11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ފްލައިމީ ދަތުރުތައް

ފްލައިމީގެ ދަތުރުތައް ފެށުމުގެ ގޮތުން ޕްރޮމޯޝަނެއް!

  • މިހާރު ފްލައިމީން ދަތުރު ކުރަމުންދަނީ އދ.މާމިގިއްޔާއި ބ.ދަރަވަންދޫ އަށް އެކަނި
  • ބުކިންގް ހަދާ ފުރަތަމަ 20 ކަސްޓަމަރުންނަށް ހާއްސަ އަގެއް
ސިމާހާ ނަސީމް | sim_kamana

| 31 އޮކްޓޯބަރ 2018 | ބުދަ 19:21 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ފްލައިމީގެ މަތިންދާ ބޯޓެއް -- ގޫގުލް

އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވިލާ އެއަރގެ ފްލައިމީގެ ދަތުރުތައް ފަށަން ތައްޔަރުވުމާއެކު ޕްރޮމޯޝަނެއް ފަށައިފިއެވެ.

ފްލައިމީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޕްރޮމޯޝަންގެ ދަށުން ބުކިންގް ހަދާ އެންމެ ފުރަތަމަ 20 ކަސްޓަމަރުންނަށް އެއްކޮޅުގެ ޓިކެޓް 999 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އަދި ފްލައިމީގެ ވެބްސައިޓް www.flyme.mv މެދުވެރިކޮށް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބުކިންގް ހެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ފްލައިމީއިން ބުނީ އައްޑޫ އާއި ފުވައްމުލަކަށް ދެ ރޫޓަކުން ދަތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލެއިން ފުވައްމުލަކަށް ގޮސް، ގަމުގައި ޓްރާންޒިޓް ކޮށްފައި އެނބުރި މާލެ އަންނަ ފްލައިޓެއް ކޮންމެ އާދީއްތަ، ހޯމަ، އަންގާރަ އަދި ބުދަ ދުވަހަކު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފްލައިޓް މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ މި ހަތަރު ދުވަހުގެ މެންދުރު 1 ޖަހާއިރުއެވެ.

މީގެ އިތުރުން މާލެއިން ގަމަށް ގޮސް، ފުވައްމުލަކުގައި ޓްރާންޒިޓް ކޮށްފައި އެނބުރި މާލެ އަންނަ ފްލައިޓެއް ކޮންމެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހަކު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ތިން ދުވަހު މާލެއިން ފްލައިޓް ފުރާނީ އިރުއޮއްސި 6 ޖަހާއިރުއެވެ.

ފްލައިމީ އިން އިތުރަށް ބުނީ އެ އެއަރލައިންގެ މަޤްސަދަކީ އޭވިއޭޝަން އިންޑަސްޓްރީ ކުރިއެރުވުން ކަމަށާއި އިތުރު މަންޒިލްތަކަށް ކުރިއަތް އޮތް ތާނގައި ދަތުރުތައް ފަށާނެ ކަމަށެވެ.

2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ފްލައިމީ އިން ދެކުނަށްވެސް ދަތުރުތައް ކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދެކުނަށް އަލުން ދަތުރުތައް ފަށަން މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ އެކިކަހަލަ ފިއްތުން ތަކައިހުރެ، އެކަން ވަނީ އެ އެއަރލައިނަށް ކާމިޔާބު ވާގޮތް ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް