19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ބޮލީވުޑް

ޒީރޯގެ ޓްރެއިލާ ރިލީޒް ކުރުން ޝާހުރުކް ޚާންގެ އުފަންދުވަހު

  • މި ފިލްމްގެ ދެ ޕޯސްޓަރު ވަނީ ރިލީޒް ކޮށްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 1 ނޮވެންބަރު 2018 | ބުރާސްފަތި 11:52 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!


ޝާހުރުކް ޚާން -- ގެޓީ އިމޭޖާސް

ޝާހުރުކް ޚާންގެ ފިލްމް "ޒީރޯ"ގެ ޓްރެއިލާ އޭނާގެ އުފަން ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ނޮވެމްބަރު މަހުގެ 2 ގައި ޝާހުރުކް ޚާންގެ 53 ވަނަ އުފަން ދުވަސް ފާހަގަ ކުރާއިރު މި ޓްރެއިލާ ރިލީޒް ކުރުމަށް ބޮޑު އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޒީރޯގެ ޓްރެއިލާ ރިލީޒް ކުރުމުގެ އެއްދުވަސް ކުރިން މިވަނީ އެ ފިލްމްގެ ދެ ޕޯސްޓަރު ދައްކާލާފައެވެ. ފުރަތަމަ ޕޯސްޓަރުގައި ޝާހުރުކް އާއި ކެޓްރީނާ ކެއިފް ފެނިގެންދަނީ ރޯމޭންޓިކް ޕޯސް އެއްގައެވެ.

މި ޕޯސްޓަރުގެ ކެޕްޝަންގައި ޝާހުރުކް ޚާން ކެޓްރީނާ ޑިސްކްރައިބް ކޮށް ލިޔެފައިވަނީ "ސިތާޜޯންކޭ ހުވާބް ދޭކްނޭ ވާލޯން، ހަމްނޭތޯ ޗާންދްކޯ ގަރީބްސޭ ދޭކާހޭ" އެވެ.

އެ ޕޯސްޓަރު ކެޓްރީނާ ފެނިގެން ދަނީ ރަތް ކުލައިގެ ދިގުކޮށް ހުރި ހެދުމެއް ގައެވެ.

ދެވަނަ ޕޯސްޓަރުގައި ފެނިގެންދަނީ ޝާހުރުކާއި އަނުޝްކާ ޝަރްމާ ހެޕީ މޫޑެއްގައި ތިއްބައެވެ. މި ޕޯސްޓަރުގެ ކެޕްޝަންގައި ޝާހުރުކް ލިޔެފައިވަނީ "އިސް ޕޫރީ ދުނިޔާމެއިން، މެރީ ބަރާބަރީކީ އޭކްހީތޯހޭ" އެވެ.

މި ޕޯސްޓަރުގައި އަނުޝްކާ ފެނިގެންދަނީ ވީލް ޗެއަރ އެއްގައި އިށީންދެ އިންދައެވެ. އަނުޝްކާގެ ކައިރީގައި ހިނިއައިސްފައި ޝާހުރުކް ޚާން ހުއްޓާފެނިގެން ދެއެވެ.

ޒީރޯގެ ޓްރެއިލާގެ ޚާއްސަ ސްކްރީނިން ވަނީ ބޮލީވުޑްގެ ފަންނާނުންނަށް ދައްކާލާފައެވެ.

މި ޓްރެއިލާ ބެލުމަށް ފަހު އާމިރު ޚާން ކޮށްފައިވާ ޓްވީޓްގައި ވަނީ އެ ޓްރެއިލާ އައުޓް ސްޓޭންޑިން ކަމަށެވެ. އާމިރު ވަނީ  މި ފިލްމްގައި ޝާހު، ކެޓްރީނާ އަދި އަނުޝްލާ ދައްކާފައިވާ މޮޅު އެކްޓިންއަށް ތައުރީފް ކޮށް މަރުހަބާ ކިޔާފައެވެ. އަދި މި ފިލްމް ބަލަން ކެތް މަދުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމްގައި ޝާހުރުކްގެ ނަމަކީ ބައުއާ ސިންގް އެވެ. އަދި އޭނާ މި ފިލްމްގައި ފެނިގެންދާނީ އާދަޔާ ޚިލާފަށް ކުރުމީހެއްގެ ރޯލުންނެވެ.

ކެޓްރީނާ ފެނިގެން ދަނީ ސުޕަރ ސްޓާރ އެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ފެނިގެންދަނީ ސައިންޓިސްޓެއްގެ ރޯލުންނެވެ.                                                                                          އާނަންދް އެލް ރާއީ ޑައިރެކްޓް ކުރާ މި ފިލްމްގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ                                                                                                  21 ގައެވެ.                                                                                                                                                    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް