24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:38
މެންދުރު 12:23
އިރުއަރާ 06:17
ފަތިސް 05:05

ރައީސް ނަޝީދު މާލެ ވަޑައިގަތުން

ލައިލާގެ ފަށުފުލަށް ނަޝީދުގެ ތަފާތު އިހުސާސްތަކެއް!

  • ނަޝީދު ވަނީ އަނބިކަނބަލުންގެ ފަށުފުލުގެ ފޮޓޯއެއް ބަންޖަކާ އެކު ޓްވީޓް ކުރައްވާފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 1 ނޮވެންބަރު 2018 | ބުރާސްފަތި 13:37 | |

މަގުބޫލް

  1. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  2. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  3. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. ވިހަ ބަނގުރަލެއް ބޮއެގެން އައްސާމުގައި 50އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާގެ ކަރުގައިވާ ފަށުގައި އަޅުވާފައިވާ ފަށުފޫ -- ޓްވިޓަރ

އިނގިރޭސި ވިލާތުގެ ހިމާޔަތުގައި ހުންނެވުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އަޅުއްވާފައިވާ ފަށުފުލުގެ ފޮޓޯއާއެކު މިނިވަންކަމުގެ "އިހުސާސްތައް" ބަންޑުން ކޮށްލައްވައިފިއެވެ.

ކޮލަމްބޯ އެއާޕޯޓްގައި ހުންނަވައި ލައިލާގެ ފަށުފުލުގައި ލައްވާފައިވާ ދޮންދޫނީގެ ފޮޓޯއެއް އެޓޭޗްކުރައްވައި ކުރައްވާފައިވާ ޓްވީޓްގައި ނަޝީދު ލިޔުއްވާފައި ވަނީ "ކަލޯ މަގެ ދޮން ދޫންޏާ މުޅިން ފިލީހޭ، ކަލޯ ކޮށީގައި އިނުމަށް ފޫހިވަނީހޭ، ކަލޯ ރުހޭހާ ގޮތަކަށް ހަދާމަދޭނަން، މިއަޑު އަހާ ދޮން ދޫންޏާ އަންނަން އުޅޭށޭ" އެވެ.

 

ރައީސް ނަޝީދު 2016 ވަނަ އަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުން ރައީސް ޔާމީންގެ ސަޕޯޓަރުން އޭރު ޓްވީޓްކުރި މި ބަނދި، މުޅިން ތަފާތު އިހްސާސްތަކެއްގެ ގެނުވާ ގޮތަށް ރައީސް ނަޝީދު ހިއްސާ މިކުރެއްވީ، ތިން އަހަރު ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމުގެ ވަގުތުކޮޅެއް ކުރިންނެވެ. 

ކުރިން ގައިދީއެއްގެ ގޮތުގައި ހުންނެވި ނަމަވެސް، އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުގެ ކުރިން 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

ރައީސް ނަޝީދު މިނިވަންކުރުމަށް ވޭތުވެދިޔަ ތިން އަހަރު ލައިލާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވެވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް