރިފުޅާ އެކު -- އާކައިވް

އެމެރިކަން އެކްޓަރ ހިލަރީ ޑަފް އާއި އޭނާގެ ލޯބިވެރިޔާ މެތިވް ކޮމަޓް އަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ޑަފް 31، ވަނީ އޭނާއަށް އަންހެން ދަރިއަކު ލިބުނުކަން އިއުލާން ކޮށްފައެވެ.

 އެ ދަރިފުޅަށް ދީފައިވާ ނަމަކީ ބޭންކްސް ވިއޯލެޓް ބެއަރއެވެ.

މި އުފާވެރި ޚަބަރު އޭނާގެ ފޭނުންނާ ހިއްސާކޮށް ޑަފް އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ފޮޓޯގައި އެ ދެމީހުން ފެނިގެންދަނީ ދަރިފުޅު އުރައިގެން ހިނިތުންވެފައި ތިއްބައެވެ.

މީގެ އިތުރުން ވެސް ޑަފް ވަނީ ދަރިފުޅުގެ ކައިރިން ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ލާފައެވެ.

އެ ދެ މީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފައި ވަނީ މިދިޔަ ޖޫން މަހުއެވެ.

ޑަފްގެ އިތުރުން ކޮމާ ވެސް ވަނީ އެ ދެ މީހުންނަށް އަންހެންދަރިއަކު ލިބުނުކަން އޭނާގެ ފޭނުންނާ ހިއްސާކޮށްފައެވެ.

އަންހެން ދަރިފުޅު ވެގެންދާނީ އޭނާގެ މަންމަ ފަދަ ރީތި އަދި ސްވީޓް ކުއްޖަކަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މި ދެ މީހުން ވަނީ ފޮޓޯ ޝޫޓެއް ކޮށްފައެވެ.

މި ދެ މީހުން އެކުގައި އުޅުނު ނަމަވެސް ކައިރި މުސްތަގްބަލެއްގައި އެންގޭޖް ކުރުމަށް ހަމަޖެހިފައެއް ނުވެއެވެ.

"އެ ދެ މީހުން އެހާ އަވަސް އަރުވާލައިގެން ކައިވެނި ކުރާކަށް ބެނުމެއް ނުވޭ. އެމީހުންނަށް އިހުސާސްވަނީ ކައިވެނިކޮށްގެން އުޅޭ ކަމަށް. ކޮންމެހެން ސޮއިކޮށްފައި އޮތް ޑޮކިއުމެންޓެއް ބޭނުމެއް ނުވޭ،" ގާތް މީހަކާ ހަވާލާދީ އީ -ނިއުސްގައި ރިޕޯޓްކޮށްފައި ވެއެވެ.

ޑަފް އަށް ވަނީ މީގެ ކުރިން ވެސް ފިރިހެން ދަރިއަކު ލިބިފައެވެ. އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ މައިކް ކޮމްރީގެ ދަރިއެކެވެ. ހަ އަހަރުގެ މި ދަރިފުޅަށް ދީފައިވާ ނަމަކީ ލޫކާ ކޮމްރީއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް