16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

އއ. ތޮއްޑޫ

ތޮއްޑޫ ވާވު މަގު ރުކުން ޖަރީވެފައި!

  • މިމަގުގައި ރުއް އިންދީ 1954 ވަނަ އަހަރު
  • މިމަގު ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު
  • ވާވު މަގުގެ ފުޅާ މިނުގައި 20 ފޫޓު ދިގު 2120 ފޫޓް ހުރޭ
އަމްނާ އިމާދު | @amnabinthimad

| 31 އޮކްޓޯބަރ 2018 | ބުދަ 22:52 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ވާވު މަގުގައި ރުއް އިންދީ 1954 ވަނަ އަހަރު -- އާކައިވް

ޒަމާނުއްސުރެ ދަނޑުވެރިކަމަށް ޚާއްސަ ތޮއްޑޫއަކީ ކަރާހެއްދުމަށް މުޅި ރާއްޖޭގެ މަޝްހޫރުކަން ހޯދާފައިވާ ރަށެކެވެ. ދަނޑުވެރިކަމުގެ އިތުރުން އެރަށުގައި ޚާއްސަ އެތަކަމެއް ހިމެނެއެވެ. އެގޮތުން ކަރާ ދަނޑު ހައްދާ ސަރަހައްދުގެ މެދުގައި އޮންނަ ބޮޑު މަގަކީ މިހާރު އާންމުންގެ ސަމާލުކަން ލިބިފައިވާ މަގެކެވެ. ދެފަރާތުގައި ރުއް ހައްދާފައިވާ މިމަގަކީ ދިގު ފުޅާ މަގެކެވެ. މިމަގަށް ވާވު މަގު ކިޔުމީ މީހުންގެ ސަމާލުކަން އިތުރުވި ސަބަބެކެވެ.

ގެސްޓުހައުސް ވިޔަފާރިފުޅާވަމުން އަންނައިރު ފަތުވެރިންގެ މެދުގައި ވެސް މިމަގުގެ މަގުބޫލުކަން ވަނީ އިތުރުވެފަވައެވެ. މީގެ އިތުރުން އެރަށަށް ޒިޔާރާތް ކުރާ މީހުންނާއި، ފޮޓޯގްރާފަރުންގެ ހިތްތައް ވާވުމަގު ވަނީ ފަތަހަކޮށްފައެވެ. ތޮއްޑޫއަށް ޒިޔާރަތްކުރާ ކޮންމެ މީހަކު ވެސް އެމަގަށް ގޮސް ފޮޓޯއެއް ނުނަގާ އެރަށުން ފުރާގެން ނުދާނެއޭ ބުންޏަސް ދޮގަށް ނުވާނެއެވެ.

މިމަގާ ބެހޭ ގޮތުން މައުލޫމާތު ދެމުން ތޮއްޑޫ އިސްރަށްވެއްސެއް ބުނީ 1954 ވަނަ އަހަރު އއ.ގެ އަތޮޅުވެރިންނާއެކު މާލޭއިން ޒިޔާރަތް ކުރި ޓީމެއްގެ އިރުޝާދުގެ ދަށުން ރަށުގެ ފިރިހެނުންނާއި އަންހެނުން ނުކުމެ ކެނޑި މަގެއް ކަމަށެވެ. އެމަގު ކެނޑީ މޫދާ ހަމައަށް ކަމަށެވެ. ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ނުހަނު ދުރުގައި އޮންނަ އެސަރަހައްދަކީ ބޯކޮށްގަސް ހެދިފައިވާ ވަލެއްކަމަށް އެމީހާ ބުންޏެވެ.

ވާވު މަގުގައި ރުށް އިންދަން މަސައްކަތް ކުރި އަންހެނަކު ބުނީ މަގުކެނޑުމުގެ މަސައްކަތްތަކުގައި އުޅުމަށްފަހު ފަސްފޫޓު ފަސްފޫޓުގެ ދުރުމިނުގައި ކޮންމެ އަންހެނަކު ވެސް 2 ކާށި އިންދި ކަމަށެވެ.

"އެޒަމާނަކީ ކާބޯތަކެއްޗަށް ތަދު ދުވަސްވަރެއް. ދެން ބައެއް ރުށްތައް ކަނޑާ، ކުރުބާ، ކާށި، ގަބުޅި ފަދަތަކެތި ކެއުމަށް ބޭނުން ކުރި. އެހެންވީމަ ރުއްތައް މަދުވެފަ އެހޫރީ ވަރަށް. ކުރިން ވަރަށް ނަލަ. މުޅި މަގުގެ މަތި އޮންނާނީ ފަންތަކުން ބެދިފަ." އެމީހާ ބުންޏެވެ.

މިމަގަށް ވާވު މަގުކިޔުނު ގޮތާއި ބެހޭ ގޮތުން އުމުރުން 64 އަހަރުގެ މިއަންހެން މީހާ ބުނީ މަގު ކެނޑުމަށް މާލޭއިން ޒިޔާރަތް ކުރި ޓީމަކީ މާލޭގެ ވާވު ކިޔާ އޮފީހެއްގައި މަސައްކަތްކުރާ ބައެއް ކަމަށާއި، މިމީހުންގެ ތެރޭގައި ބުޓާނީ ނަމަކަށް ކިޔާ ބޭރު މީހެއް ވެސް ހިމެނޭ ކަމަށެވެ.

ވާވު މަގު ސަރަހައްދުގައި ކަރާ އިންދުމަށް ބިން ސާފުކޮށްފައި: ފޮޓޯ އިބްރާހިމް އިކްރާމް

ވާވު އޮފީހުގެ ބައެއް އެރަށަށް ޒިޔާރަތް ކުރީ ދަނޑު ހެއްދުމުގެ މަގުސަދުގައިކަން ފާހަގަކޮށް އެމީހާ ބުނީ މަގު ކެނޑުމަށްފަހު އެސަރަހައްދުގައި އެމީހުން މާލެއިން ގެނައި މުޑުވަށްތައް އިންދީ ކަމަށެވެ. އިންދީ ކުދި ފިޔާ، ހަނޑޫ، ކައްޓަލަ ކަމަށް އެމީހާ ބުންޏެވެ. އަދި ދަނޑު އިންދުމަށްފަހު ވާވު އޮފީހުގެ މީހުން ފުރައިގެން ދިޔައީއެވެ. އޭގެ ފަހުން ދަނޑުތައް ހައްދާ ބަލެހެއްޓީ ރަށު ފިރިހެނުންނާއި އަންހެނުން ކަމަށާއި، އެދުވަސްވަރު ދަނޑަށްދާއިރު "ދަނޑަށް އެފާޒުގެ ކުދިން ގޮވައިގެން، ދަނީ ބުޓާނީ ކުރީގަ ހުރެގެން" މިއީ އޭރު ކިޔާއުޅުނު ފަރިއްސެއް ކަމަށް ވެސް އެމީހާ ބުންޏެވެ.

މިމީހާ ބުނީ މިމަސައްކަތަކީ ވަރަށް ޖޯޝާ ފޯރީގައި ކުރިކަމެއް ކަމަށާއި، މިދަނޑުތަކުން ބޮޑު ފައިދާ އެއް ލިބުނު ކަމަށެވެ. މިލިބުނު ގޮވާންތައް ރަށުގެ ހުރިހާ ރައްޔިތުންނަށް ބެހީ ކަމަށާއި، ގިނަ ދުވަސްތަކެއް ވަންދެން މިގޮވާންތައް ބޭނުން ކުރި ކަމަށެވެ. މިއީ އެސަރަހައްދުގައި ދަނޑު ހައްދަން ފެށުނު ގޮތް ކަމަށާއި، އޭގެ ފަހުން ކޮންމެ އަހަރަކު ރަމަޟާން މަހަށް ޚާއްސަކޮށް މިބިމުގައި ދަނޑު ހައްދާ ކަމަށެވެ. ނަމަވެސް މިހާރު މިސަރަހައްދުގެ ބޮޑު ބައެއް އޮންނަނީ ކަރާ ހެއްދުމަށް ޚާއްސަކުރެވިފައެވެ.

ވާވު މަގަކީ އެރަށު ކައުންސިލުން ޚާއްސަ ސަމާލުކަމެއްދީގެން ބަލަހައްޓަމުންދާ މަގެއް: ފޮޓޯ: ޖުމާން އާދަމް

ތޮއްޑޫ ހުޅަނގުފަރާތުގައި އޮންނަ މިސަރަހައްދާ ބެހޭ ގޮތުން ދާދި ފަހުން ގެސްޓުހައުސް ވިޔަފާރި ހިންގަންފެށި ލެގޫން ވިލާ ތޮއްޑޫ ގެސްޓްހައުސްގެ އެއް ހިއްސާދާރު ކަމަށްވާ އަބްދުﷲ ނިހާނު ބުނީ މިރަށަށް އަންނަ ގިނަ ފަތުރުވެރިން މިމަގުގެ ރީތިކަން ފާހަގަކޮށް، މިމަގާ ބެހޭ މައުލޫމާތު ހޯދާ ކަމަށެވެ. އަދި މިއީ ފަތުރުވެރިން އެރަށަށް އަންނަ އެއްސަބަބު ކަމަށް އޭނަ ފާހަގަކުރިއެވެ.

"އަސްލު ވާވު މަގު ވަރަށް ވަވުދޯ. ވަރަށް ރީތި ނަލަ މަގެއް އެއީ. އެކަމަކު ވަވު ކީ ސަބަބެއް ނޭނގޭ. އެމަގުގަ ވަރަށް ގިނަ ފޮޓޯ ޝޫޓިންގ ތައް ކުރިއަށްގެންދާނެ" ނިހާނު ބުންޏެވެ.

އަޅުގަނޑު ހޯދި ހޯދުމުން އެގުނީ ވާވު މަގު ކިޔާފައިވަނީ ވާވު ކިޔުނު އޮފީހާއި ގުޅުވައިގެންކަމެވެ. ނަމަވެސް ޒަމާނަށް އަންނަ ބަދަލުތަކާއެކު ބަހުރުވަޔަށްވެސް ބަދަލު އާދެއެވެ. އެހެންކަމުން މިހާރު މި ވާވު ވަނީ އިގިރޭސީގައި ބޭނުންކުރާ "WoW" އާއި ގުޅި ވަވު މަގުގެ ގޮތުގައި ކިޔަން ފަށާފައެވެ. ފަތުރުވެރިންނަށް ފަސޭހައިން ކިޔާލެވެނީވެސް ވަވް އެވެ. އެހެންކަމުން މިހާރު އެއީ ވަވް މަގުގެ ގޮތުގައި ނަންހިގާ މަގެވެ.

ވާވުގައި ދެފަތުރުވެރިން ކައިވެނީގެ ފޮޓޯއެއް ނެގުމަށް ހުއްޓިގެން: ފޮޓޯ: އަހުމަދު ޝަރުވާން 

މިމާގާއި ބެހޭ ގޮތުން ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ ވިދާޅުވީ ވާވު މަގަކީ ކުރިންސުރެ ފެށިގެން ޚާއްސަ ސަމާލުކަމެއްދީގެން ބަލަހައްޓަމުންދާ މަގެއް ކަމަށާއި، ރަށުގެ ރައްޔިތުން ގަވާއިދުން މިމަގު ކުނިކަހާ ސާފުކޮށް، މަގު އެއްވަރު ކުރާ ކަމަށެވެ. ނަމަވެސް ވިއްސާރަވެ މޫސުން ގޯސްވެޖެނަމަ މިގަމުގައި ވަރަށް ބޮޑަށް ފެން ބޮޑުވާކަން ފާހަގަކުރައްވައި ނިއުޝާ ވިދާޅުވީ މަގުގައި ބޮޑެތި އަޑިގުޑަން ވެސް އެބަހުރި ކަމަށެވެ. ނަމަވެސް މޫސުން ރަނގަޅުވުމުން އެތަންތަނަށް ފަސް އަޅާ މަގު ރީތި ކުރާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

ނިއުޝާ ވިދާޅުވީ ވަވު މަގަކީ މުޅި ތޮއްޑޫއަށް ވެސް ޚާއްސަ މަގެއް ކަމަށާއި، މިމަގުން ރުއް ކެނޑުމަކީ މަނާ ކަމެއް ކަމަށެވެ. ރުއް ކަނޑާއިފިނަމަ ހަރުކަށި ފިޔަވަޅު އާޅާނެ ކަމަށް ވެސް ނިއުޝާ ވިދާޅުވިއެވެ. މީގެ އިތުރަށް ނިއުޝާ ވިދާޅުވީ ރަށުގައި ރުއް އިންދުމުގެ ޕްރޮގްރާމެއް ވެސް ދާދި އަވަހަށް ފަށާނެ ކަމަށެވެ.

ވައުމަގުގެ ފޮޓޯ ނަގާފައިވާފައިވާ ބައެއް ފޮޓޯގްރާފަރުން ބުނީ ތޮއްޑޫއަކީ ގުދުރަތީ ރީތި އެތައް ކަމެއް ލިބިފައިވާ ރީތި ރަށެއް ކަމަށާއި، ވާވު މަގުން އެރަށުގެ ރީތިކަން އިތުރުކޮށްދޭ ކަމަށެވެ. ރަމަޟާން މަހަށް ޚާއްސަކޮށް ކަރާ ދަނޑުތައް ހައްދާއިރު، މިސަރަހައްދު އޮންނަނީ ފެހި ކުލައިން ޖަރީވެފައި ކަމަށާއި، ވާވު މަގާއެކު ނަގާ ފޮޓޯ ރީތިވެފައި ފުރިހަމަ ކަމަށެވެ.

"އަސްލު ވަވު މަގޭ ބުނީމަ ވެސް އެމަގަށްދާ ހިތްވޭ. ކިހައި ނަލަ ނަމެއް އެއީ. އެރަށަށް ދިޔަ ކަމަށް ވެސް ވަނީ ވަވު މަގުގައި ނަލަ ފޮޓޯއެއް ނެގީމަ. ބައެއް ރައްޓެހިން ބުނާނެ ތޮއްޑޫގަ ބުނެފިއްޔާ ވާވު މަގުގެ ފޮޓޯއެއް ނަގާފަ ފޮނުވާށޭ." ނަން ހާމަ ކުރަން ބޭނުންނުވާ ފޮޓޯ ގްރާފަރެއް ބުންޏެވެ.

 
ވާވު މަގުގައި އަންހެން ކުއްޖެއް ހުއްޓިލައިގެން: ފޮޓޯ: ޖުމާން އާދަމް

ފުޅާ މިނުގައި 20 ފޫޓު ދިގު މިނުގައި 2120 ފޫޓް ހުންނަ ވާވު މަގުން ތޮއްޑޫއަށް މިވަނީ އިތުރު ރީތިކަމާއި ފުރިހަމަކަން ލިބިފައެވެ. މަގުގެ ދެފަރާތުގައި ހުރި ރުއްތަކުގެ ސަބަބުން އެތައް މަގުބޫލުކަމެއް މިމަގަށް ލިބިފައިވާއިރު، މިއީ ދިވެހިވަންތަކަން ވެސް ދައްކުވައިދޭ ކަމެކެވެ. އެހެންކަމުން އާބާދުކުރަމުންދާ ރަށްރަށުގައި މިފަދަ ގޮތްގޮތަށް ރުއްގަސް އިންދުމަކީ ރަށަށް އޭގެ ފައިދާ ކުރުވާ، ދިވެހި ވަންތަކަން ދައްކުވައިދޭ ރީތި ނަން ލިބޭނެ ކަމެކެވެ. ދިވެހި ރުއް ވަނީ ދިވެހިންނާއި ގުޅި ލާމެހިފައެވެ. ރުކުން ޖަރީ ކުރޭވޭނީ ރުއްއިންދައި އޭގެ ފައިދާހެއުގޮތުގައި ލިބިގަނެގެނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޗާލު

3 މަސް ކުރިން

ރ.ހުޅުދުއްފާރަކީވެސް މިގޮތަށް ގިނަ މަގުތަކެއްގައި ރުއް އިންދާފައިވާ ވަރަށް ރީތި ރަށެއް. މަގުތައް ވަރަށް ޗާލުވާނެ

1
0