24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:38
މެންދުރު 12:23
އިރުއަރާ 06:17
ފަތިސް 05:05

ބޮލީވުޑް

މަރުޖާވާންގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

  • މި ފިލްމަކީ ލޯބީގެ ވާހަކަ އަކަށް ތައްޔާރުކުރާ ފިލްމެއް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 31 އޮކްޓޯބަރ 2018 | ބުދަ 23:06 | |

މަގުބޫލް

  1. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  2. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  3. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. ވިހަ ބަނގުރަލެއް ބޮއެގެން އައްސާމުގައި 50އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ސިދާތް މަލޯތްރާ -- ގެޓީ އިމޭޖާސް

ބޮލީވުޑްގެ ތަރި ސިދާތް މަލޯތްރާ ދަނީ މިލަޕް ޒަވޭރީގެ ފިލްމް "މަރްޖާވާން" ކުޅުމަށް ތައްޔާރު ވަމުންނެވެ.

ފިލްމްގެ ފުރަތަމަ ޕޯސްޓާރު ޓްވިޓާގައި ހިއްސާކޮށް އޭނާ ވަނީ އެ ފިލްމް ކުޅެން ތައްޔާރުވަމުންދާކަން އިއުލާން ކޮށްފައެވެ.  މި ފިލްމްގައި މަސައްކަތް ކުރުމަށް އެކްސައިޓެޑް ވެފައި ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމިގެ ޕޯސްޓަރުގައި ލިޔެފައިވަނީ "އިޝްގުމޭ މަރޭންގޭ ބީ، މާރޭންގޭ ބީ" އެވެ. މި ބަސްކޮޅުން ދެހަވަނީ މި ފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރު ކުރާ ފިލްމެއް ކަމެވެ.

 މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެވެ.

 މި ފިލްމްގައި ސިދާތް އާއި އެކު ރިތޭޝް ދޭޝްމުކް ވެސް ފެނިގެންދާނެއެވެ.

މި ފިލްމަކީ ސިދާތް އާއި ރިތޭޝް ދޭޝްމުކް އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. މި ދެތަރިން އެކުގައި 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "އޭކްވިލަން" އިން ވަނީ ފެނިގެން ގޮސްފައެވެ.

މި ފިލްމްގައި "ސްޓޫޑެންޓް އޮފް ދަ އިޔާ 2"  ގައި ޓައިގާ ޝްރޯފް އާއި އެކު ބޮލީވުޑަށް އަލަށް ތަޢާރަފް ވެގެންދާ ތަރި ތާރާ ސުތޭރިއާ ވެސް ފެނިގެން ދާނެއެވެ.

އުމުރުން 33 އަހަރުގެ ސިދާތް މިހާރު މަސައްކަތް ކުރަމުންދާ އިތުރު ފިލްމަކަށް ބަލާއިރު ޕަރިނީތީ ޗޯޕްރާ އާއި އެކު ފެނިގެންދާ ފިލްމް "ޖަބަރިޔާ ޖޯޅީ" ހިމެނެއެވެ.

މި ދެތަރިން ވެސް ވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި ރޮމޭންޓިކް ކޮމެޑީ ފިލްމް "ހަސީތޯ ޕަސީ" އިން ފެނިގެން ގޮސްފައެވެ.

"ޖަބަރިޔާ ޖޯޅީ" އަކީ ޕްރަޝާންތް ސިންގް ޑައިރެކްޓް ކުރާ ފިލްމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް